ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިންބުނެފި އެވެ. އެޗްޕީއޭއިން ދެންމެ ކުރި ޓުވިޓެއްގައިބުނެފައިވަނީ، މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއްކަމަށެވެ. އަދި ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޙިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެކަމަށެވެ. އ...
އިބްރާހިމް އަސްވާޤް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ރާއްޖޭގެ 16 ރަށެއްގައި ޓާފް ދަނޑު އަޅައިދޭން ނިންމައިފިއެވެ. މިއަދު ގަލޮޅު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމުން 16 ރަށެއްގައި ޓާފް ދަނޑުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. މި ދަނޑުތަކަކީ މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގެ 100 ރަށެއްގައި ޓާފް ދަނޑުތައް އެޅުމުގެ މަސައްކަތް ކުރަމުންދާތީ، އެކަމަށް އެހީތެރިވުމުގެ ގޮތުން އަޅައިދޭން ނިންމި ނ...
ޝިއުނާ އާދަމް
ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީއެއް އުފައްދާ ގޮތަށް ހިމަނައި، “ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުު” މިއަދު އާންމުކޮށްފިއެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މަސްވެރިކަމާބެހޭ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ އެ ގަވާއިދުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޛުކުރުމާއި، ދިވެހިރާއްޖޭގައި ކުރެވޭ ހިބަރުގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށ...
ޔުމްނާ ޢަލީ
ރައްޔިތުން އެކަނި “ފަރުދީ ޒިންމާ” އަދާކޮށްގެން ހައްލުވާ މިންވަރަށްވުރެ ރާއްޖޭގައި، ވަކިން ޚާއްސަކޮށް މާލޭގައި ކޯވިޑްގެ ހާލަތު މިވަނީ ގޯސްވެފައި ކަމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގެ ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގަ އެވެ. ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި، ވަކިން ޚާއްސަކޮށް މާލޭގައި، ކޯވިޑްގެ ހާލަތު މިވަނީ ރައްޔިތުންގެ “ފަރުދީ ޒިންމާ” އަދާކުރުމަކުން އެކަނި ޙައްލުވާ މިންވަރ...
އަލީ އާދިލް
ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި ޚިދުމަތްތަކަށް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރަށްވައިފިއެވެ. މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު އެ މަޤާމުން އިސްތިޢުފާދެއްވީ މިއަދުއެވެ. ޒަހާ، ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވިކަން ހާމަކުރަށްވާ ރައީސް އޮފީހުން ވިދާޅުވީ، އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައ...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް، ގ. މަސްއޮޑިގެ، ޝިފްލާ އިބްރާހީމް މިއަދު ޢައްޔަންކުރައްވައިފިއެވެ. ޝިފްލާ މި މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޝިފްލާ އިބްރާހީމްއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އަރޓްސް އިން ޖަރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލްކުރައް...
ޔުމްނާ ޢަލީ
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ މިއަދު އުވާލައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އެ މިނިސްޓްރީ އުވައިލެއްވުމަށްފަހު “މިނިސްޓްރީ އޮފް އެންވަޔަރަންމަންޓު”ގެ ނަން ވަނީ “މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ”ގެ ނަމަށް މިއަދުން ފެށިގެން ބަދަލު ކުރަށްވާފަ އެވެ. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ އުވައިލެއްވުމ...
ޙުސައިން ޝަހުދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، މިއަދު އެމަނިކުފާނުގެ ކެބިނެޓަށް ބަދަލެއް ގެންނަވައިފިއެވެ. މިގޮތުން މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ހުޅުމާލެ، 10095 ޑރ ޙުސައިން ރަޝީދު ޙަސަން ވަނީ އައްޔަނު ކުރަށްވާފަ އެވެ. ޑރ. ޙުސައިން ކުރިން ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމްގައެވެ. މީގެއިތުރުން ރައީސް ޞާލިޙް ވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް، އ...
ޔުމްނާ ޢަލީ
ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރު މިއަދު 601 މީހެއް ޕޮޒިޓިވްވެއްޖެ އެވެ. މިއަދު މާލެ އޭރިއާއިން 440 މީހަކު ޕޮޒިޓިވްވިއެވެ. ރަށްތަކުން 141 މީހެއް ޕޮޒިޓިވްވިއެވެ. އަދި ރިސޯޓްތަކުން 19 މީހެއް ޕޮޒިޓިވްވިއެވެ. މިއާއިއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު 31،931 އަށް އެރީއެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތާއިގުޅޭ ހާސްކަން ބޮޑު އިތުރު ޚަބަރަކަށް ވެގެން ދިޔައީ، ކޯވިޑް-19 ގައި ހާލުބޮޑުވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 […]
ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 13 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. މިފަހަރު ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރަށްވާ މިއަދު މެންދުރު އާންމުކުރެއްވި ”އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ޢިއުލާން ކުރާ ގަރާރު” ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 12 މާޗުގަ...
ޖަލްވާން ޖާދުﷲ
ކޯވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރުތަކެއް ގެންނަން ޑުބާއީގެ ކުންފުޏަކާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވެފައިވާ އެއްބަސްވުން މި ބާތިލުކުރީ އެ ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދައްކައި، އެ ވެންޓިލޭޓަރުތައް ނުލިބިވާ މައްސަލާގައި، އެ ފައިސާ އަނބުރާ ހޯދަން އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ސަރުކާރުން ނިންމާފައި ވަނިކޮށެވެ. މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފަވަނީ...
އާއިޝަތު ރަފާހް ޢަލީ
ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރުކަމުން ޒަހާ ވަހީދު މަގާމުން ވަކިކޮށް ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ބަދަލުކުރައްވައިފިކަމަށް ރޭ ޚަބަރު ފެތުރުނު ނަމަވެސް އަދި މިނިސްޓަރު ޒަހާ އެމަގާމުން ވަކިކުރަށްވާފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިނިސްޓަރު ޒަހާ މަގާމުން އަދި ވަކިކުރަށްވާފައި ނުވާއިރު މިއަދު އޮފީހަށް ވެސް ނުކުންނަވައި، ރަސްމީ މަސައްކަތުގައި އުޅުއްވިއެވެ. ޒަހާ މަގާމުން ވަކިކުރެއްވި ކަމަށް އަޑު ފެތުރުނީ، ރޭގައެވެ. އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ ކަމަށްބުނެ، ފެތުރުނު އެ ޚަބަރުގަ...
ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުއިން ވެންޓިލޭޓަރ ގަތުމުގައި ހިނގި ޚިޔާނާތާއި ގުޅިގެން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ހެލްތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ ޝިޔާމާއި މުހައްމަދާއި ނިޝާމާ މުހައްމަދު މަގާމުން ވަކިކޮށްފި އެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ލަފާ ދީފައި ވަނިކޮށެވެ. މި ދެ ބޭފުޅުން ސ...
ޝިއުނާ އާދަމް
ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އިމާރާތުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ރޯވި އަލިފާން އެ އިދާރާގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ. ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގަ އެވެ. އެ ހާދިސާގެ މަޢުލޫމާތު ލިބި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށީ މިއަދު 10:04 ހާއިރު އެވެ. “ފަޔަރފައިޓަރުނ...
ޔުމްނާ ޢަލީ
ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރުކަމުން ޒަހާ ވަހީދު ވަކިކޮށް ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ބަދަލުކުރައްވައިފި އެވެ. އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގޮތުގައި މިރޭ 12:00 ގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ ޒަހާއަށް ގުޅުއްވައި މިނިސްޓަރުކަމުން ވަކިކުރެއްވިކަން އަންގަވާފަ އެވެ. އަދި ފިޝަރީޒް މިނިސްޓަރުކަމުން ވަކި ކުރެއްވުމަށްފަހު ރައީސް އޮފީހުގެ މަގާމަކަށް ބަދަލުކުރެއްވިކަން ވެސް އަލީ ޒާހިރު ޒަހާ އަށް އަންގަވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފ...
އަލީ އާދިލް