ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) އަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް މިއަދު ކޯޓުން ދީފި އެވެ. ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. މަންޑޭގެ އިތުރުން ރ. […]
ހުސައިން ހަބީބް
ރާއްޖޭން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދިވެހިރާއްޖެއާއި ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ، އީޔޫއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލެންސީ މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު އެކަމަނާއާއި ރައީސް މުޢިއްޒު ކުރިއަށް ގެންދެވި މަޝްވަރާތަކުގައެވެ. މިގޮތުން އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭ...
ޔުމްނާ ޢަލީ
ކުރީގެ ތަޢުލިމާބެހޭ ވަޒީރު ބޭނުންކުރެއްވި ރަސްމީ އީމެއިލްގައި ހުރި މެއިލްތައް ޑިލޭޓްކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ ކުރީގެ ކުރީގެ ތަޢުލިމާބެހޭ ވަޒީރު ބޭނުންކުރެއްވި ރަސްމީ އީމެއިލްގައި ހުރި ހުރިހާ މެއިލެއް ޑިލީޓްކޮށްފައިވާ މައްސަލައެއް ތަހްގީގްކޮށްދެއްވުމަށް އެދި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. މި މެއިލްތައް ޑިލީޓްކޮށްލާފައި ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ހުށަހަޅާފަ...
ޔުމްނާ ޢަލީ
ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ 4،000 ފްލެޓަށް ޝަރުޠު ހަމަވަނީ އެންމެ 40 އިންސައްތަ ފަރާތްތަކެއް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅާފައިވާކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން، ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ، ކުރީގެ ސަރުކާރުން އެކުލަވާލި 4،000 ފަރާތުގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވަނީ އެންމެ 20...
އަލީ އާދިލް
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ކާކުކަން އެނގޭގޮތަށް އެ މައްސަލަ ހުށަހަޅާ ފަރާތްތަކަށް އޮޓޯމޭޓްޑް ނިޒާމެއްގެ ތެރެއިން ލިބޭނެ އިންތިޒާމް އެ ކޮމިޝަނުން މިއަދު ހަމަޖައްސައިފިއެވެ. އޭސީސީން މިއަދު އިފްތިތާޙްކުރި މި ނިޒާމަށް ދީފައިވާ ނަމަކީ ”ލިބީގެ” އެވެ. އޭސީސީގެ “ލިބީގެ” އިފްތިތާޙު ކޮށްދެއްވީ މިކަމަށްޓަކައި އެ ކޮމިޝަނުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. “ލިބީގެ” އަކީ ކާކުކަން އެނގޭ ގޮތަށް ކޮމިޝަނަށް ހުށަހަޅާ މައް...
ޔުމްނާ ޢަލީ
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މ.މއ.އަތަމާގެ، އަބްދުއްލަތީފު ހުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) މިއަދު އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 94 އަހަރުގައި އަތަމާ ޢަބްދުއްލަތީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ. އަތަމާ ޢަބްދުއްލަޠީފަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރައްވާ، ޙައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ޚިދުމަތްތެރިއެކެވެ. ރާއްޖޭގައި ގިނަ ބަޔަކު ޙައްޖަށް ގެންގޮސްދެއްވުމުގެ މަސައްކަތް ކޮށްދެއްވާފައިވާތީ ޖަމ...
އަލީ އާދިލް
ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރާލުމުގައި ބައިވެރިވި މީހާ އުމުރަށް ޖަލަށްލުމަށް ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. މުންޑޫގައި 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެ ރަށު ބީޗްވިލާ ސިފާމްގެ މައްޗަށެވެ. ޝަނޫންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެގެން މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވި ނަމަވެސް ސިފާމްގެ މައްޗަށް އިއްވީ އެކަމުގައި […]
ހުސައިން ހަބީބް
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 15.38 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއެކު މެލޭޝިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ކަސްޓަމްސްގެ އެސިސްޓަންޓް ކޮމިޝަަނަރ މުޙައްމަދު މަސީޙް ވިދާޅުވީ، މިއީ މިއަހަރު ކަސްޓަމްސްއިން އަތުލައިގަތް އެންމެ ބޮޑު މަސްތުވާތަކެތީގެ މައްސަލަކަމަށެވެ. ޖުލައި 27 ވަނަ ދުވަހު އީކޭ ފްލައިޓުން އައި 44 އަހަރުގެ މެލޭޝިއ...
