މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 362 ވަނަ ޞަފްޙާ

ބޯކޮށާ ހަ ތަނެއް ބަންދުކޮށް 7 ބިދޭސީއަކު ހައްޔަރުކޮށްފި

ބޯކޮށާ ހަ ތަނެއް ބަންދުކޮށް 7 ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގަމުންދާ ބޯކޮށާ ހަ ތަނެއް ބަންދުކޮށް އެތަންތާގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ހަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. އިމިގްރޭޝަނުން މިރޭ ބުނީ، ހުޅުމާލޭގައި ހިންގަމުންދާ ބޯކޮށާ ތަންތަނަށް އަމާޒުކޮށްގެން މިއަދު ރެއިޑެއް ކުރިއަށް ކުރިއަށް ގެންދިޔަ ކަމަށެވެ. މި ރެއިޑުގައި ބޯކޮށާ 06 ތަނެއް ބަލާ ފާސްކޮށްފައިވާއިރު، މީގެތެރެއިން 04 ތަނެއް ބަންދުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެތަންތަނުން ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ 7 ބިދޭސީއަކު އިމިގްރޭޝަން ބ...

ޔުމްނާ ޢަލީ
ކޯހެއްގައި ބައިވެރިވުމުގެ ކުރިން އެމްކިއުއޭ ހުއްދައޮތް ކޯހެއްކަން ކަށަވަރުކުރަން އެދިއްޖެ

ކޯހެއްގައި ބައިވެރިވުމުގެ ކުރިން އެމްކިއުއޭ ހުއްދައޮތް ކޯހެއްކަން ކަށަވަރުކުރަން އެދިއްޖެ

މަތީ ތަޢުލޫމުދޭ މަރުކަޒުތަކުން އިސްތިހާރުކުރާ ކޯހެއްގައި ބައިވެރިވުމުގެ ކުރިން އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދައޮތް ކޯހެއްކަން ކަށަވަރުކުރުމަށް އެތަނުން އިލްތިމާސްކޮށްފިއެވެ. އެމްކިއުއޭއިން މިއަދު ކުރި ޢިއުލާނެއްގައި ބުނީ، މަތީ ތަޢުލީމާއި ތަމްރީނު ދޭ ގިނަ މަރުކަޒުތަކަކުން ދަނީ އެ މަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ގިނަ ޕްރޮގްރާމްތަކެއް އެކިއެކި ސޯޝަލް މީޑިއާ ތަކުގައި އިސްތިޙާރު ކުރަމުން ކަމަށެވެ. އެހެންކަމުން ކިޔަވާ ދަރިވަރުން އެއިން ތަނަކުން ހިންގާ ޕްރޮގްރާމަކަ...

ޔުމްނާ ޢަލީ
ލޭބަރ ރިލޭޝަން އޮތޯރިޓީ، ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކޮށްފި

ލޭބަރ ރިލޭޝަން އޮތޯރިޓީ، ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކޮށްފި

ލޭބަރ ރިލޭޝަން އޮތޯރިޓީ އަކީ ދާޚިލީ ވުޒާރާގެ ދަށުން ހިންގާތަނެއްގެ ގޮތުގައި މިއަދު ހަމަޖައްސައިފިއެވެ. ލޭބަރ ރިލޭޝަން އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާއެކެވެ. އެތަނާއި މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަކީ ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުތަކަށް ޢަމަލުކުރޭތޯ ބަލައި އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު އެ މުއައްސަސާ ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވު...

ޔުމްނާ ޢަލީ
ޑރ. ޝަހީމްގެ އަބުރު ކަތިލުމަށް ވީޑިޔޯ އުފެއްދުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން: ޝާހިދު

ޑރ. ޝަހީމްގެ އަބުރު ކަތިލުމަށް ވީޑިޔޯ އުފެއްދުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން: ޝާހިދު

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމްގެ އަބުރު ކަތިލުމަށް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއްކަމަށާއި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިފަދައިން ވިދާޅުވީ، ކާކުކަން ނޭނގޭގޮތަށް އެކްސްގައި ހަސަން ކުރުސީ ކިޔާ އެކައުންޓަކުން ވަޒީރު ޝަހީމްގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ޑރ ޝަހީމް ކަމަށް ބުނެ ތަފާތު ވާހަކަތައް ފަތުރަމުންދާ  ދަނޑިވަޅެއްގައެވެ. އެ އެކައުންޓުން ވަނީ ވަޒީރު ޝަހީމްގެ ޕީއެޗްޑީއާ...

