ޤައުމު މިހާލަތަށް ދިޔައީ މިދިޔަ އެމްޑީޕީގެ ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕުކޮށް ލޯނު ނެގުމުގެ ސަބަބުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިހާރު ކުރިއަށް ގެންދާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ގައުމު ވެއްޓިފައިވާ އިޤްތިޞާދީ ވަޅުގަނޑުގެ ފުންމިން އެނގެންފެށީ ސަރުކާރާއި ހަވާލުވެ، އެކަން ރަނގަޅުކުރަން މަސައްކަތްކުރަން ފެއްޓެވެމުން ކަމަށެވެ. ޤައ...
ޔުމްނާ ޢަލީ
ޤައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމަވާފައި ވަނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލަ...
ޔުމްނާ ޢަލީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހިންގަމުންދާ އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން އިތުރު 157 އިމާމުންނަށް ސެޓްފިކެޓު ދީފިއެވެ. މި ސެޓްފިކެޓު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނީ އޮންލައިންކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައެވެ. މި ފަހަރު ސެޓްފިކެޓު ދެވުނީ މި ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވި ވ. އަދި މ. އަތޮޅުގެ އިމާމުންނަށެވެ. މިހާތަނަށް މި ޕްރޮގްރާމުގައި ބައިވެރިވެ ސެޓްފިކެޓު ޙާޞިލްކޮށްފައިވަނީ ޖުމްލަ 157 އިމާމުންނެވެ. އިމާމުން ތަމްރީނުކުރުން ނުވަތަ ތާޒާކުރުމުގެ ޤައުމީ...
އަލީ އާދިލް
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް އަންނަ ސެޕްޓެމްބަރު 12 ގައި ތައްޔާރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ހާމަކުރުމަށް ސަރުކާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އިހަވަންދިއްޕ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން މަޢުލޫމާތު ދީފިއެވެ. ޕީއެންސީ އިން ސޯޝަލް މީޑިއާގައި ޙިއްޞާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ޕާޓީގެ ރަސްމީ ޖަގަހަ ކަމުގައިވާ ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތި)ގައި މިރޭ 20:00 ގައެވެ. މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ […]
އަލީ އާދިލް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕަރސަން އަރޫނީ ގޫނަތިލަކަ އަދި ސީ.އީ.އޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ވެރިން ވަނީ މާލީ ދާއިރާގައި އެބޭފުޅުންގެ ހުރި ތަޖުރިބާގެ ބޭނުންކޮށްގެން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ ސިންދަފާތު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރައީސް އާއި މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބު...
ޔުމްނާ ޢަލީ
ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި އަންހެނަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނެއް ކޮށްފިއެވެ. މި އިޢުލާނުގައި ހާމަކޮށްފައިވާ ގޮތުގައި، ތަޙްޤީޤަށް ހާޒިރުކުރަން ބޭނުންވަނީ ގދ. ގައްދޫ، ދިލާވަރުގޭ، ޝަފުރާ ޢަބްދުﷲ އާދަމް (25 އަހަރު) އެވެ. ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ ތަޙްޤީޤަކާ ގުޅިގެން، ޝަފުރާއަށް ހާޒިރުވުމަށް އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. މި ބައްދަލުވުން އޮންނާނީ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ ގައްދޫ ޕޮލިސް ސްޓޭޝަނުގައި ކ...
އަލީ އާދިލް
މާލޭގައި ނުސާފުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ އިތުރު ތަނެއް ރެއިޑްކޮށް، އެތަނުން 15 ބިދޭސީއަކު މިއަދު ހިފަހައްޓައިފިއެވެ. އިމިގްރޭޝަނުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ސާފުތާހިރުކަމެއް ނެތި، ގަވާއިދާ ޚިލާފަށް ބިދޭސީންތަކެއް ރާއްޖޭގައި ހިންގަމުންދާ ވިޔަފާރިއަކާ ގުޅޭ މަޢުލޫމާތު ޓާސްކް ފޯސްއަށް ލިބުމާ ގުޅިގެން ހ. ބިއަންކާގެ ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި އެ ގޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަ...
