އުސޫލުތަކާ ޚިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުންދާތީ އިސްޕެކްޝަންތަކެއް ފަށަނީ
އުސޫލުތަކާ ޚިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާއި އެކު އިސްޕެކްޝަންތަކެއް ފެށުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް އެކުލަވާލާފައިވާ އުސޫލުތައް ގާއިމުކޮށްފައިވާ މަޤުޞަދު ހާސިލުކުރުމަށް ޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަން...