ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ކާމިޔާބުކަމާއެކު ލޯންޗުކޮށް، ދެ ރަށް އެއްގަމު މަގުން ގުޅާލައިފިއެވެ. މިއީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައިދޭ ފަހު ސެގްމަންޓު ގުޅާލުމާއެކު، ބްރިޖުގެ މި ބައިގެ މައި އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ފުރިހަމަވެފައެވެ....
ޝިއުނާ އާދަމް
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (އެމްއައިއެޗްޔޫޑީ) އިން ފަށައިފިއެވެ. އެ މިނިސްޓްރީން ބުނީ ފޯމުތަކުގައިވާ މައުލޫމާތުތަކުގައި އެއްވެސް ފުށުއެރުމެއްވާ ނަމަ އެކަން “ބޯހިޔާވަހިކަން” ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެ ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލ...
އަލީ އާދިލް
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވ. ކެޔޮދޫއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދޭލިޔާގެ، ވ. ކެޔޮދޫ، އަޙްމަދު ފާޒިލް (31އ) އެވެ. ފާޒިލް އަކީ ވޮލީ ބޯޅައިގައި މަޝްހޫރު ކުޅުންތެރިއެކެވެ. އޭނާ ވަނީ ވޮލީ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރ...
ޔުމްނާ ޢަލީ
ބަންގްލަދޭޝްގެ ރައީސްކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ފާއިތުވި 35 އަހަރުގެ ތެރޭގައި އެ ޤައުމުގައި ވާދަވެރިކޮށް ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުމަކީ، ބަންގްލަދޭޝްގެ ޑިމޮކްރެސީގެ ޙަޔާތުގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށާއި، އެއީ އެމަނިކުފާނަށް ރައްޔ...
ޝިއުނާ އާދަމް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި “ރައްޔިތުންގެ އަޑު” ގެ ނަމުގައި ބާއްވަވާ ސިލްސިލާގެ އިތުރު ބައްދަލުކުރެއްވުންތަކެއް ކުރިއަށް ގެންދަވައިފިއެވެ. މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބައެއް ވާހަކަތައް ހިމަނައިގެން ރައީސް އޮފީހުން ވަނީ މި ސިލްސިލާގެ ދެވަނަ އެޕިސޯޑް މިއަދު މީސް މީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) މެދުވެރިކޮށް ދުރަށް ދައްކާފައެވެ. މި ބައްދަލުވުންތަކުގައި ރައީސް ވަނީ...
ޝިއުނާ އާދަމް
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ. މެޓް އޮފީހުން ބުނި ގޮތުގައި މިއަދު މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި މި ސަރަހައްދުތަކުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. މެދުރާއްޖެތެރެއާއި ދެކުނަށް ވިއްސާރަ ކުރާއިރު، މެޓް އޮފީހުން ބުނީ މިއަދު ހަވީރު 6:00 އާ […]
އަލީ އާދިލް
ސިނަމާލެ ބްރިޖުން ހުޅުމާލެ އަށް އަރާ ސަރަހައްދުގެ ސޯލާ ޕެނަލްތަކުގެ ހޮޅިދަނޑިތަކުގައި ޖެހި ލެމްބޯގިނީ ކާރެއް ޖެހި މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުން ބުނީ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 2026 އޯގަސްޓް 21 ވަނަ ދުވަހުގެ ހެނދުނު 08:42 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މި އެކްސިޑެންޓްގައި ހޮޅިދަނޑ...
ޔުމްނާ ޢަލީ
ހުޅުމާލެ އަށް އަރާ މަގުގައި ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުންނަ ފެންސްގައި ޖެހި ލެމްބޯގިނީ ކާރެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. އެކްސިޑެންޓްވެފައި ވަނީ ހޯކްސް ކުންފުނިން މި ފަހުން ގެނެސްފައިވާ ލެމްބޯގިނީ ކާރެކެވެ. އެކްސިޑެންޓްވެ އެ ކާރު އޮތީ ފެންސް ތެރޭ ބަންޑުންނެވެ. އެކްސިޑެންޓްވި ދިމާ ފެންސާއި ސޯލާ ޕެނަލްތައް ވަނީ ހަލާކުވެފައެވެ. ސީނުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު ހާދިސާގައި މީހަކަށް އަނިޔާވިކަމެއް ނޭނގެއެވެ. މަންޒަރުދުއް މީހުން ބުނާގޮތުގައި އެކްސިޑެންޓްވިއިރު...
ޔުމްނާ ޢަލީ
މަނީ ޗޭންގް ކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ. އެމްއެމްއޭ އިން މި ފިޔަވަޅު އަޅާފައިވަނީ މާލީ އިދާރާތަކުން ހިންގާ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރެއިންނެވެ. އެ ބަލައި ފާސް ކުރުމުގެ ތެރެއިން އެކްސްޕްރެސް މަނީ އެކްސްޗޭންޖުން ގަވާއިރާ ޚިލާފަށް އަމަލުކޮށްފައިވާކަން ފާހަގަވުމާ ގުޅިގެންނެވެ. ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް...
ތިލަދުން
މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 27.1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، 13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 27.1 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ފާއިތުވެދިޔަ […]
އަލީ އާދިލް
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ބޮޑު ދެ ފޯރަމެއް ކަމަށްވާ “ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026” އާއި “އައިލެންޑް އިންވެސްޓްމަންޓް ފޯރަމް” ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި މަހުގެ 23 އިން 25 އޮގަސްޓު 2026 އަށް ކުރިއަށްދާ މި ފޯރަމްތަކުގައި 30 އަށް ވުރެ ގިނަ ޤައުމުން 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ […]
އަލީ އާދިލް
ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސް، މިއަދުން ފެށިގެން އެ އަދަދަކީ 19،266.10 ރުފިޔާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައިފިއެވެ. ޒަކާތް ބެލެހެއްޓުމުގެ ކަންކަން ކުރިއަށްގެންދާ ޒަކާތު ހައުސްއިން ބުނި ގޮތުގައި، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބުގެ ގޮތުގައި ބަލާނީ 19،266.10 ދިވެހި ރުފިޔާއެވެ. މިއީ މީގެ ކުރިން ކަނޑައަޅާފައި އޮތް އަދަދަށްވުރެ ދަށް އަދަދެކެވެ. މުދަލު ޒަކާތުގެ ނިސާބަށް އެންމެ […...
އަލީ އާދިލް
އާންމުގޮތެއްގައި ކުރިން ކަސްޓަމްސްއާމެދު ދެކެވުނީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިއަދު ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ “ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ކަސްޓަމްސް ސަބްގްރޫޕް” ގެ 14 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ކަސްޓަމްސް އުސޫލުތަކާއި ބޯޑަރުގ...
ޔުމްނާ ޢަލީ
ރ. ދުވާފަރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދީފިއެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 19 ވަނަ ދުވަހު ދުވާފަރުގައި ހިންގި އެ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ރަށު އަނބުމާގެ، ޢަލީ ޢަބްދުﷲ (38އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ފުލުހުން ބުނި ގޮތުގައި އޭނާގެ މައްޗަށް...
އަލީ އާދިލް
ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މާލީ ގޮތުންނާއި ފަންނީ ގޮތުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ “އާރުވެރި މެޗިންގް ގްރާންޓް” ސްކީމް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ސްކީމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ. ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމ...
ޔުމްނާ ޢަލީ