އެޓާނީ ޖެނަރަލް (އޭޖީ) އަހުމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިއަދު ނިންމައިފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގެ އެޖެންޑާގައި އޮތީ ހިމަނާފައެވެ.

Ad
rt

ވަޒީރުންނަށް ރުހުން ދިނުމާގުޅޭގޮތުން މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތަމްސީލްކުރާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ބަންޑާރަނައިބު އަހުމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ތްރީ ލައިން ވިޕް ނެރުނުއިރު އެހެން ވަޒީރުންނަށް ރުހުންދޭން ނެރުނީ ފްރީ ވިޕް އެކެވެ.

ބަންޑާރަނައިބު އުޝާމްގެ އިތުރުން އެމްޑީޕީން ރުހުން ނުދޭން ނިންމި ވަޒީރުން:

  • އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު
  • އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު
  • ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު

މީގެ އިތުރުން ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ނުދޭން ނިންމައިފަ އެވެ. ޑިމޮކްރެޓްސް އަކީ އެމްޑީޕީއާއެކު މިހާރު މަޖިލީހުގައި މަސައްކަތްކުރާ ޕާޓީ އެކެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގައި 44 މެންބަރުން އަދި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕްގައި 13 މެންބަރުން ތިބެއެވެ.