މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 666 ވަނަ ޞަފްޙާ

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް، ފަރެސްމާތޮޑާއަށް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް، ފަރެސްމާތޮޑާއަށް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފަރެސްމާތޮޑާއަށް ފުރާވަޑައިގެންފި އެވެ. ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެރަށުގައި ކުރިޔަށް ގެންދާ ހަރަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު އެވެ. ރައީސްގެ މި ދަތުރުފުޅުގައި މިއަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެރަށުގައި ކުރިޔަށްދާ އެކިއެކި ހަރަކާތްތައް ބައްލަވައިލައްވާނެ އެވެ. މިގޮތުން މަސްވެރިންގެ ދުވަހާއި ގުޅ...

މުޙައްމަދު އަފްރާޙް
މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް "ތިލަދުން"ގެ އަފްރާޙް!

މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް "ތިލަދުން"ގެ އަފްރާޙް!

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ މެމްބަރު ކަމުގެ މަގާމަށް “ތިލަދުން” ގެ ނިއުސް ހެޑް މުހައްމަދު އަފްރާޙް އިންތިހާބު ވެއްޖެ އެވެ. އެމްއެމްސީ ގެ އައު ދައުރަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި އޭނާއަށް ވަނީ 82 ވޯޓު ލިބިފަ އެވެ. ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު 10 ން 11 އަށް ކުރިއަށް ގެންދިޔަ މި އިންތިހާބުގައި އެ ކައުންސިލުގައި މީޑިއާތައް ތަމްސީލު ކުރައްވާ 7 މެންބަރުންނާއި އާންމުންގެ ތެރެއިން 6 މެންބަރުން […]

އަލީ އާދިލް
''އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށް''

''އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށް''

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާއިރު، މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހަށް، އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރު، “ކަރާމާ...

ޔުމްނާ ޢަލީ
މާޒީގައި ވެރިން ތިބީ އުތުރުގެ ރައްޔިތުންނަށް ހުރި ''ހުރިހާ އިގްތިސޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން'': ޔާސިރު

މާޒީގައި ވެރިން ތިބީ އުތުރުގެ ރައްޔިތުންނަށް ހުރި ''ހުރިހާ އިގްތިސޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން'': ޔާސިރު

ރާއްޖޭގެ މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިޤްތިޞޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން ތިބެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރި އާއިލާތަކަށް ފޮނުއްވަމުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޔާސިރު ވިދާޅުވީ، އުތުރުގެ މަސްވެރިކަން ކުރިނާރާ ވަނީ ބާނާ މަސްކޮޅު ވިއްކޭނެ މަގެއް ނުދެއްކުމުން ކަމަށެވެ. އަދި މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ...

ޔުމްނާ ޢަލީ
ސިޔާސީ ޕާޓީ ތަކުގެ މައިގަޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަޑި ހޯދުން: އުމަރު

ސިޔާސީ ޕާޓީ ތަކުގެ މައިގަޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަޑި ހޯދުން: އުމަރު

ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ މައިގަޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަޑި ހޯދުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މިހެން ވިދާޅުވީ، އިއްޔެ ފާހަގަ ކުރި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ފޮނުއްވި މެސެޖެއްގައެވެ. އުމަރު ވިދާޅުވީ، ކޮރަޕްޝަން މިއަދު މިވަނީ ދައުލަތުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް އަށަގަނެފައި ކަމަށެވެ. އަދި ސިޔާސީ...

ޔުމްނާ ޢަލީ
އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން: ރައީސް

އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން: ރައީސް

އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، އިންސާނީ ޙައްޤުތަކުގެ އަސާސަކީ ހަމައެކަނި ޙައްޤުތަކެއް ލިބުމެއް ނޫން ކަމަށެވެ. އަދި އަސާސީ ކޮންމެ ޙައްޤަކާއެކު އުފުލަންޖެހޭ...

