މިއަދު ޢަމަލުކުރަންފަށާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ގެ ދަށުން އުފައްދަންޖެހޭ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. އާ ޤާނޫނުގެ ދަށުން މިއަދު ގާއިމުކުރެއްވި މި އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހައިތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މ...
ޔުމްނާ ޢަލީ
ރޭ ފަތިހު ސިނަމާލެ ބްރިޖު ލައިޓު ކައިރީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހަކަށް ފަރުވާދެމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ. ރޭ ފަތިހު 05:26 ހާއިރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 21 އަހަރުގެ ފިރިހެނަކަށާއި 19 އަހަރުގެ އަންހެނެއްގެ އިތުރުން 43 އަހަރުގެ ފިރިހެނަކަށެވެ. މީގެތެރެއިން 21 އަހަރުގެ ފިރިހެން މީހާއަށާއި 19 އަހަރުގެ އަންހެން މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ. 43 އަހަރުގެ ފިރިހެން […]
އިބްރާހިމް ޚަލީލް
“އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް” ޕްރޮޖެކްޓް އިފުތިތާހު ކޮށްފިއެވެ. އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓް އިފުތިތާޙްކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެވެ. “އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް” އަކީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީ.ޕީ.އީ)އިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ތަފާތު 3 ގްރާންޓެއް ހިމެނޭހެން ލިބިފައިވާ 9.5 މިލިޔަން ޑޮލަރު (146.5 މިލިޔަން ދިވެހި ރުފިޔާ)ގެ ހިލޭއެހީގެ ދަށުން އެކުލަވާލެވުނު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް...
ޔުމްނާ ޢަލީ
މާލޭގެ މަގުމަތިން ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމަށް ތުހުމަތުވާ އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މާލޭގެ މަގުމަތިން ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާގެ ވަނަވަރު ވެސް ފުލުހުން މިރޭ ވަނީ އާންމުކޮށްފައެވެ. މިގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ، ޝާނާ މުހައްމަދު ޖުނައިދު، ބުރުނީގެ/ގދ.ވާދޫ އެވެ. މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޔުމްނާ ޢަލީ
ސްޕޯޓްސް ފިޝިންއަށް ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްގީކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމް މިހެން ވިދާޅުވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ދިިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިއަށް ގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށާއި އިންޓަރނޭޝ...
ޔުމްނާ ޢަލީ
ރައްޔިތުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިވަޔަޅެއް އަޅުއްވާނެކަމަށާއި، އެކަމަކީ ފަސްޖެހި ދޫކޮށްލަށްވާނެކަމެއް ނޫންކަމަށް ސިއްހަތާބެހޭ ވަޒީރު ޑރ. އަބުދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޚަލީލް މިހެން ވިދާޅުވެފައި ވަނީ، ސިއްހީ ވުޒާރާއާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މާދަމާ ޢަމަލުކުރަން ފަށާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު...
ޔުމްނާ ޢަލީ
މަކަރާއި ހީލަތުގެ މައްސަލައެއްގައި ބަޔަކު ހޯދުމަށް ފުލުހުން އިއުލާންކޮށް، އެ މީހުންގެ ވީޑިއޯ އާންމުކޮށްފިއެވެ. ފުލުހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ މީހުންނަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ބައެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ފިހާރައެއްގެ ތެރ...
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހައި ކޯޓަށް ވަޑައިގަންނަވާތީ ދައުލަތާއި ފަނޑިޔާރުން ސުވާލު އުފެއްދުމުން އެ މައްސަލައިން އޭނާ މިއަދު ވަކިވެވަޑައިގެންފި އެވެ. މަދަނީ މައްސަލައެއްގައި މިއަދު ހައި ކޯޓުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ދެކޮޅަށް ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ސައްތާރަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރެކެވެ. އެކަމާ ގުޅިގެން ފަނޑިޔާރުންގ...
