މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 837 ވަނަ ޞަފްޙާ

ރައީސް މާލެ ވަޑައިގެންފި

ރައީސް މާލެ ވަޑައިގެންފި

ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގެންފިއެވެ. ތ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ކުރު ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަތް ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން އެ އަތޮޅު ތިމަރަފުއްޓަށާއި، ކިނބިދޫއަށާއި، އޮމަދޫއަށާއި، ވޭމަންޑޫއަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން ވަންދޫއަށާއި، ކަނޑޫދޫއަށާއި، ގާދިއްފުށްޓަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ. ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ބައެއް ތަންތަނ...

ޝިއުނާ އާދަމް
މިދިޔަ ކުއާޓަރުގައި އޭސީސީން ޕީޖީއަށް ފަސް މައްސަލަ

މިދިޔަ ކުއާޓަރުގައި އޭސީސީން ޕީޖީއަށް ފަސް މައްސަލަ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފަސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަން އިން އާންމުކުރި މައުލޫމާތައް ބަލާއިރު، އެ ފަސް މައްސަލަ ވެސް ހުށަހަޅާފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އެގޮތުން މަހުގެ ފުރަތަމަ ދުވަހު 3 މައްސަލަ، 7 ވަނަ ދުވަހު މައްސަލައެއް އަދި 22 ވަނަ ދުވަހު އެއް މައްސަލަ ހުށަހަޅާފައިވެއެވެ. އެ ކޮމިޝަނުން ހުށަހަޅާފައިވާ ފަސް […]

ޝިއުނާ އާދަމް
ޓީއެންއޭގެ ހުށަހެޅުންތަކަށް، މިނިސްޓްރީއާއި ދަރިވަރުންނާ ދެމެދު މަޝްވަރާކޮށްފި

ޓީއެންއޭގެ ހުށަހެޅުންތަކަށް، މިނިސްޓްރީއާއި ދަރިވަރުންނާ ދެމެދު މަޝްވަރާކޮށްފި

ނެޝަނަލް ޓްރެއިނިންގ ނީޑްސް އެނާލިސިސްއިން، މީހުން ބިނާ ކުރުމުގައި އިސްކަންދޭން ބޭނުންވާ ދާއިރާތައްކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުން، ފުރަތަމަ ޑިގްރީ ހެދުމަށް ދަރިވަރުންނަށް މަގުފަހިކުރެވޭނެ ގޮތްތަކާމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާ ދަރިވަރުންނާ މެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ 60 ދަރިވަރުންނަށް ދަޢުވަތު ދީގެން ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސް ބައެއް ވެރިންނާއި މުވައްޒަފުން މިބައްދަލު...

ޝިއުނާ އާދަމް
ސައްހަނޫން ސްލިޕެއް ފޮނުވައިގެން ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި

ސައްހަނޫން ސްލިޕެއް ފޮނުވައިގެން ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި

މާލޭގެ ފިހާރައަކަށް ސައްހަނޫން ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި އެވެ. ފުލުހުން ވިދާޅުވީ، މި އޮގަސްޓު މަހުގެ 16 އަދި 17 ވަނަ ދުވަހު މާލޭގެ ފިހާރައަކުން، އޮޅުވައިލާއިގެން މަކަރާއި ހީލަތުން ކޮށްފައިވާ މި ވިޔަފާރީގަ ހިމެނޭ ތަކެތި ހޯދައި އެ ތަކެތީގެ ވެރިފަރާތާ މިހާރު ހަވާލުކުރެވިފާ ވާކަމަށެވެ. މަކަރާއި ހީލަތުން ފޭކް ސްލިޕެއް ފޮނުވައިގެން އެ މީހާ ވިޔަފާރި ކޮށްފައި ވަނީ، މާލޭގައި ހިންގާ ޑައިވް ޝޮޕަކުންނެވެ. އެތަނުން ޑައިވް ކޮމްޕްރެޝަރަކާއި […]

