އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް ޢައްޔަނުކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލުން ޢައްޔަނު ކުރައްވައިފިއެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އެ ވުޒާރާގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވާގޮތުގައި، އެ ވުޒާރާގެ ވަޒީރުކަމަށް ރައީސް މުޢިއްޒު ވަނީ ޝަހީމް ޢައްޔަނު ކުރައްވާފައެވެ. ޝަހީމް އަލުން އެމަގާމަށް ޢައްޔަނުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުން މިއަދު ޝަހީމަށް ރުހުން ނުދިނުމުންނެވެ. ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަ...