ފަސް މިލިއަން ޑޮލަރު ނުދައްކައިގެން، ރައީސް ޔާމީން ގޮވައިގެން ކޯޓަށް
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގައިވާ ޖޫރިމަނާގެ ފައިސާ ނުދައްކަވާޓީ އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ ތެރެއިން މަނީ ލޯންޑަރ ކުރިކަމުގެ ކުށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް […]