ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމާލް އަދްވާން ހޮސްޕިޓަލަށް ތެޔޮ ނުލިބި، އެތަނުގައި ފަރުވާ ދެމުންދާ 11 ކުޑަކުދިން މަރުވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވެއްޖެއެވެ. ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުޝާމް އަބޫ ސާފިޔާ އަލްޖަޒީރާއަށް ދެއްވި މަޢުލޫމާތުގައި، ތެލުގެ ދަތިކަމުގެ ސަބަބުން ނާސަރީ އާއި އިންޓެންސިވް ކެއާ ޔުނިޓްތަކުގައި ފަރުވާ ދެމުންދާ 11 ކުއްޖަކު ގަޑިއިރެއްގެ ތެރޭގައި މަރުވުމުގެ ބިރު އޮތް ކަމަށް ވިދާޅުވިއެވެ. އަދި މި ހާލަތުގައި ހ...
އަޙްމަދު ދާއޫދު
ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ރަސްމީ ނޯޓިހެއް ނެރެފިއެވެ. މި ނޯޓިހުގައި ވަނީ، ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ. މީނާ އުޅޭ ތަނަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ، risk@immigration.gov.mv އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. އަރަފާތ...
އަލީ އާދިލް
ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ގުޅުވައި ކުރީގެ ސީޕީ ހުސެން ވަހީދު ދެއްކެވި ވާހަކަ ސީޕީ ޝުޖާޢު ދޮގުކުރަށްވައިފިއެވެ. ހުސެންގެ ވާހަކަ ދޮގުކުރަށްވައި ސީޕީގެ ފަރާތްޕުޅުން ނެރުއްވި ކުރުބަޔާނެއްގައި ވިދާޅުވީ، 18 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ ކުރީގެ ސީޕީ ހުސެން ދައްކަވާފައިވާ ވާހަކައެއްގައި ނޫމަޑި މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރެއްވުމަށް އޭނާ އާއިއެކު ދިޔަކަމަށް ސީޕީ ހުސެން ވިދާޅުވި ވާހަކައަކީ ދޮގެއްކަމަށެވެ. އެއީ ޙަޤީޤަތާއި ޚިލާފް، އެއްވެސް […]
ޔުމްނާ ޢަލީ
މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބިގެން އެސެސްމަންޓް ފޯމު ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދުގެ 14:00 އާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. މި ވިއްސާރާގައި 3 ރަށެއްގެ ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުން […]
ޙުސައިން ޝަހުދީ
މާލެ ސިޓީ ކައުންސިލުން ހިއްސާކުރި މަޢުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގުނު ޚާއްޞަ ރެއިޑެއްގައި މ. ރީތި އޯކިޑްގައި ހުރި ފޯއް ކޮށާ ފެކްޓްރީއެއް ބަންދުކޮށް، އެތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި ފެކްޓްރީއަކީ ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް ވިޔަފާރިއަށް ތައްޔާރުކުރަމުންދިޔަ ތަނެއްކަމަށާއި، އެތަނުގެ ސާފުތާހިރުކަން އިންތިހާއަށް ދަށްކަމަށް ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަން އިން ބުނެފައިވެއެވެ. މިކަން ވަނީ ކަމާބެހޭ އިދާ...
އަލީ އާދިލް
މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ކާށިދޫ މިސްކިތު މުދިމު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ކާށިދޫ މިސްކިތު މުދިމު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ މުދިމުގެ ވަނަވަރު ވެސް އާންމުކޮށްފައެވެ. އެރަށު މުދިމަކީ އުމުރުން 37 އަހަރުގެ ޣާނިމް ސަލީމް (ޝަބްނަމްގެ، ކ. ކާށިދޫ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ. މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. ގައުމީ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ނަރުހެއް ވެސް މަސްތުވާތަކެތި...
ޔުމްނާ ޢަލީ
ކެއްސުމަށް ފަރުވާއެއްގެ ގޮތުގައި ދޭ ދިޔާ ބޭހެއް ކަމަށްވާ ”ކޮފްސީ ސިރަޕް”ގެ ރަށްކާތެރިކަން ކަށަވަރުކުރެވެންދެން ރާއްޖޭގައި ވަގުތީގޮތުން ބޭނުންކުރުން މަނާކޮށްފިއެވެ. މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ، ”ކޮފްސީ ސިރަޕް 100 އެމްއެލް”ގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް އެ...
ޔުމްނާ ޢަލީ
ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރަށްވާނެ ކަމަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެއެވެ. ރައީސް ވިދާޅުވީ، ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށެވެ. އަދި އެއީ ޕްރޮފެޝަ...
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ގދ. ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރުމާކަމަށް ފުލުހުންގެ އިންޓެލެޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެރަށުގައި އިއްޔެ ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށް، އޭނާގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އަލީ ނާސިރު، ފަހާގެ/ގދ. ގައްދޫ (38އ) އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ބަލާ ފާސްކުރިއިރު މަސްތުވާތަކ...
ޔުމްނާ ޢަލީ
ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ހުޅުމާލެއިން ތިން މިލިއަން ރުފިޔާގެ އަގުހުރި ފްލެޓެއް ބައްލަވައިގެންފި އެވެ. ހަލީލް ބައްލަވައިގަތީ 3.1 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ. ސިވިލް ކޯޓުން މި މަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައިވަނީ 1،235 އަކަފޫޓްގެ އެ ފްލެޓްގެ އަގު ހަލީލް އެއްކޮށް ދައްކަވާފައިވާ ކަމަށެވެ. އެހެންކަމުން ފްލެޓް އޭނާ އަށް މިލްކު ވެފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެ ފްލެޓް ހަލީލްގެ ނަމަށް ބަދަލުކުރަން ސިވިލް ކޯޓަށް […]
ހުސައިން ހަބީބް
މަންކީ ޕޮކްސް (އެމްޕޮކްސް) ނުވަތަ މަކުނުވިދުރި އާއި ގުޅިގެން ދުނިޔޭގައި މި ބަލިފެތުރުން މޮނީޓާކޮށް، ރާއްޖޭން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ. ދުނިޔޭގައ ފެތުރެމުންދާ އެމްޕޮކްސްއާއި ގުޅޭގޮތުން އެ އެޖެންސީ މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު އެ އެޖެންސީން އަންނަނީ ބަލީގެ ހާލަތު މޮނީޓާކޮށް ވާން ޖެހޭ ތައްުޔާރީތައް ވަމުން ކަމަށެވެ. މިގޮތުން ރާއްޖެއަށް މި ބަލި އައު،ުގެ ފުރުސަތު އޮތް […]
ޔުމްނާ ޢަލީ
ފުލުހުންގެ ތަރުޖަމާނު އަދި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާންގެ ނަމުގައި ސްކޭމް ކުރާ ފަރާތްތަކުން މެސެޖު ކުރަން ފަށައިފިއެވެ. ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ ހެޑުގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރައްވަމުން އަންނަ ޝިފާން ވަނީ އޭނާގެ ޓުވިޓަރ އެކައުންޓުގައި މިކަމަށް ސަމާލުވުމަށް އެދި ޓުވީޓެއް ކުރައްވާފައެވެ. ޝިފާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ “ސަމާލު! މިއީ އަޅުގަނޑެއް ނޫން. އެއްވެސް މުޢާމަލާތެއް ހިންގެވުމުގެ ކުރިން ނަމްބަރ ޔަޤީންކުރެއްވުން އެދެން” މިފަދައިންނެވެ. މި ސްކޭމް ހި...
އަލީ އާދިލް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ނަރުހަކު މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުވި ނަރުސް ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ. އައިޖީއެމްއެޗުން މިއަދު ހާމަކުރި ގޮތުގައި، އެ ހޮސްޕިޓަލުގެ ދިވެހި އަންހެން ނަރުހަކު މަސްތުވާތަކެތި ބޭނުންކުރިކަމަށް ޝައްކުކުރެވިގެން، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވެއެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ކުރިއަށް ގެންދަމުންދާކަމަށް ހޮސްޕިޓަލުން އަދި ފުލުހުން ވަނީ ޔަޤީންކޮށްދީފަ އެވެ. ރާއްޖޭގެ މައި ހޮސްޕިޓަލް ކަމުގައިވ...
އަލީ އާދިލް
ލޯކަލް ކައުންސިލް ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާޙްގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރަށްވައިފިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އޮންނަގޮތުން ލޯކަލް ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރ...
ޔުމްނާ ޢަލީ
އަމާޒަކީ ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތަޢުލީމީ ތަނަކަށް ހެދުންކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދާ “ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024” ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައެވެ. އެ ރަސްމިއްުޔާތުގައި ވަޒީރު މާރިޔާ ވިދާޅުވީ، ދިވެހި ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް...
ޔުމްނާ ޢަލީ