އިބްރާހިމް އަސްވާޤް
މާލޭގެ މާފަންނު އޯކިޑްޕްލާޒާގޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އެ ހާދިސާ ހިނގައިގެން އުޅުނު ވަގުތު، އެ ގޭކައިރީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އޯކިޑްޕްލާޒާގޭގައި އަލިފާން ރޯވެގެން އުޅުނު ވަގުތު އެގޭ ކައިރީ މަގުމަތީ ހުރި މީހަކާ، މީހަކު މާރާމާރީ ހިންގާފައިވާ ކަމަށެވެ. މި މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މާރާމާރީއާއިގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. މާލޭގެ މާފަންނު އޯކިޑްޕްލާޒާގޭގައި އަލިފާނުގެ ހާދިސާއެއް...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ އުފެއްދުންތެރިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތްފަށައިއެވެ. އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނީ ރާއްޖޭގައި ބޭނުންކުރުމަށާއި ރާއްޖެއިންބޭރަށް އެކްސްޕޯޓް ކުރުމަށް ތަފާތު ބާވަތްތައް އުފައްދާފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އެ ވުޒާރާއިން ފަށާފައިވާ ކަމަށެވެ. އެ ވުޒާރާއިން ބުނީ ދިވެހި އިގްތިސާދު ސިންދަފާތުކޮށް އުފެއްދުންތެރިކަށް އިތުރުކޮށް އެކްސްޕޯޓު އިތުރުކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމަށެވެ. މިގޮތުން މި މިދަފްތަރު އެކުލަވައިލ...
ޔުމްނާ ޢަލީ
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 143 މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގަނެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިިސްއިން އިސްކަންދަރުކޮށީގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިންގި އޮޕަރޭޝަންތަކުގައި 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެއީ...
ޔުމްނާ ޢަލީ
މާލޭގެ މާފަންނު އޯކިޑްޕްލާޒާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދެވުނުކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އޯކިޑްޕްލާޒާ ގެއަކީ މީހުން ދިރިނޫޅޭ ގެއެކެވެ. އެ ގޭގައި މި ހާދިސާ ހިނގައިގެން މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ މެންދަމު 3:32 ހާއިރުކަމަށް އެ އިދާރާއިން ބުނެފަވެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންނުވާކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ. މި ހާދިސާއާއި ގުޅިގެން އެމް...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަނުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ، މިއީ މިހާތަނަށް ހުޅުމާލޭގައި ހިންގުނު އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށެވެ. ރޭ ހިންގުނު މި އޮޕަރޭޝަނަކީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މަޢުލޫމާތާ ގުޅިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހުޅުމާލެއިން 3 ބުރީގެ އިމާރާތެއް ބަލައި ފާސްކޮށްފައިވެއެވެ. މި އިމާރާތުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚ...
އިބްރާހިމް އަސްވާޤް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑާއި އިސްވެރިންގެ މުސާރައަކީ ވިޔަފާރީގެ ސިއްރުތަކެއް ކަމަށާއި އެ އެ މައުލޫމާތު ހާމަ ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ބީއެމްއެލްގެ ބޯޑާއި އިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދު ކޮށްފަ އެވެ. އެ މައްސަލަ ބީއެމްއެލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަކީ […]
ހުސައިން ހަބީބް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އުސޫލުތައް ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް ހިނގާ ގޮތަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި އޮތީ ރަނގަޅަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަކަށް ބުނެފައި ނެތް ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އެކުލަވާލެއްވި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ...
ހުސައިން ހަބީބް