ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތަހްގީގުނިންމައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން މިއަދު ބުނީ ޕީޖީ ޝަމީމަށް ޙަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު 7 މީހުންގެ މައްސަލަ ތަޙުޤީޤު ނިންމައި ދަޢުވާކޮށްދިނުމަށް އެދި މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ 31 ޖެނުއަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާގެ ސަބަބުން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓ...
ޔުމްނާ ޢަލީ
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ލައިވްކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އޮތީ އަންގައިފަ އެވެ. އެ މައްސަލާގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ […]
ހުސައިން ހަބީބް
ރޭ ކުދި ވިއްސާރާގައި ބޮޑުތިލަދުންމަތީގެ ހަތަރު ރަށެއްގައި ފެންބޮޑުވެ ގެތަކަށް ފެންވަނުމުގެ ހާދިސާ ހިނގާފައިވާ ކަމުގައި ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ. އެ އޮތޯރިޓީން ބުނީ ރޭ ކުރި ވިއްސާރާގައި ހއ. ހޯރަފުށީގެ 2 ގެއަކަށް، ހދ ކުޅުދުއްފުށީގެ 57 ގެއަކަށް، ށ.ފީވަކުގެ 5 ގެއަކަށް އަދި ށ.ނޫމަރާގެ 5 ގެއަކަށް ފެން ވަދެ އެކިވަރިގެ ގެއްލުންތައް ވެފައިވާ ކަމަށާއި، ކުޅުދުއްފުށީގެ 3 ގެއަކުން މީހުން ބަދަލު ކޮށްފައިވާ ކަމަށެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހި […]
އިބްރާހިމް ޚަލީލް
ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. މި ބޯޓު އޮޔާދަނީ ހއ.ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ބޯޓަކީ އިންޖީން މައްސަލައެއް ޖެހުމުގެ ސަބަބުން އޭގެ ފަޅުވެރިން ދޫކޮށްލާފައިވާ މަސްބޯޓެކެވެ. ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށްވާތީ މި ބޯޓް، އޮޔާއެކު ދިވެހިރާއްޖެއަށް ކައިރިވާނެކަމަށް އެމްއެންޑީއެފު...
ޔުމްނާ ޢަލީ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ޞިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ. މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި އެންޑީއެމްއޭގެ ފަރާތުން އެމްއެންޑީއެފަށް ޞިއްޙީ ސާމާނު ހަދިޔާކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް، އާއިޝަތު ޞަފޫރާއެވެ. އަދި އެމްއެންޑީއެފުގެ ފަރާތުން މި ސާމާނާ ހަވާލުވެލެއްވީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސަރޖަން ޖެނެރަލް، ބްރިގޭޑިއަރ ޖ...
އަލީ އާދިލް
މިރޭ ދަންވަރު 1 ޖަހަންދެން ރާއްޖޭގެ އުތުރު އަތޮޅުތަކަށް ރީންދޫ ސަމާލު ނެރެފި އެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ނެރުނު މި އިންޒާރުގައި ވިދާޅުވެފައިވަނީ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި ގަދަ ވައި ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ. މި އިންޒާރު ދެމިއޮންނާނީ މިރޭ 8:15 އިން ފެށިގެން މިރޭ ދަންވަރު 1:00 އާ […]
އަލީ އާދިލް
މޯލްޑިވްސް ކަސްޓަމްގައި ރަޖިސްޓްރީ ނުކުރާ ފްރައިޓް ފޯވާރޑިން ކުންފުނިތަކަށް ތަކަށް ޚިދުމަތް ދިނުން ހުއްޓާލަން އެކުންފުނިން ނިންމައިފި އެވެ. ކަސްޓަމްސް ސަރވިސްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްގައި ރަޖިސްޓްރީ ނުކުރާ ފްރައިޓް ފޯވާޑިންތަކަށް ޚިދުމަތް ދިނުން ހުއްޓާލާނެކަމަށެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި، ފްރައިޓް ފޯވާޑަރެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން “އެޕްލިކޭޝަން ފޯ ރެޖިސްޓްރޭޝަން އެންޑް ކެންސަލޭޝަން” ފޯމު (...
