ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެސްފައިވާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީއާއި ޖޫރިމަނާ ނުދައްކާ އެއްލައްކަ އަށްވުރެ އިތުރުވާ ވަޒީފާ ދޭ ފަރާތްތަކުގެ ލިސްޓް މިއަދު ޢާންމުކޮށްފިއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއިބެހޭ ވުޒާރާއިން މިއަދު މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމުކޮށްފައިވާއިރު، މި ފައިސާ ދައްކަން ވަނީ މުހުލަތެއް ދީފައެވެ. މިގޮތުން މި ލިސްޓްގައި ހިމެނޭ ޖޫރިމަނާ ފައިސާ ނުދައްކާތިބި ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކ...
ޔުމްނާ ޢަލީ
ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭގެ) ގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލާގައި ދައުލަތުން ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ. އެއީ ސަރުކާރުގެ […]
ހުސައިން ހަބީބް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނާއިބް ރައީސްގެ މަޤާމަށް ޤާނޫނީ ވަކީލު ހިސާން ޙުސައިން އެޕާޓީގެ ޤައުމީ މަޖިލީހުން ރޭ ޢައްޔަންކޮށްފިއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަމާއި، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރަށްވާފައިވާ ޙިސާން، އެމްޑީޕީގެ ނައިބު ރައީސްގެ މަޤާމަށް ޢައްޔަނުކުރުމުން އެ ޕާޓީން ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ. އެމްޑީޕީގެ އަސާސީގަވާއިދު ބުނާގޮތުން އެޕާޓީގެ ނައިބު ރ...
ޔުމްނާ ޢަލީ
މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަޤްޞަދުގައި ސަރުކާރުން ހިންގާ “މާލެ ފަހި ޕްރޮގްރާމް” ރޭ އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގ...
ތިލަދުން
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ “ނޭޝަނަލް ޖޮބް ސެންޓަރ” ގެ ނަން “ނޭޝަނަލް ކެރިއަރސް ސަރވިސް” އަށް ބަދަލުކުރައްވާފައެވެ. މި ބަދަލު ގެނެވިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މި ބަދަލު ގެނެވުނު ކަމުގެ މަޢުލޫމާތު ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. ނަން ބަދަލުވުމާ ގުޅިގެން، ދައުލަތުގެ އިދާރާތ...
އިބްރާހިމް އަސްވާޤް
މި އަހަރުގެ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ފްރާންސްގެ ވެރިރަށް ޕެރިހަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ނައިބު ރައީސްގެ މި ދަތުރަކީ ފްރާންސްގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. ނައިބު ރައީސް ފްރާންސްގެ ޕެރިހަށް މި ކުރައްވާ ދަތުރުފުޅުގައި ރާއްޖޭއިން އޮލިމްޕިކްސްގައި ވާދަކުރާ ބައިވެރިންނާއި ބައްދަލު ކުރައްވާނެއެވެ. މިފަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާނީ ހަތަރު ކުޅިވަރެއްގައެވެ...