އަޙްމަދު އަރުޝަމް
ކުޑަ ކުއްޖާގެ މަރުގެ މައްސަލަ: ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް

ކުޑަ ކުއްޖާގެ މަރުގެ މައްސަލަ: ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް

ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ދެމީހެއްގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވަން ތައްޔާރު ވެފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އޭގެ ތަފްސީލްތައް ހިއްސާކުރައްވަމުން ޕީޖީ ޝަމީމް މިއަދު ވިދާޅުވީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ އުމުރުން 27 އަހަރުގެ […]

ޝިއުނާ އާދަމް
ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް 190 މީޓަރުގެ އާގު ބޯޓެއް އުރިއްޖެ

ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް 190 މީޓަރުގެ އާގު ބޯޓެއް އުރިއްޖެ

ކ. ރަސްފަރި ފަރަށް 190 މީތަރުގެ އާގު ބޯޓެއް އުރިއްޖެ އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނޫސްތަކަށް މަޢުލޫމާތުދެމުން ބުނީ އެ އާގު ބޯޓު އަރާފައި ވަނީ ރަސްފަރި ފަޅުގެ ހުޅަނގު ފަރާތަށް ކަމަށެވެ. ފަރަށް އަރާފައި ވަނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 190 މީޓަރުގެ “ނެވިއޮސް އަމަރީލިސް” ކިޔާ ބޯޓެކެވެ. މި ކާގޯ ބޯޓު ފަރަށް އެރީ ކީއްވެގެން ކަމެއް އެމްއެންޑީއެފް އިން ނުބުނެ އެވެ. އަދި ބޯޓާ އެއްވެސް ތަފުސީލެއް ވެސް ހާމައެއް […]

އިބްރާހިމް އަސްވާޤް
ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރާކަށް ޖާގައެއް ނުދޭނަން: ޕީޖީ ޝަމީމް

ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރާކަށް ޖާގައެއް ނުދޭނަން: ޕީޖީ ޝަމީމް

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި އޭނާ ހުންނަވަނިކޮށް، ކުޑަކުދިން ބޭނުންކޮށްގެން ކުށް ކުރާ މީހުންނަށް އެ އަމަލު ހިންގަން ޖާގަ ނުދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޕީޖީ ޝަމީމް މިހެން ވިދާޅުވީ، މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ކުރުމާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ހާމަ ކުރެއްވުމަށް މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޝަމީމް ވިދާޅުވީ އެ މައްސަލާގަ...

ޔުމްނާ ޢަލީ
ޖަޕާންގެ އެހީތެރިކަން އޯޓިޒަމް އެސޯސިއޭޝަނަށް

ޖަޕާންގެ އެހީތެރިކަން އޯޓިޒަމް އެސޯސިއޭޝަނަށް

ޖަޕާނު ސަރުކާރުން ދިވެހިރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނަށް، ވިޝަން އެންޑް ހިއަރިން ސްކްރީނާޒް ހަދިޔާކޮށްފިއެވެ. މިއީ ޖަޕާނުގެ ގްރާންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިޔުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ)ގެ ދަށުން ދިވެހިރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނަށް ފޯރުކޮށްދިން އެހީތެރިކަމެކެވެ. މި ތަކެތި ހަދިޔާކޮށްފައިވަނީ އިއްޔެ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަަފްލާއެއްގައެެވެ. މި ހަަފްލާގައި ޖަޕާނުން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ކެއިކޯ ޔަނާއީ ބައިވެރިވެ ވަޑައިގަތެވެ. އޯޓިޒަމް އެސޯސިއ...

ޔުމްނާ ޢަލީ
މިވަގުތު އޮތް އެންމެ ބޮޑު 2 މައްސަލައަކީ، މަސްތުވާތަކެއްޗާއި ހަރުކަށި ފިކުރު: ރައީސް

މިވަގުތު އޮތް އެންމެ ބޮޑު 2 މައްސަލައަކީ، މަސްތުވާތަކެއްޗާއި ހަރުކަށި ފިކުރު: ރައީސް

ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ހަވީރު ތ. އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތ. އަތޮޅުގެ ތަރައްގީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި، ކުރިއަށް ހުރި މަޝްރޫޢުތަކަށް އަލިއަޅުވާލައްވައި ވާހަކަ ދެއްކެވުމަށްފަހު ރައީސް...