އިބްރާހިމް އަސްވާޤް
ދިވެހި ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ. މި ބަނގުރަލަކީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާއެވެ. ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ ފުލުހުންނަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރ...
އަލީ އާދިލް
ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް ގެންނަންފެންނަ ބަދަލުތައް ދެނެގަތުމަށް ހެދި ފުރަތަމަ ދިރާސާ މިއަދު އާންމުކޮށްފިއެވެ. މި ދިރާސާ ހަދާފައި ވަނީ ޤައުމީ ޔުނިވާސިޓ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިންނެވެ. ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތަކަކީ ކޮބައިކަން ދެނެގަތުމަށް ޓަކައި އެމްއެންޔޫއިން ހެދި މި ދިރާސާ މިއަދު އާންމުކޮށްފައި ވަނީ، އެ ދިރާސާ ހެދި ޓީމްގައި ހިމެނިވަޑައިގެންނަވައި 8 ބޭފުޅުންގެ ޕްރެޒެންޓޭޝަނާ އެކުގައެވެ. މި ދިރާސާ ހަދާފައި ވަނީ އެމްއެންޔޫގެ ފަރާތުން ރާއްޖޭގެ ކަ...
ޙުސައިން ޝަހުދީ
މާލޭގެ މ. ކަނީރުވިލާގައި ހުންނަ ރިއޯލޯ އޮފީހުން ވައްކަންކޮށްފައިވާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އޯގަސްޓް 22 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން، ވަގަށް ނެގި ތަކެތި ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދައި އަދި ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ރިއޯލޯ އޮފީހުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 2 […]
އަލީ އާދިލް
މާލޭ ނޯތު ހާބަރުގައި އޮތް އުޅަނދަކުން ވަގަށް ނަގާފައިވާ ރިހާކުރު ޓައްޕުތަކެއް ފުލުހުން ހޯދައިފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، އޯގަސްޓް 23 ވަނަ ދުވަހު ނޯތު ހާބަރުގައި އޮތް އުޅަނދަކުން ރިހާކުރު ޓައްޕުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންގެ އިދާރާއަށް ރިޕޯޓުކުރެވުނެވެ. މި މައްސަލަ ރިޕޯޓުކުރެވުމާ ގުޅިގެން ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖް ބަލައި ތަޙުޤީޤުކޮށްފައެވެ. ފުލުހުންގެ މަސައްކަތުން ވަގަށްނެގި ރިހާކުރު ފޮށިތައް ފެނިފައިވަނީ މީހެއްގެ ގެއެއްގެ ތެރެއިން، ވިއްކާލުމަށް ފޮރުވާފައި ހ...
އިބްރާހިމް އަސްވާޤް
ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދައްކާގޮތަށް ހަމަޖައްސަން މަސައްކަތްކުރަމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ހާމަކުރުމަށް ސަރުކާރުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި މާލީ ވަޒީރު މުޙަ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ސްޓޭޓް އަދި ނައިބު ވަޒީރުންނަށް އަމާޒުކޮށްގެން ”މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް” ޕްރޮގްރާމް އިފްތިތާޙްކުރަން ތައްޔާރުވެއްޖެއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މިއީ ރާއްޖެއާއި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއިއެކު ސޮއިކޮށްފައިވާ “އެކްސްޕީރިއެންސް އެކްސްޗޭންޖް އޮން ގަވަރންމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަން” ފަހުމްނާމާގެ ދަށުން ކުރިއަށް ގެންދާ ތަމްރީނާ ތަޖުރިބާ ބަދަލު ކުރުމުގެ ޕްރޮގްރާމެއްކަމަށެވެ. އަންނަ އަންގާރަ ދުވަހު ފަށަން ނިންމާފައިވާ މި ޕްރޮގްރާމް ކުރިއަށްގެން...
ޔުމްނާ ