މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 363 ވަނަ ޞަފްޙާ

މާނުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ދަނީ ތަހުގީގުކުރަމުން: ފުލުހުން

މާނުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ދަނީ ތަހުގީގުކުރަމުން: ފުލުހުން

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނު (ގޭސް މާނު)ގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައި ވަނީ މާނު މިއަދު ރާއްޖެ އައުމުން ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ. އޭނާ ރާއްޖެ އައީ އަހަރުތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުމަށްފަހުއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނު މައްޗަށް...

ޔުމްނާ ޢަލީ
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތިން ހާދިސާއެއް

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތިން ހާދިސާއެއް

ދިވެހިރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތިން ހާދިސާއެއް ހިނގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ 3 ހާދިސާއެއްގައި އެތަނުގެ ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މިފަދަ 6 ހާދިސާއެއްގެ ރިޕޯޓް ރޭ ވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. ނަމަވެސް މި ހާދިސާތަކުގެ އިތުރު ތަފްސީލެއް އެމްއެ...

ޔުމްނާ ޢަލީ
ހައުސިން ޔުނިޓްތަކުގެ ކުލި ގަވާއިދުން ދެއްކުމަށް އިލްތިމާސްކޮށްފި

ހައުސިން ޔުނިޓްތަކުގެ ކުލި ގަވާއިދުން ދެއްކުމަށް އިލްތިމާސްކޮށްފި

މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލިން ބަޔެއް މައާފުކޮށްދިނުމުން ވެސް ގިނަބަޔަކު ކުލި ނުދައްކާތީ، ހައުސިން ޔުނިޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދައްކަމުން ދިޔުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މާލެ ސަރ...

ޔުމްނާ ޢަލީ
ބިޔަރު ދަޅުތަކަކާއި ރާފުޅިއަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ބިޔަރު ދަޅުތަކަކާއި ރާފުޅިއަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ބިޔަރު ދަޅުތަކަކާއި ރާފުޅިއަކާއެކު ހުޅުމާލެއިން ބިދޭސީއެއް ހައްޔަރުކޮށްފިއެވެ. އެ މީހާހައްޔަރުކުރިކަން ހާމަކޮށް ފުލުހުން ބުނީ އެމީހާއަތުން 48 ދަޅު ބިޔަރާއި ރާފުޅިއެއް ފެނިފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ މިރޭ ދިހައެއް ޖަހާކަށް ހާއިރު ހުޅުމާލޭގައި ހުންނަ އަމީނު އެވެނިއު ފްލެޓްތައް ކައިރިންނެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަަމަށް ފުލުހުން ބުންޏެވެ. ރާއްޖޭގައި ހިންގާ އެކިއެކި ކުށްތަކުގައި ބިދޭސީން ޝާމިލްވުން އިތުރުވެފައިވާއިރު، މީގެ ކުރީން ވެސް އެކިފަހަރުމަތީން ވަނީ ބަނގުރަލާއި...

ޔުމްނާ ޢަލީ
އެލްޖީއޭގެ ސީއީއޯ މަގާމުން ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް

އެލްޖީއޭގެ ސީއީއޯ މަގާމުން ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ، އެ މަގާމުން ވަކިކުރުމަށްފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފިއެވެ. މި ބަދަލު ގެނައި ސަބަބު މިވަގުތު ސާފުވެފައެއް ނުވެއެވެ. އެލްޖީއޭގެ އިސްވެރިއަކަށް ޒުލްފާ ހަމަޖެއްސެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެލްޖީއޭ އަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. ޒުލްފާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެ...

އަލީ އާދިލް
މަތީ ތަޢުލީމާބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު

މަތީ ތަޢުލީމާބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގެ ފަރާތުން ސާނަވީ އިމްތިޙާން (އޯ ލެވެލް) ނިންމާ ދަރިވަރުންނަށް ޙާއްސަކޮށް ދަރުމަވެރިންގެ ގޮތުގައި (ވޮލެންޓިއަރކޮށް) މަސައްކަތްކުރުމުގެ ފުރުސަތު ހުވާލައިފައިވާ ކަމަށެވެ. އެ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތ...

ޔުމްނާ ޢަލީ
ޕާކިސްތާނުގެ ޝެފަކު ރާއްޖޭގައި މީހަކު މަރާލި މައްސަލަ ހުކުމާ ހަމައަށް ދަނީ

ޕާކިސްތާނުގެ ޝެފަކު ރާއްޖޭގައި މީހަކު މަރާލި މައްސަލަ ހުކުމާ ހަމައަށް ދަނީ

ހުޅުމާލޭ ހާންޖީ ރެސްޓްރެންޓްގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ އެތަނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދުގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ. ހާންޖީ ރެސްޓޯރެންޓްގައި 2022 ވަނަ އަހަރުގެ ރޯދަ މަހު ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، ޕާކިސްތާނުގެ ޝެފެއް ކަމަށްވާ އާބިދުގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ އެ މައްސަލާގެ ހުލާސ...

ހުސައިން ހަބީބް
އެލެގްރާ ބޭހުގެ ތިން ބެޗެއް ރާއްޖޭގައި މަނާކޮށްފި

އެލެގްރާ ބޭހުގެ ތިން ބެޗެއް ރާއްޖޭގައި މަނާކޮށްފި

ކުޑަކުދިންނަށް ދޭ ރޯގާ ބޭހެއްކަމަށްވާ އެލެގްރާ ބޭހުގެ ތިން ބެޗެއް އެތެރެކޮށް، ވިއްކައި ބޭނުންކުރުން ރާއްޖޭގައި މިއަދު މަނާކޮށްފިއެވެ. މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ އެލެގްރާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާތީ އެ ބޭސް ވިއްކާ ކުންފުނިން އެލާޓްކޮށްފައިވާ ކަމަށެވެ. އެއީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޮފީ އިންޑިއާ ލިމިޓެޑް އިން އުފައްދާފައިވާ...

ޔުމްނާ ޢަލީ
ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ހިމާޔަތްކޮށްފި

ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ހިމާޔަތްކޮށްފި

މާލެ އަތޮޅުގައި ހިމެނޭ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ލިބިފައިވާ ބޮޑު ދެ ތިލައެއް ކަމުގައިވާ ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ސަރުކާރުން ހިމާޔަތްކޮށްފިއެވެ. މި ދެ ތިލައަކީ ފީނާ މީހުންނާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގްބޫލު ތަންތަނެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކ. ބޮޑުހިތި ތިލަ ސަރަހައްދާއި ކ. އޮއްކޮބޭ ތިލަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ […]

އަލީ އާދިލް
ބަންގްލަދޭޝްގައި ހިނގަމުންދާ އެއްވުންތަކާއި ގުޅިގެން ދިވެހިން ސަމާލުވުމަށް އަންގައިފި

ބަންގްލަދޭޝްގައި ހިނގަމުންދާ އެއްވުންތަކާއި ގުޅިގެން ދިވެހިން ސަމާލުވުމަށް އަންގައިފި

ބަންގްލަދޭޝްގައި ހިނގަމުންދާ އެއްވުންތަކާއި ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން މިއަދު އިލްތިމާސްކޮށްފިއެވެ. ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހިން ސަމާލުވުމަށް މީގެކުރިން ވެސް ޚާރިޖިއްޔާއިން އަންގާފައިވާއިރު، ދިވެހި ޚާރިޖިއްޔާއިން މިއަދު ބުނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަ...

ޔުމްނާ ޢަލީ
ހެނބަދޫގައި ފުލުހުންގެ މުދަލަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި

ހެނބަދޫގައި ފުލުހުންގެ މުދަލަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި

ނ. ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، މުދަލަށް ގެއްލުން ދީފައިވާ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގެ ތަޙްގީގަށް ދެ މީހަކު ހައްޔަރުކޮށްފައިވާކަމަ...

ޔުމްނާ ޢަލީ
މަަސްދޯނިތަކުގައި ފެން ފިނިކުރާ ނިޒާމު ހަރުކުރަން ހާއްސަ ލޯނު ސްކީމެއް ތައާރަފްކުރަނީ

މަަސްދޯނިތަކުގައި ފެން ފިނިކުރާ ނިޒާމު ހަރުކުރަން ހާއްސަ ލޯނު ސްކީމެއް ތައާރަފްކުރަނީ

މަސްދޯނީގެ ވަތުގައި ރެފްރިޖަރޭޓެޑް ސީވޯޓާ (އާރްއެސްޑަބްލިއު) ސިސްޓަމް ނުވަތަ ފެން ފިނިކުރާ ނިޒާމު ހަރުކުރުމަށް ހާއްސަ ލޯނު ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ، މަސްވެރި ވުޒާރާއިން ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް ޚާއްސަ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށެވެ. އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވާލާ މި ލޯނު ސްކީމުގެ ދަށުން މަސްވެރިންނަށް ވަރަށް ލުއ...

ޔުމްނާ ޢަލީ
އައްޑޫގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ފަރުވާދެނީ

އައްޑޫގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ފަރުވާދެނީ

އައްޑޫ ސިޓީގެ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ވެލިފުންޏަކަށް އަރައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ފަރުވާދެމުން އެބަދެއެވެ. ފުލުހުން ބުނީ، ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، އައްޑޫ ސިޓީގެ ހިތަދޫގެ ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް މަގު ކޮނެފައިވާ ހިސާބުގައި ހުރި ވެލި ފުންޏަކަށް އަރައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. ރޭ 23:49 ހާއިރު ހިނގި މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 23 އަހަރުގެ ޒުވާނާއަށް ވަނީ އަނިޔާވެފައެވެ. އޭނާ އަށް […]

ޔުމްނާ ޢަލީ
ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި އިތުރު ސައިކަލަކަށް ގެއްލުންދީފި

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި އިތުރު ސައިކަލަކަށް ގެއްލުންދީފި

ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި އިތުރު ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީފިއެވެ. ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް މިމަހުގެ އެއްވަނަ ދުވަހު ގެއްލުންދީ އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ރޯކޮށްލާފައިވާ ކަމަށެވެ. މިކަމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމ...

ޔުމްނާ ޢަލީ
ވިސާ ހަމަވުމުން އަނބުރާ ނުގޮސް އުޅުނު ނޯވޭގެ ޓޫރިސްޓަކު ޑީޕޯޓުކޮށްލައިފި

ވިސާ ހަމަވުމުން އަނބުރާ ނުގޮސް އުޅުނު ނޯވޭގެ ޓޫރިސްޓަކު ޑީޕޯޓުކޮށްލައިފި

ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް ރާއްޖޭގައި ދިރިއުޅެމުން ދިޔަ ނޯވޭގެ ޓޫރިސްޓަކު ޑީޕޯޓުކޮށްލައިފި އެވެ. އިމިގްރޭޝަނުން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މި ފަތުރުވެރިޔާ ރާއްޖެއަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އޭނާގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް އެނބުރި ގައުމަށް ނުގޮސް، ރާއްޖޭގައި މަސައްކަތް ކޮށްގެން ދިރިއުޅެމުން ދިޔަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު މިދިޔަ […...

އަލީ އާދިލް