ޔުމްނާ ޢަލީ
އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް

އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އިއްޔެ ހަމަޖެހިއްޖެއެވެ. އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބުނީ އެ ޖަމިއްޔާގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް މެންބަރު ޤައުމުތަކުން ތާއީދު ކުރުމުންނެވެ. އެންގޯލާގެ ލުއާންޑާގައި މި ޑިސެންބަރު މަހުގެ 6 އިން 9 އަށް ކުރިޔަށްދާ މި ސަމިޓްގައި އޯއޭސީޕީ...

ޔުމްނާ ޢަލީ
''ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް'' ބާއްވައިފި

''ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް'' ބާއްވައިފި

ބ. މާޅޮހު ކައުންސިލުން އިންތިޒާމު ކޮށްގެން ”ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް 2022” ނަމުގައި މަސްރޭހެއް ބާއްވައިފިއެވެ. އެރަށު ކައުންސިލުން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތުގައި 11 ޓީމަކުން ބައިވެރިވި ކަމަށެވެ. އަދި އެއީ 82 ބައިވެރިން ކަމަށެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޗެމްޕިއަންކަން ހޯދީ ޓީމު ބަރަކޫޑާ އެވެ. އެޓީމަށް ވަނީ 2000 ރުފިޔާގެ އިނާމެއް ދީފަ އެވެ. އަދި އެންމެ ބަރު މަހެއް ބާނާފައިވަނީ ޓީމު އުތީމު […]

މުޙައްމަދު އަފްރާޙް
ޑިޖިޓަލް އައިޑީކާޑުން ރައްކާތެރިކަމާއެކު ޒާތީ މައުލޫމާތު ބޭނުން ކުރެވޭނެ: އެންސީއައިޓީ

ޑިޖިޓަލް އައިޑީކާޑުން ރައްކާތެރިކަމާއެކު ޒާތީ މައުލޫމާތު ބޭނުން ކުރެވޭނެ: އެންސީއައިޓީ

ޑިޖިޓަލް އައިޑެންޓިޓީ ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ރައްކާތެރިކަމާއެކު އެމީހެއްގެ ޒާތީ މަޢުލޫމާތު ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އައިޑީ ކާޑާއި ލައިސަންސް ކާޑުފަދަ މައުލޫމާތުތައް އެޕްލިކޭޝަނުގައި ހިމަނާނީ، އެކަމުގެ ޒިންމާވާ މުއައްސަސާތަކުން ކަމަށެވެ. އަދި މިއިން އެއްވެސް މައުލޫމާތަކަށް އަމިއްލައަށް އެއްވެސް...

މުޙައްމަދު އަފްރާޙް
އޯއޭސީޕީއެސް އިން ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝާހިދުގެ ޝުކުރު

އޯއޭސީޕީއެސް އިން ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝާހިދުގެ ޝުކުރު

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޝުކުރު ދަންނަވައިފި އެވެ. އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ އޯ.އޭ.ސީ.ޕީ.އެސް. ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެން ދެއްވި ގައުމީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ޖިއޮގްރަފީގެ ގޮތުން ދުރުގައި އޮތް ނަމަވެސް ރާއްޖެ އާއި އޯ.އޭ.ސީ.ޕީ.އެސް. ގެ މެންބަރު އެހެން ގައުމުތައް އަބަދު ވެސް ގުޅިފައިވަނީ އެއް...

މުޙައްމަދު އަފްރާޙް
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސެއްގެ މަގާމަށް ޑރ. އާސިމް

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސެއްގެ މަގާމަށް ޑރ. އާސިމް

އެކުވެރި ދައުލަތްތައް (އދ) ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބް ރައީސެއްގެ މަގާމަށް ޑރ. އަހުމަދު އާސިމް އިންތިހާބުކޮށްފި އެވެ. ޑރ. އާސިމަކީ ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަނީ އަންނަ އަހަރަށް އެ ކައުންސިލުން އިންތިހާބުކޮށްފައިވާ ހަތަރު ނައިބު ރައީސުންގެ ތެރޭގައި ޑރ. އާސިމް ހިމެނިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އެކައުންސިލުން ބުނެފައިވާ ގޮތުގައި އެ ކައުންސިލްގެ ރ...

