މެމްބަރު ޝަރީފާ ދެކޮޅަށް ނަޝީދު ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގެންފި
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރުފުޅަށް ގެއްލުން ލިބޭ ގޮތަށް ޓްވީޓު ކުރެއްވި، މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި އެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައި ވަނީ އިއްޔެ އެވެ. މިއީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަން ވައްޓާލުމަށް، 50 މީހަކު މަރާލައި އެ މީހުންގެ މަރުގެ މައްސަލަ މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށް ބުނެ، ޝަރީފް […]