ރާއްޖޭގެ ކުރިއެރުމަށް ވޯލްޑް ބޭންކުން ދެއްވާ އެހީތެރިކަމަށް ރައީސްގެ ޝުކުރު
ރާއްޖެއިން ވޯލްޑް ބޭންކާ ގުޅުމަށްފަހު، ރާއްޖޭގެ ކުރިއެރުމަށް ވޯލްޑް ބޭންކުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފި އެވެ. ރައީސް މިކަމަށް ޝުކުރުއަދާ ކުރެއްވީ ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް، މާޓިން ރައިސަރ، އެމަނިކުފާނު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރ...