ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގައި ރިސޯޓް ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންގެ އިތުރުން ސިޔާސީ ދާއިރާގައި އުޅޭ ބައެއް ފަރާތްތައްވެސް ޝާމިލުވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ...
ޔުމްނާ ޢަލީ
މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި މަހަކަށްވުރެ ގިނަ ދުވަސް ފަހުން ހުޅުމާލެ ފަޅުތެރެއިން ފެނިއްޖެއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭ 21:10 ހާއިރު، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން “ލީޖަން 1” ނަމަކަށް ކިޔާ ލޯންޗަކާއި އެ ދޯނި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގުމަށްފަހު ދޯނި ވަނީ އެ ސަރަހައްދަށް […]
ޔުމްނާ ޢަލީ
މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމައްޗަށް އޮތް ހަނި ގޯޅީގައި ހުރި މ. ދޫގަސްވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން މިއަދު ހެނދުނު 6:30 ކަންހާއިރު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ މޯލްޑިވްސްއިން އެ ތަނުގައި ހަރަކާތްތެރިވި ކަމަށް އެ އޮތޯރިޓީއިން ބުނެފައިވެއެވެ. އެ ގޭގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެ އޮތޯރިޓީން ހާމަ ކޮއްފައިވެއެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ހާދިސާ ހިނގީ ދޫގަސްގޭގައި […]
ފާތިމަތު ސަޙާ
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަކީ، ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ޤައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، މި ހިނގާ އޮގަސްޓު މަހުގެ 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްގެންދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ....
ޔުމްނާ ޢަލީ
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް (ކަސްޓަމްސް) އިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން އަތުލައިގެންފައިވާ މި މަސްތުވާތަކެއްޗަކީ ކެނެބިސް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި މަސްތުވާތަކެތި ފެނިފައި ވަނީ ވައިގެ މަގުން ރާއްޖެއަށް ގެނެސްފައިވާ އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެއާފްރައިޓް ޝިޕްމެންޓު ބަލައިފާ...
އަލީ އާދިލް
ތ. ހިރިލަންދޫ ރަށު ޖެޓީއަށް ކަޅުތެލާއި ފިއްލެއު އަންނަ މައްސަލައިގައި އެ ރަށު ޒުވާނުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކުރުމާ ގުޅިގެން، ރަށުގައި އުފެދޭ ފިއްލެއު ދުވަހުން ދުވަހަށް ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާނުކޮށްފިއެވެ. ކައުންސިލުން މިއަދު އިޢުލާނުކުރީ ކުރިއަށްއޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. މި އިޢުލާނު ކޮށްފައިވަނީ ރަށު ޖެޓީއަށް ކަޅުތެލާއި ފިއްލެއު އަންނަ މައްސަލައާ ގުޅިގެން ރަށުގެ ބައެއް...
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. މި ތިން ބިލަކީ 17 އޯގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލްތަކެކެވެ. ޤައުމީ […]
އަލީ އާދިލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަޤާމަށް، މ. އާސްތާނާ، ޢާއިޝަތު ޢާޒިމާ ޝަކޫރު މިއަދު ޢައްޔަންކުރައްވައިފިއެވެ. މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގެ އިސް މަޤާމަކަށް ޢައްޔަންކުރެއްވި ޢާއިޝަތު ޢާޒިމާ ޝަކޫރަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. ޢާޒިމާއަކީ ދިވެހިރާއްޖޭގެ އެންމ...
ޝިއުނާ އާދަމް
ރައީސް އޮފީހުން ނީލަމުގައި ވިއްކާލި މޭޒަކީ އެއްވެސް ދުވަސްވަރެއްގައި ރާއްޖޭގެ އެއްވެސް ރައީސަކު ބޭނުންފުޅު ކުރެއްވި މޭޒެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ މޭޒު ނީލަމަށް ލާފައިވަނީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުން ކަމަށެވެ. އެ މޭޒު ނީލަން ކިޔާފައިވަނީ ދައުލަތުގެ މިފަދަ މުދާ ނީލަމަށް [...
ޔުމްނާ ޢަލީ
މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 166 އޮފިސަރަކަށް މިއަދު މަގާމުގެ ކުރިއެރުން ދީފިއެވެ. މި މަގާމުގެ ކުރިއެރުންތައް ދިނުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިއަށް ގޮސްފައި ވަނީ އިސްކަންދަރު ބިލްޑިންގގައެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. އަދި މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން ފުލުހުންގެ ސީނިއަރ އޮފިސަ...
ޔުމްނާ ޢަލީ
މާލޭގެ މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައި އިން އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 22 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުމުގައި އެތަނުގައި އިން އަނ...
ޔުމްނާ ޢަލީ
ފަލާޙު ޕްރީސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަންޔޫބީލް ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވި މި ޚާއްޞަ ޖަލްސާގައި، އެ ސްކޫލުގެ އައު ވެބްސައިޓް ރައީސް ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވަނީ ފަލާޙު ޕްރީސްކޫލަށް 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް އެ ސްކޫލުގެ ފަރާތުންދޭ ހަނދާނ...
ޔުމްނާ ޢަލީ
ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޓީޕީ ކޯޑު ހިއްސާކުރުމުން މަކަރާއި ހީލަތުން އެކައުންޓުން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މިމަހުގެ 17 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އަށް ހުށަހަޅާފައިވާ މިމައްސަލަ އާއި ގުޅޭގޮތުން، ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް އެކައުންޓުގެ ވެރިފަރާތް ވަނުމަށްފަހު، އޭނާއަށް ލިބުނު އޯޓީޕީ ކޯޑު ހިއްސާކުރުމާ ގުޅިގެންނެވެ. އެއާއެކު،...
އަލީ އާދިލް
ސިނާމާލެ ބްރިޖުން ހުޅުމާލެއަށް އަރާ ސަރަހައްދުގެ ސޯލާ ޕެނަލްތަކުގެ ހޮޅިދަނޑިތަކުގައި ލެމްބޯގިނީ ކާރެއް ޖެހި ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި ޙަސަން ރިފާޢުގެ ޑްރައިވިންގ ލައިސަންސް ހިފަހައްޓައި، އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ މި ކާރު ކޮންޓްރޯލްނުވެ ގޮސް، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހި...
ޔުމްނާ ޢަލީ
ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ކާމިޔާބުކަމާއެކު ލޯންޗުކޮށް، ދެ ރަށް އެއްގަމު މަގުން ގުޅާލައިފިއެވެ. މިއީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައިދޭ ފަހު ސެގްމަންޓު ގުޅާލުމާއެކު، ބްރިޖުގެ މި ބައިގެ މައި އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ފުރިހަމަވެފައެވެ....
ޝިއުނާ އާދަމް