އަލީ އާދިލް
ކިންގްސްޓޮންގެ ސައިކަލް ސްކޭމް މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށައި

ކިންގްސްޓޮންގެ ސައިކަލް ސްކޭމް މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށައި

ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފި އެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި، އެ މައްސަލަތައް މިހާރު ދަނީ ތަޙުޤީޤުކުރަމުން ކަމަށެވެ. ކިންގްސްޓޮންއިން ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ޑައުންޕޭމަންޓާއި ފުލް ޕޭމަންޓްގެ ގޮތުގައި ނަގާފައިވާ ކަމަށް ތުހ...

އަލީ އާދިލް
އަނަސްގެ މަރުގެ މައްސަލަ ފަސް މަސް ފަހުން ހައި ކޯޓުން ފަށައިފި

އަނަސްގެ މަރުގެ މައްސަލަ ފަސް މަސް ފަހުން ހައި ކޯޓުން ފަށައިފި

މާލޭގައި ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ދަށު ކޯޓުން ސަލާމަތްވި މައްސަލަ ފަސް މަސް މަހުން ހައި ކޯޓުން މިއަދު ފަށައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. […]

ހުސައިން ހަބީބް
ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް 1.8 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ހުކުމްކޮށްފި

ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް 1.8 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ހުކުމްކޮށްފި

ސިފައިންގެ ވަޒީފާއިން ވަކި ކުރި މީހަކަށް ބަދަލުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ސިފައިންގެ ސާޖަންޓް ފަސްޓް ކްލާސް އަލީ ވަހީދު ނޮވެމްބަރު, 2013 ގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އަދި ވަޒީފާ އަނބުރާ ދިނުމަށް ހުކުމް ކޮށްފައިވާތީ އޭނާއަށް އަލުން ވަޒީފާ ދީފައިވަނީ 2020 ވަނަ އަހަރު އެވެ. މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން […]

ހުސައިން ހަބީބް
ބޮޑުމޮހޮރާގައި ބަނގުރާ ވިއްކާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ބޮޑުމޮހޮރާގައި ބަނގުރާ ވިއްކާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ވ.އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ބޮޑުމޮހޮރާއިން ބަނގުރާ ފުޅިތަކަކާއިއެކު ތިން މީހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ، ވިއްކާކަމުގެ މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސް އަދި ވ.އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ތިން މީހުން ހަތްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ތިން ފިރިހެނުންނެވެ. އޭގެތެރޭގައި ލަންކާ މީހަކު ހިމެނެއެވެ. އެ ތިން މީ...

އިބްރާހިމް ޚަލީލް
"އެމް.އެން.ޔޫ. ފޮތް މައުރަޒު" ސެޕްޓެމްބަރު މަހު ބާއްވަނީ

"އެމް.އެން.ޔޫ. ފޮތް މައުރަޒު" ސެޕްޓެމްބަރު މަހު ބާއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި އަހަރުގެ ސެޕްޓެމްބަރު މަހު “އެމް.އެން.ޔޫ. ފޮތް މައުރަޒު” ބޭއްވުމަށް ނިންމައިފި އެވެ. އެމް.އެން.ޔޫ އިން މަޢުލޫމާތު ދެއްވި ގޮތުގައި މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 14 އަށް، ޔުނިވަރސިޓީގެ މައި މަރުކަޒުގައެވެ. މި މައުރަޒު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. ޤައުމީ ޔުނިވަރސިޓީން ބާއްވާ މި ފޮތް މައުރަޒަކީ ފޮތް އުފައްދާ […]

އިބްރާހިމް އަސްވާޤް
ކާބޯތަކެތި ޑެލިވަރީ ކުރާ ތަނަކުން 4 ބިދޭސީން ހިފަހައްޓައިފި

ކާބޯތަކެތި ޑެލިވަރީ ކުރާ ތަނަކުން 4 ބިދޭސީން ހިފަހައްޓައިފި

ފުޅާދާއިރާއެއްގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނަކުން ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 4 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. އިމިގްރޭޝަނުން މިއަދު ކުރި ޓުވިޓެއްގައި ބުނެފައިވަނީ، މި މައްސަލަ އިމިގްރޭޝަނަށް ރިޕޯޓުކޮށްފައިވަނީ “އިމިގްރޭޝަން ވޮޗް” މެދުވެރިކޮށްކަމަށެވެ. އެ ރިޕޯޓާ ގުޅިގެން އިމިގްރޭޝަނުން އެ ތަން ބަލައި ފާސްކުރުމަށްފަހު، އެތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 4 ބިދޭސީން ވަނީ ހިފަހައްޓާފައެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީނ...

އަލީ އާދިލް
އައިޖީއެމްއެޗްގެ އިހުމާލުން ކުއްޖަކު މަރުވުމުން ދައުލަތުން ބަދަލު ދެނީ

އައިޖީއެމްއެޗްގެ އިހުމާލުން ކުއްޖަކު މަރުވުމުން ދައުލަތުން ބަދަލު ދެނީ

އައިޖީއެމްއެޗުގެ އިހުމާލުން ތުއްތު ދަރިފުޅު މަރުވި މައްސަލައެއްގައި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން ދައުލަތުން ބަދަލު ދޭން ނިންމައިފި އެވެ. ސިިވިލް ކޯޓަށް ދެމަފިރިއަކު މިދިޔަ އަހަރު މައްސަލަ ހުށަހެޅީ އައިޖީއެމްއެޗްގެ އިހުމާލުން އެ މީހުންގެ ދަރިފުޅު މަރުވުމުން މާލީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.  އެކަމަކު، އެ ކޯޓުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ އެ މައްސަލައިގައި ދެ ފަރާތުން ކޯޓުން ބޭރުން  އެއްބަސްވުމަކަށް އައިސްފައި ވާތީ، ދައުވާ ފޯމު ބާތިލްކޮށް، މައްސަލަ ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދެ...

ހުސައިން ހަބީބް
ބޭސިކް ސައިން ލޭންގުއޭޖު ކޯހުގެ ފުރަތަމަ ބުރު ފަށައިފި

ބޭސިކް ސައިން ލޭންގުއޭޖު ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ ބޭސިކް ސައިން ލޭންގުއޭޖު ކޯހުގެ ފުރަތަމަ ބެޗްގެ ކޯސް މިއަދު ފަށައިފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ މި ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތް ބަހުން މުއާމަލާތުކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ފަރުމާ ކޮށްފައިވާ ކޯހެކެވެ. މި ކޯސް ހިންގުމުގެ މަޤްޞަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ […]

ޔުމްނާ ޢަލީ
ފަސް އެމްޑީން ހިމަނައިގެން މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަނީ

ފަސް އެމްޑީން ހިމަނައިގެން މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފައްދައި މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެތަނުގެ ބޯޑުން ފާސްކޮށްފި އެވެ. އެމްއެމްއޭއިން ބައެއް މީޑިއާތަކަށް ބުނެފައި ވަނީ، އެ ބޭންކަކީ ޒަމާނީ، ހެޔޮ ނަތީޖާ ނެރެދޭ މަރުކަޒީ ބޭންކަކަށް ހެދުމަށް އެތަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ގެންނަ އެންމެ ބޮޑު ބަދަލަކީ އެތަނުގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، ފަސް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމެވެ....

ޔުމްނާ ޢަލީ
އެލްޖީއޭގެ އާ ސީއީއޯ އަކަށް ނިމާލް

އެލްޖީއޭގެ އާ ސީއީއޯ އަކަށް ނިމާލް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް މުޙައްމަދު ނިމާލް މިއަދު އައްޔަނުކޮށްފިއެވެ. ނިމާލަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އެ ސަރުކާރުގައި ފަހުން އޭނާ ހުންނެވީ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރަކަށެވެ. މީގެ އިތުރުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުވެސް އޭނާ...

ޔުމްނާ ޢަލީ
ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ރާއްޖޭގައި ހުތުބާ ދެއްވަން ދައުވަތެއް

ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ރާއްޖޭގައި ހުތުބާ ދެއްވަން ދައުވަތެއް

ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ރާއްޖެ ވަޑައިގެން ހުތުބާއެއް ދެއްވުމަށް ދައުވަތު ދެއްވައިފި އެވެ. ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ބުނީ ރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ރާއްޖެ ވަޑައިގެން ރާއްޖޭގެ އިސްލާމީ މަރުކަޒުގައި ހުތުބާއެއ...

ޔުމްނާ ޢަލީ