ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުވާން ޖެހޭ މުއްދަތު އިތުރުކޮށްފި
ދަތުރުފަތުރާ ގުޅިގެން ކުރެވޭ ކަރަންޓީނުގެ މުއްދަތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބަދަލު ގެނެސް، ކަރަންޓީންވާން ޖެހޭ މުއްދަތު އިތުރުކޮށްފިއެވެ. އެކަން ބަޔާންކޮށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގައި ބުނީ ވަކި ގޮތެއް އަންގަންދެން، ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް އަންގާ ކަމަށެވެ. މިބަދަލު ގެނައުމުގެ ކުރީން ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 10 ދުވަހެވެ. މިފިޔަވަޅަކީ...