އަލީ އާދިލް
ކަންނެލި މަސްވެރި ކަމަަށް ލޭނު އެޅުމަށް ހުއްދަ ދިނުމާއި ދެކޮޅަށް މަސްވެރިންނާއި ޖަމިއްޔާތަކުން މުޒާހަރާއަށް ނުކުންނަށް ނިންމާފައިވާކަމަށް ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ. ބީކޭއެމްޔޫއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކަންނެލި މަސްވެރި ކަމަަށް ލޭނު އެޅުމަށް ހުއްދަ ދިނުމާއި ދެކޮޅަށް މަސްވެރިންނާއި ޖަމިއްޔާތަކުން މުޒާހަރާއަށް ނިކުންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި އިހުތިޖާޖު އޮންނާނެ ވަކި ދުވަހެއް އެ ޖަމިއްޔާއިން އަދި ހާމައެއް ނުކުރެއެވެ. މަސްވެރިކަމާބެހޭ...
ޔުމްނާ ޢަލީ
ކޮވިޑް-19 ގެ ދުވަސްވަރު އުފެއްދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) ގެ މެމްބަރުކަން ކަމާއި، އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރގެ މަޤާމު އަދާކުރި ޑރ. އަލީ އަބްދުﷲ ލަތީފް (މ. ގައްދަޑުގެ، ކ.މާލެ) އަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ. އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޑރ. އަލީ އަބްދުﷲ ލަތީފް ގެ މައްޗަށް ޓެކުހަށް މަކަރު ހެދުމާއި، މަނީލޯންޑަރިންގ އަދި ކޮރަޕްޝަންގެ ތުހުމަތުތައް ހިމެނޭކަމަށެވެ. ކޮމިޝަނުން […]
އަލީ އާދިލް
ކޮވިޑް-19 ގެ ދުވަސްވަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ލެބޯޓަރީގައި ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ބޭނުންކުރި “ރީއެޖެންޓްސް” އާ ގުޅޭ މައްސަލައެއްގައި އެ ހޮސްޕިޓަލުގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. އޭސިސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި މި 3 މީހުންގެ މައްޗަށް ދަޢުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ. އަމިއްލަ މަޞްލަޙަތު ހި...
އަލީ އާދިލް
ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަންބަރަކުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފި އެވެ. މިކަމާ ގުޅޭގޮތުން ކަމާގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށް އެ ވުޒާރާއިން ބުނެފައިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އަދި ސިފައިންގެ އިސްވެރިންގެ އިތުރު...
އަލީ އާދިލް
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ މަޤްޞަދުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދިޔަ “ފަލަސްޠީނާއެކު ދިވެހީން” ޓެލެތޯނުން ޖަމާކުރެވުނު ފަންޑު މުޅިން އެއްކޮށް، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) ގެ އެކައުންޓަށް ދިވެހި ސަރުކާރުން އިއްޔެ ޖަމާކޮށްދީފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރި ގޮތުގައި، ޓެލެތޯނުން ލިބުނު މުޅި ފަންޑު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދ...
އިބްރާހިމް އަސްވާޤް
ބިދޭސީންނާ ގުޅޭ ފީތައް ބަލްކްކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބުނެފިއެވެ. ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި ‘ އެކްސްޕެޓް ސިސްޓަމް’ ބޭނުންކުރާ އެހެނިހެން ފަރާތްތަކާއެކު މިއަދު އެ ވުޒާރާއިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކޯޓާ ފީ، ވަރކް ވިޒާ ފީ ހިމެނޭހެން ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުން ވަޒީފާދޭ ފަރާތްތަކުން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއ...
ޔުމްނާ ޢަލީ
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 139 ފަރާތަކަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާގެ ކައުންސެލިންގް ޑިޕާޓްމަންޓުން ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި 139 ކްލައިންޓުންނަށް ކައުންސިލިންގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން ކައުންސެލިން، ޕޭރެންޓިން ސައިކޮސޯޝަލް ސަޕޯޓު ހިމެނޭހެން ޖުމްލަ 431 ސެޝަން ނަގައިދީފައިވާނެ ކަމަށް އެ ވުޒާ...
ޔުމްނާ ޢަލީ
ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނު ކޮށްފައި ވަނިކޮށް އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން އޭނާ ހޯދައި މިހާރު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފުލުހުން...
ޔުމްނާ ޢަލީ