މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަންކޮށްފިއެވެ. ޕެންޝަން އޮފީހުން ބުނި ގޮތުގައި، އޭނާ މި މަގާމަށް އައްޔަންކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕެންޝަން އޮފީހުގެ ބޯޑުން ޔަޒްމީދު މި މަގާމަށް އައްޔަންކޮށްފައި ވަނީ ކުރިއަށް އޮތް އާދިއްތަ ދުވަހުން ފެށިގެންނެވެ. މި މަގާމުގައި ކުރިން ހުންނެވި ސުޖާތާ ހިލްމީ ވަނީ މި […]
ޔުމްނާ ޢަލީ
އާންމު ރައްޔިތުންނާއި އެހީދޭ ފަރާތްތައް ޙިމާޔަތްކުރުމުގައި ދުނިޔެ ނުކުޅެދިފައިވާ މިންވަރު ޣައްޒާއަށްވުރެ ބޮޑަށް އެހެން އެއްވެސް ތަނަކުން ފެންނާކަށް ނެތްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިކަމުގެ ދުވަހު، އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންސާނީ އ...
ޔުމްނާ ޢަލީ
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން މަހަކު 10 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، މީގެކުރިން އާރްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ޚަރަދުތަކުގެ އިތުރުން ކުންފުނި ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައ...
އަލީ އާދިލް
ޖަލުތަކަށް ވައްދާ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކުގެ ވެރިފަރާތްތަކަށް ގާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށާއި، ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެއް ސިމްކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކުގެ ތަފުސީލު ރައީސް އޮފީހުން ރޭ ހާމަކޮށްފައިވާއިރު، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖ...
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް ޗައިނާގެ ޔުނާން ޔުނިވަރސިޓީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އެންޑީއޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ އެޖެންސީގެ ޗެއާޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ...
އަލީ އާދިލް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބޭރު ފައިސާއާ ބެހޭ ބިލަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލު ކުރިން ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވި ނަމަވެސް، އިތުރު އިސްލާހުތ...
ޔުމްނާ ޢަލީ
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅޭގޮތުންނާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ވަނީ މަސައްކަތްތަކުގެ އަދާހަމަ ހި...
ޔުމްނާ ޢަލީ
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ 15 އޮގަސްޓް 2026 ވަނަ ދުވަހުއެވެ. އެގޮތުން ޕޯސްޓް މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަތުލައިގަނެވުނު ތަކެތި ޓެސްޓްކުރިއިރު، އެ ތަކެތި ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ....
ޔުމްނާ ޢަލީ
ދަރިފުޅަށް ދޭންޖެހޭ ސާބިތު ޚަރަދު ގަވާއިދުން ދައްކަމުން ނުދާ މީހަކު ޖަލަށްލައި، އޭނާގެ ފޮޓޯ ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު އާންމުކޮށްފިއެވެ. މި މައްސަލާގައި ލަންދޫ ކޯޓުން އާންމުކޮށްފައިވަނީ ކ. ކާށިދޫ، ހެޕީނައިޓް، އަހުމަދު އަންވަރު ކިޔާ މީހެއްގެ ފޮޓޯއެވެ. މި ފޮޓޯ އާންމުކޮށް އެ ކޯޓުން ބުނީ، އޭނާގެ ފޮޓޯ އާންމުކުރީ ޢާއިލާއާބެހޭ ގަވާއިދަށް ރިޢާޔަތްކުރުމަށް ފަހު ކަމަށެވެ. އަދި މި މައްސަލައިގެ ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އޭނާ ދެ މަސް ދުވަހަށް ޖަލުގައި ބަންދުކޮށްފައިވާ […]
ޔުމްނާ ޢަލީ
ޤައުމީ ދުވަހަށް ތައްޔާރުވުމަށްޓަކައި އުތީމުގަނޑުވަރު އާބާތުރަފިލުމުވުގެ މަސައްކަތްތައް ނިމުމަށްފަހު އަލުން ހުޅުވާ ގޮތަށް ނިންމާފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް އިން ބުނެފިއެވެ. އެ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި އާންމުންނަށް ހުޅުވުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގައެވެ. މިއަދުން ފެށިގެން އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އ...
ފާތިމަތު ސަޙާ
އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވުމަށްފަހު، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އައްޑޫ ސިޓީގައި ވަރުގަދަ ކެމްޕޭނެއް ފައްޓަވައިފިއެވެ. އައްޑޫގައި ކެމްޕޭން ލޯންޗުކުރެއްވުމަށްފަހު، އެމަނިކުފާނު ގެންދަވަނީ އެ ސިޓީގެ ރަށްތަކަށް ޒިޔާރަތްކުރައްވައި ޑޯރ-ޓު-ޑޯ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވަމުންނެވެ. އައްޑޫ ސިޓީގައި ޝާހިދު ކުރިއަށް ގެންދަވާ ޕްރައިމަރީ ކެމްޕޭން ހަރަކާތްތަކުގެ އެންމެ އިސް ސަފުން އެމްޑީޕީގެ...
އަލީ އާދިލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ)ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ. މި ޚިދުމަތްތައް އިފުތިތާޙުކޮށްދެއްވާފައިވަނީ ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވެވި އެ ބޭންކުގެ އިފުތިތާޙީ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޕީ.ބީގެ މޯބައިލް އެޕްލިކޭޝަން ކަމަށްވާ ‘އެމް.ޕީބީ ޕްލަސް’ އަދި އިންޓަރނެޓް ބޭންކިންގ ޚިދުމަތް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައެވެ. އެމް.ޕީ.ބީ އަކީ ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭ...
ޔުމްނާ ޢަލީ
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާރު ހިންގަމުން އަންނަ ތަންތަނާއި އެ މިނިސްޓްރީގެ ހުއްދަ ނެތި އޮޕަރ...
ޔުމްނާ ޢަލީ
ހއ. ހޯރަފުށީގައި ހުންނަ ކޭމްބްރިޖް އެވިޑް އިންޓަރނޭޝަނަލް ސްކޫލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ދިވެހި އަދަބީ ހަފްތާ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. މިއީ ދިވެހި އަދަބިއްޔާތާއި، ސަޤާފަތް ދިރުވައި، ދަރިވަރުންގެ ހިތްތަކުގައި އެކަންކަމަށް ލޯބި ޖެއްސުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ހޯރަފުށީ ކައުންސިލް މެމްބަރ އާމިނަތު ވިސާމާ ” ތިލަދުން “އަށް ވިދާޅުވިއެވެ. ލިޔުންތެރިކަމާއި، ކިޔުންތެރިކަމުގެ އިތުރުން ހުށަހެޅުންތެރިކަމަށް އަމާޒުކޮށް، ގ...
ފާތިމަތު ސަޙާ
އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން “ފްރެންޑް 4” ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމަށްޓަކައި ކަނޑުމަގުންނާއި ވައިގެމަގުން މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލައިފިއެވެ. މީގެއިތުރުން، އޮޔާ ހިނގައިދާނެ ކަމަށް ބަލައި ވަޔާއި އޮއިވަރުގެ މިސްރާބުން ހުވަދޫ ކަނޑާއި، ހައްދުންމައްޗާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ވަނީ ބަލާފައެވެ. […]
ޔުމްނާ ޢަލީ