ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނަގަންފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލޭގައި ޕާކުކޮށްފައިހުރި ރަޖިސްޓަރީ ނުކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށާފައިވާ ކަމަށެވެ. މި މަސައްކަތް އިއްޔެ ފަށާފައިވާއިރު، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ މިފަދަ 10 އުޅަނދު އިއްޔެ ނަގާފައިވާކަމަށް ފުލުހުން ބުންޏެވެ. ”ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕ...
ޔުމްނާ ޢަލީ
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހަޅާ ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައަޅަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މި ކޮމެޓީ އެކުލަވާލައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. މި 138 ބޭފުޅުންގެ ތެރޭގައި، ރައީސް ފޮނުއްވި 70 ބޭފުޅުން ހިމެނޭކަމ...
ޔުމްނާ ޢަލީ
ޓާމް ބަންދުތަކުގައި ޓީޗަރުން ސްކޫލަށް ނުނެރެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަންގައިފިއެވެ. މިކަނަ އަންގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހޯމަ ދުވަހު އެ މިނިސްޓްރީން ފޮނުވި އިންޓާނަލް މެމޯގައި ބުނެފައިވަނީ ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމަށެވެ. ދާއިރާގައި ތިއްބެވި ހިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. ގަވަރުނަރު ޢަލީ ހާޝިމް އެ...
ޔުމްނާ ޢަލީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ހާޝިމް މިއަދު ވަކިކޮށްފިއެވެ. ރައީސް އޮފީހުން ބުނީ، ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީ، އެ މަޤާމުން އަލީ ހާޝިމް މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ. އަލީ ހާޝިމް ގަވަރުކަމުގެ މަގާމުން ވަކިކުރަން ރައީސް އަށް ލަފާއަރުވަން މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދު އެވެ. އެގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި 63 މެންބަރުންގ...
ޔުމްނާ ޢަލީ
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ފާޠިމަތު ދިޔާނާ (ޅ. ހިންނަވަރު ސަންދުރަ) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ދިޔާނާ އަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. ދިޔާނާ މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ދިޔާނާ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައެވެ. 18 ފެބްރުއަރީ 2024 ގައ...
ޔުމްނާ ޢަލީ
”ނާރެސް” ޕޯޓަލް މެދުވެރިކޮށް ލޯކަލް ކައުންސިލްތަކުން އައިޑީކާޑުގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި ބޭނުން ކުރުމަށް އިނގިލީގެ ނިޝާން ނަގާ ޑިވައިސް ކައުންސިލްތަކާ ހަވާލު ކޮށްފި އެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ. ނާރެސް ޕޯޓަލްއާއެކު ކޮންމެ ކައުންސިލަކަށް އިނގިލީގެ ނިޝާން ނަގާ ފިންގާ ޕްރިންޓް ޑިވައިސް ހަވާލުކުރުމަ...
ޔުމްނާ ޢަލީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް ލަފާއަރުވަން މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ. މާލިއްޔަތު ކޮމިޓީން ވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައި ނުވާކަމަށް ބުނެ، ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފައެވެ. އެއަށްފަހު ގަވަރުނަރު ވަކިކުރުމާގުޅޭ ލަފާއެރުވުމަށް މަޖިލީހުގެ މާލިއްޔަތު...
ޔުމްނާ ޢަލީ
18 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިކަން ހިނގާފައި ވަނީ ގދ. ގައްދޫ ގައެވެ. މި މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު، މި މައްސަލައާއިގުޅޭ އިތުރު ތަފްސީލެއް އަދި ނުދެއެވެ. މިދިޔަ ޖޫން މަ...
ޔުމްނާ ޢަލީ
ރާއްޖޭގައި އޮންލައިންކޮށް ވިއްކަމުންދާ މާމުއިގެ ބާވަތެއް އެތެރެކޮށް، ވިއްކައި ބޭނުންކުރުން މިއަދު މަނާކޮށްފިއެވެ. މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ ރާއްޖޭގެ މީސް މީޑިއާ ޕްލެޓް ފޯމްގައި އާއި އޮންލައިން ޕްލެޓް ފޯމްގައި ވިއްކަމުންދާ މާމުއިގެ ބާވަތެއްގައި ބޭހުގެ މާއްދާއެއް އެކުލެވިފައިވާކަން އެ އޮތޯރޮޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މާމުއި ބާވަތަކީ BLACK HORSE އަދި ETUMA ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ....
ޔުމްނާ ޢަލީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރައީސްކަމުގައި އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރިސިޓްތައް ހާމަ ނުކުރެވޭނެ ކަމަށް ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން ކުރީގެ ސަރުކާރުގެ ދުވަސްވަރު ހުށަހެޅި […]
ހުސައިން ހަބީބް
ބިދޭސީން ވަޒީފާއަށް ދިވެހިރާއްޖެ ގެނެސް އިހުމާލުވާ މީހުންގެ ލިސްޓެއް އެކުލަވާލައި އާންމުކުރަން ސަރުކާރުން ނިންމައިފިއެވެ. މިގޮތައް ނިންމާފައި ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމަށް ނިންމެވުމުގެ އިތުރުން މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި، އެފަފަ ޢަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވ...
ޔުމްނާ ޢަލީ
ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ވިދާޅުވީ “ޕެރިސް 2024 އޮލިމްޕިކްސް” ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެެވެ. މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީޚު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައ...
ޔުމްނާ ޢަލީ
ކާނާ ވިހަވެ ހާލު ސީރިއަސްވުމާ ގުޅިގެން އައްޑޫ އިކުއަޓޮރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުން ވޯޑަށް ބަދަލުކޮށްފިއެވެ. އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން ވަނީ ފަރުވާދީފައެވެ. އޭގެތެރެއިން 2 ދަރިވަރުން ފިޔަވާ އެންމެން ވަނީ ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައެވެ. އެ ދެ ދަރިވަރުންނަށް އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ ދަރިވަރުންގެ...
އަޙްމަދު ވަހީދު
ޝަރުއީ ދާއިރާގެ އިސް މަގާމެއްގައި ހުރެ ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މީހަކު މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ހެޑްގެ މަގާމުގައި ކުރިން ހުރި ހައިލަމް މުހައްމަދުގެ މައްޗަށް ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ […]
ހުސައިން ހަބީބް