ޔުމްނާ ޢަލީ
ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއް ނަމަވެސް އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަކީ އަމާޒެއް: ރައީސް

ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއް ނަމަވެސް އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަކީ އަމާޒެއް: ރައީސް

ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ، ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއްނަމަވެސް އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ހަވީރު ތ. އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ 3 އަހަރުގެ ކުރިން އެމަނިކުފާނު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައ...

އަލީ އާދިލް
ފަތުރުވެރިން ތިބޭ ތަންތަން ބަލާ ޗެކްކުރުމަށް އިންސްޕެކްޝަނެއް ފަށައިފި

ފަތުރުވެރިން ތިބޭ ތަންތަން ބަލާ ޗެކްކުރުމަށް އިންސްޕެކްޝަނެއް ފަށައިފި

މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލާ ޗެކްކުރުމަށް އިންސްޕެކްޝަނެއް ފަށައިފިއެވެ. މިއިންސްޕެކްޝަނެއް ފަށާފައި ވަނީ މިއަދު އެވެ. މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިންސްޕެކްޝަނަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނެކެވެ. މި އިންސްޕެކްޝަންގައި...

އިބްރާހިމް އަސްވާޤް
ރާއްޖޭގައި ކަނޑުމަސް ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ

ރާއްޖޭގައި ކަނޑުމަސް ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ

ރާއްޖޭގެ ބާޒާރުގައި ކަނޑުމަހުގެ ބައެއް ބާވަތްތައް ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ކަނޑުމަސް ވިއްކާއިރު އޭގެ ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ލޭބަލްގައި އެ މަޢުލޫމާތު ނުހިމަނާ ވިއްކަމުން ދާކަން އެ އޮތޯރިޓީން ނެގި ސާންޕަލް އިން ކަށަވަރުވެފައި ވާކަމަށެވެ. ކާބަން މޮނޮކްސައިޑް ޓްރީޓްމަންޓް ދިނުމުން ކަނޑުމަހުގެ ބާވަތްތަކަށް...

އަޙްމަދު އަރުޝަމް
ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދން ފުލުހުން އިޢުލާންކޮށްފި އެވެ. ފުލުހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާކަމަށެވެ. ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވަނީ، މުޙައްމަދު އުނައިސް، ގަސްފިނޮޅު/ކ. ކާށިދޫ (31އ) (އައިޑީ ކާޑު ނަންބަރު: A290151) އެވެ. ފުލުހުން ބުނެފައިވަނީ މުޙައްމަދު...

ޔުމްނާ ޢަލީ
ޕާކިސްތާނުން, ސީއެސްސީއަށް އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކޮށްފި

ޕާކިސްތާނުން, ސީއެސްސީއަށް އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކޮށްފި

ޕާކިސްތާނު ހައިކޮމިޝަނުގެ ފަރާތުން ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އަށް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ގޮތުގައި އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކުރައްވައިފިއެވެ. މި އިކިއުޕްމެންޓްތައް ޕާކިސްތާނުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނާ ހަވާލުކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔާރޑް) އަތުހަރު މުޚްތާރު އެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލ...

ޔުމްނާ ޢަލީ
ރައީސް ޞާލިޙް، ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައިފި

ރައީސް ޞާލިޙް، ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާ ރޭ ބައްދަލު ކުރައްވައިފިއެވެ. ތިމަރަފުށީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި، ރައީސް ޞާލިޙް ވަނީ ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތ. އަތޮޅުގެ ތަރައްޤީއަށް ވަރަ...

ޝިއުނާ އާދަމް