ހުސައިން ހަބީބް
ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންތަކެއް ކާބޯތަކެތި ތައްޔާރުކުރާތަނެއް ބަލާފާސްކޮށް 10 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް “އިމިގްރޭޝަން ވޮޗް” އަށް ލިބުނު މައުލޫމާތާ ގުޅިގެން، ފުލުހުންނާ ގުޅިގެން ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މި ރެއިޑްގައި ބަލާފާސްކޮށްފައި ވަނީ މއ. ތްރީ މޫންސް ގައެވެ. އެތަނުން ގަވާއިދާ ހިލާފަށް މ...
ޔުމްނާ ޢަލީ
ސިނާއީ ރަށް، ކ. ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. މިތަނުގައި ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:36 ގައެވެ. އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ އެތަނުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ. ”ވޯކްޝޮޕުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާވަރަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނަށް ކޮންޓްރޯލްކުރެވުނީ މިއަދު 09:46 ހާއިރު...
ޔުމްނާ ޢަލީ
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކ...
ޔުމްނާ ޢަލީ
ތިލަފުށީގައި ހުންނަ މެރިންޑޯ ވޯކްޝޮޕްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އަލިފާން ރޯވީ މިއަދު ހެނދުނު 8:25 ހާއިރު ކަމަށް އެސަރަހައްދުގައި ހުރި މީހާކު މަޢުލޫމާތު ދީފައިވެއެވެ. މުއްލާ ފިހާރަ ކައިރީ ހުންނަ މެރިންޑޯ ވޯކްޝޮޕަކީ ވެލްޑިންގގެ މަސައްކަތް ކުރަމުންދާ ތަނެއް ކަމަށާއި، އެތަނުގައި ޓަޔަރު އަދި ކެމިކަލް ގުދަންކޮށްފައި ހުންނަ ސަރަހައްދެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އަލިފާންގަނޑު އެ ސަރަހައްދުގައި ހުރި އިތުރު ގުދަންތަކަށްވެސް ފެތުރެމުންދާ ކަމަށް ބުނެވެއެވެ. އެސަހައްދުގައި ހުރި 4 ގުދަަނަކަށް...
އަލީ އާދިލް
ރާއްޖޭގެ ރިޒާވްއާ ބެހޭ ގޮތުން މީޑިއާގައި ފެތުރެމުންދާ ދޮގު މަޢުލޫމާތުތަކާ ގުޅިގެން ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “އަދަދު” ނޫހުގައި “ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!” މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރެއް ކަމަށެވެ. އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ ރިޒާވްގެ މަޢުލޫމާތު މި...
އަލީ އާދިލް
ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވް މުޅިން ހުސްވެފައިވާކަމަށް ދެކެވޭ ވާހަކަތައް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ދޮގުކުރައްވައިފިއެވެ. މިއަދު އަދަދު ނޫހުން “ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!” މި ސުރުހީގެ ދަށުން ޝާއިޢުކުރި ޚަބަރަކާ ގުޅިގެން ވަޒީރު ވަނީ ޓުވިޓަރގައި މި ވާހަކަތައް ދޮގުކުރައްވާފައެވެ. ވަޒީރު ވިދާޅުވެފައިވަނީ މި ޚަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް، ކަނޑައެޅިގެން ބުހުތާނު ދޮގު ޚަބަރެއް ކަމަށެވެ. “ބޭނުންކުރެވޭ ޑޮލަރު ރިޒާވް ހުސްވެ...
އަލީ އާދިލް
މޯލްޑިވްސް އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގެ ފޮޓޯ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ސައްހަ ފޮޓޯއެއް ނޫންކަމަށް އެ އިދާރާއިން ބުނެފިއެވެ. ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން ބުޅާ މަސް ބޭނުންކޮށްގެން ތައްޔާރުކުރާ ތަކެތި ވިއްކަން ބަހައްޓާ ފިހާރަތަކެއްކަމަށް ބުނެ، އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްކަމަށް ދޭހަވާގޮތަށް ފިހާރަތަކެއް ލިސްޓެއް ފެންނަ ފޮޓޯއެއް މިއަދު ވަ...
ޔުމްނާ ޢަލީ