މުޙައްމަދު
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރަން އިންޑިއާގެ ސަފީރު މުނޫ މަހާވަރާ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ޓޫރިޒަމް މިނިސްޓްރީގައެވެ. Minister @ifaisalofficial held a productive meeting with H.E. Shri Munu Mahawar, HCr of India to the Maldives. Discussed opportunities for enhanced cooperation and explored exciting avenues for future collaborations.@mitdcmv@HCIMaldives […]
މުޙައްމަދު
އަންހެން ކުއްޖެއްގެ ނޭވާ ހޮޅިން ބުރުގާ ޕިނެއް އިއްޔެ ނަގައިފިއެވެ. އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ބަލިތަކާ ބެހޭ ހާއްސަ ޑރ. މުހައްމަދު އިސްމާއިލް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން އަންހެން ކުއްޖެއްގެ ނޭވާ ހޮޅި ތެރެއިން ބުރުގާ ޕިނެއް ނަގާފައިވާ ކަމަށެވެ. އެކަން އެހެންވީ އަނގައިގެ ތެރެއަށް ޕިނެއް ލައިގެން އުޅެނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. Today we removed a buruga pin from a young girl’s airway, It’s a […]
މުޙައްމަދު
ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ފަރާތުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. އެމްސީބީއަށް 2.3 މިލިއަން ރުފިޔާ ދައްކަން 2018 ވަނަ އަހަރު އަލީ ޒާހިރަށް ބޭންކުން އެންގީ އޭނާ މީހަކަށް 2.3 މިލިއަން ރުފިޔާގެ ޗެކެއް ދޫކުރުމުން އެކައުންޓްގައި ފައިސާ ނެތީސް ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާތީ އެވެ. ބޭންކުން ޗެކަށް […]
ހުސައިން ހަބީބް
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ދޫނިދޫގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މިގޮތުން ނައްތާލާފައިވަނީ 187 ބްރޭންޑެޑް ފުޅި، 217 ޕެޓް ފުޅި އަދި 788 ދަޅު ބިޔަރެވެ. މީގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 38 އައިޓަމް ވެސް ނައްތާލާފައިވެއެވެ. މިއަދު ނައްތާލި ބަނގުރަލަކީ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގ...
އަލީ އާދިލް
ދަ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިން އިއްޔެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކޮށް، ސަރުކާރާއެކު މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. ރައީސް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ހަސަން ލަޠީފާއި ނައިބު ރައީސް މުޙައްމަދު ޝިފާޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން މި ސަރުކާރަށް ތަންފީޒުކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ރައީސް މުޢިއްޒު ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް މަސައްކަތްކުރައްވާނ...
އަލީ އާދިލް
މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ސޮއިކޮށްފިއެވެ. އިމާރާތްކުރުމާއި ބިނާރާއާއިބެހޭ ވުޒާރާއިން ބުނީ މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ. މި ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާއާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކު...
ޔުމްނާ ޢަލީ
ދިވެހި މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 66 މިލިއަން ރުފިޔާ މިމަހު ޖަމާކޮށްދީފައިވާކަމަށް ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން އިއްޔެ ބުނިގޮތުގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 2,009,843ރ. މިދިޔަ އާދިއްތަ ދުވަހު ވަނީ ޖަމާކޮށްދީފައެވެ. އެ ފައިސާއަކީ މިދިޔަ މަހުގެ 28 އިން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ކަމަށް އެ ކުންފުނިން ބުނެއެވެ. […]
ޔުމްނާ ޢަލީ
ހދ.ނޮޅިވަރަންފަރު ތަރައްޤީއަށް އެންމެ ބޭނުންވެފައިވާ ކަންކަމާއި، ހައްލުކުރަން ބޭނުންވެފައިވާ މައްސަލަތައް ނައިބުރައީސް ހުސެން މުހައްމަދު ލަތީފް އާއި އެރަށު ކައުންސިލުން މިއަދު ހިއްސާކޮށްފިއެވެ. ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވަނީ މިއަދު ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިއޮތް މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ތަރައްޤީއަށް އެންމެ ބޭނުންވެފައިވ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށް މަރުކަޒެއް އަޅަން ސައޫދީ އަރަބިއްޔާގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީއިން ޝައުގުވެރިކަންފާޅުކޮށްފިއެވެ. މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނީ، ޢަރަބި ބަސް ކިޔަވައިދިނުމަށް ރާއްޖޭގައި “އަރަބިކް ލޭންގްއޭޖް އިންސްޓިޓީއުޓް” ގެ ނަމުގައި މަރުކަޒެއް ގާއިމް ކުރުމާއި ގުޅޭގޮތުން އެ ވުޒާރާއާއި ސައޫދީގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އާއި ދެމެދު މަޝްވަރާކޮށްފައިވާ...
ޔުމްނާ ޢަލީ