ޕޮލިސް ބޯޑުގެ މެންބަރު ކަމަށް ކުރީގެ ސީޕީ ފަސީހް
ޕޮލިސް ބޯޑުގެ މެންބަރު ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ފަސީހް އައްޔަންކޮށްފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ބޯޑަށް ފަސީހް އައްޔަންކޮށްފައިވަނީ ބޯޑުގެ ރައީސްގެ ގޮތުގައި ހުންނެވި މއ. މަނާގެ، އަލީ ފާއިޒު, ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އައްޔަންކުރެއްވުމުން ނެވެ. އަލީ ފާއިޒަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު އެވެ. ޕޮލިސް ބޯޑުގެ މެންބަރު ކަމުން އަލީ ފާއިޒު، […]