ޔުމްނާ ޢަލީ
މަސްވެރިންގެ ފޯރަމް ފަށައިފި

މަސްވެރިންގެ ފޯރަމް ފަށައިފި

‏42 ވަަނަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ސަރުކާރުން ކުރިއަށް ގެންދާ މަސްވެރިންގެ ފޯރަމް ފަށައިފިއެވެ. އެ ފޯރަމް މިއަދު ފަށާފައި ވަނީ، މިއަހަރު ރާއްޖޭގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ސަރުކާރުން ފާހަގަކުރަން ނިންމާފައިވާ ގދ. ފަރެސްމާތޮޑާގައިއެވެ. މަސްވެރިކަމާއިބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، 42 ވަަނަ މަސްވެރިންގެ ދުވަހުގެ އިޙްތިފާލުތަކުގެ ތެެރެއިން ހިމެނޭ މަސްވެރިންގެ ފޯރަމް މިއަދު ފަށާފައިވާ ކަމަށެވެ. މި ފޯރަމްގައި ރާއްޖެގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނާއި، މި ސިނާޢަތުގައ...

ޔުމްނާ ޢަލީ
ކޮރަޕްޝަނާ ދެކޮޅަށް އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނީ މުޅި މުޖުތަމައުގެ ފުރިހަމަ ބައިވެރިވުން ލިބިގެން: ރައީސް

ކޮރަޕްޝަނާ ދެކޮޅަށް އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނީ މުޅި މުޖުތަމައުގެ ފުރިހަމަ ބައިވެރިވުން ލިބިގެން: ރައީސް

ކޮރަޕްޝަނާ ދެކޮޅަށް އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނީ މުޅި މުޖުތަމައުގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ. ރައީސް ވިދާޅުވީ، ޤައުމެއްގައި ނުވަތަ މުޖްތަމަޢެއްގައި ކޮރަޕްޝަންގެ ޢަމަލުތައް ފެތުރިއްޖެ ނަމަ، އެކަމުގެ ގެއްލުން ނުފޯރާ އެންމެ ދާއިރާއެއްވެސް ނޯންނަ ކަމަށެވެ. އަދި އިޖް...

ޔުމްނާ ޢަލީ
ދުލާއި އަތް، އެހެންމީހުންނަށް އުނދަގޫވާފަދަ ކަންކަމުން ރައްކާތެރި ކުރުމަށް އިސްލާމް ދީން ގޮވައިލާ: ހުތުބާ

ދުލާއި އަތް، އެހެންމީހުންނަށް އުނދަގޫވާފަދަ ކަންކަމުން ރައްކާތެރި ކުރުމަށް އިސްލާމް ދީން ގޮވައިލާ: ހުތުބާ

އިސްލާމް ދީނަކީ އެއްބައިވަންތަކަމަށް ގޮވައިލާ ދީން ކަމަށާއި އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވެ، ރަހުމް ކުރުމަށް އިސްލާމް ދީން ގޮވައިލާ ކަމަށް މިއަދުގެ ހުހުރު ހުތުބާ ގައި ހަނދާން ކޮށްދީފި އެވެ. “އިސްލާމް ދީނަކީ އެކުވެރިކަމުގެ ދީން” މި މައުޟޫއަށް ކުރިއަށްގެންދިޔަ ހުތުބާގައި ބުނީ ދަތި އުނދަގޫކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެ ނަމަ، އެހީތެރިވުމަށާއި ހައްގުތައް ރައްކާތެރިކުރުމަށް ވެސް އިސްލާމް ދީން ގޮވައިލާ ކަމަށެވެ. އަދި މުދަލާއި އަނބުރަށް ރައްކާތެރިވުމަށާއި ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގ...

މުޙައްމަދު އަފްރާޙް
ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާކަށް ނުރުހެން: ރައީސް

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާކަށް ނުރުހެން: ރައީސް

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގާކަށް ވެސް ނޭދޭކަމަށް  ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ވިދާޅުވީ، މީގެ ހަތަރު އަހަރު ކުރިން ފެށިގެން، ކޮރަޕްޝަނާ ދެކޮޅަށް ޤައުމީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. ނަމަވެސް، މި...

ޔުމްނާ ޢަލީ