މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ ވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ، އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން އެމީހާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫ...
ޔުމްނާ ޢަލީ
ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކާއި ގުޅިގެން މާލޭގެ ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައަކަށް އެޓެންޑްވެފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ، ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކާއި ގުޅިގެން މިއަދު ހެނދުނު މާލޭގެ މާފަންނުގައި ހުންނަ ގެއަކަށް ވަދެ ދެ މީހަކު ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައެއް އެ އިދާރާއަށް ހުށަހެޅުނު ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހުން މިހާރ...
ޔުމްނާ ޢަލީ
ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 37 ވަނަ ބުރު ފަށައިފިއެވެ. މި ކޯސް ކުރިއަށްގެންދަނީ އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައެވެ. ކޯސް ފެށުމަށް މި ޖުލައި މަހުގެ 20 ވަނަ ދުވަހު އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރު އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް […]
އަޙްމަދު ވަހީދު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރުމުގެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އދ. އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު ރައީސް އިބޫ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ކުރަން ހާމަކުރަން ކުރީގެ ސަރުކާރުން ދެކޮޅު ހެދި ނަމަވެސް އޭރުގެ އިންފޮމޭޝަން ކޮމިޝަނަރާއި ހައި ކޯޓުން ވެސް ނިންމީ އެ މައުލޫމާތު ދޭންޖެހޭނެ ކަމަށެވެ. އެ ނިންމުމާ ދެކޮޅަށް އޭރު […]
ހުސައިން ހަބީބް
ށ.އަތޮޅުގައި ފަށާފައިވާ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ މެޕިންގް މަރުހަލާ ފަށައިފިއެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ށ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް، އެ އަތޮޅު ވެރިކަންކުރާ ފުނަދޫގައި ފަށާފައި ވަނީ 16 ޖުލައި 2024 އެވެ. އެއަށްފަހު މި ޕްރޮގްރާމެގެ މެޕިންގް މަރުހަލާ މިހާރު ފަށާފައިވާއިރު، ހަ ރަށެއްގައި މިހާރު ވަނީ މި ބައި ކުރިއަށް ގެންގޮސްފައެވެ. އެ ރަށްތަކަކީ ކަނޑިތީމު، ޅައިމަގު، ނޫމަރާ، […]
ޔުމްނާ ޢަލީ
ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) މިރޭ ވިދާޅުވެއްޖެއެވެ. “އަންވެއިލިން ވިޝަން 2024” ގެ ނަމުގައި އާޓް ގެލަރީގައި ކުރިޔަށްދާ މައުރަޒާ ގުޅޭ ގޮތުން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އަސްވާޑް ވިދާޅުވީ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ ހާއްސަ ޕްލޭނެއް އެބައޮތް ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުން...
މުޙައްމަދު
ރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުން ފަންނުވެރިންނަށް 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ. “އަންވެއިލިން ވިޝަން 2024” ގެ ނަމުގައި އާޓް ގެލަރީގައި ކުރިއަށް ގެންދިޔަ މައުރަޒު ބައްލަވާލެއްވުމަށް ފަހު، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފަންނުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނާއި އެ ދާއިރާ އަށް ވަންނަން ޝައުގުވެރިވާ މީހުންނަށް މި ސަރުކާރުން ފުރުސަތު ހުޅުއްވައި ދެއ...
މުޙައްމަދު
މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ވޯޓުގެ ނަތީޖާއަކީ ރައީސް މުޢިއްޒުގެ ތާއީދު ރައްޔިތުންގެތެރޭގައި ފަތުއަޑުކިޔާފައި އިތުރުވަމުން ދާކަމުގެ ސާފު ހެއްކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ޕީއެންސީން ވާދަކުރި ހަ ގޮނޑި ތެރެއިނ...
ޔުމްނާ ޢަލީ
ހަ ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ފަސް ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިގޮތުން ޕީއެންސީން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑީގެ އިތުރުން ކާމިޔާބުކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ، ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ އަދި ފ. ބިލެތްދޫ ކައުންސިލް ރައީސްގެ ގޮނޑިއެވެ. ޕީއެންސީ އަށް ކާމިޔާބު ނުވީ ހަމައ...
ޔުމްނާ ޢަލީ
ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް ރައްޔިތަކު ހޯދުމަށް ފުލުހުން އިޢުލާންކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ 23 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޓަފްޖޮލް މިޔާ ނަމަކަށް ކިޔާ ޒުވާނެކެވެ. ޓަފްޖޮލް މިޔާ ހޯދަމުންދަނީ 2024 ޖުލައި 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްޓަކ...
އިބްރާހިމް އަސްވާޤް
އަނެއްކާ ވެސް މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ. މާލޭ އަމީނީ މަގުގައި ހުންނަ އެ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފަތިހު ވެސް ވަނީ ތަޅާލާފައެވެ. ފުލުހުން މިއަދު ބުނީ، ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ރޭ ފަތިހު 4:32 ހާއިރު، ގާބުރިއަކުން ޖަހާ ތަޅާލާފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ ބަލަމުން އަންނަކަމަށް […]
ޔުމްނާ ޢަލީ
އަޒުމަކީ ދިވެހި މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރުންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މަސްތުވާތަކެތީގެ މައްސަލައާ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އަދި ގޭ...
ޔުމްނާ ޢަލީ
ކައުންސިލްތަކު މެންބަރުންގެ އަދަދަށް ގެންނަވަން ފެނިވަޑައިގަންނަވާ ބަދަލާއިގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބައެއް ވިސްނުންފުޅުތައް ރޭ ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރަށްވާފައި ވަނީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައެވެ. ކައުންސިލުތަކުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ޚަރަދުކުޑަކޮށް އެންމެ ރަނގަޅަށް ޚިދުމަތްދިނުމަށްޓަކައި ރަށްރަށުގެ ކައުންސިލަރުންގެ ޢަދަދަށް ބަދަލުގެންނަންޖެހޭކަމަށ...
ޔުމްނާ ޢަލީ
ލޯކަލް ކައުންސިލްތައް މެދުވެރިކޮށް ވެސް އައިޑީކާޑުގެ ޚިދުމަތް ހޯދޭ ”ނާރެސް” ޕޯޓަލް ރޭ އިފްތިތާހްކޮށްފިއެވެ. މި އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމު...
ޔުމްނާ ޢަލީ
މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހެއްގެ މައްސަލަ އެ އިދާރާއަށް އިއްޔެ ހުށަހެޅުނު ކަމަށެވެ. މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަވެއެވެ. އުމުރުން 46 އަހަރުގެ މި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެމީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ. މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް […]
ޔުމްނާ ޢަލީ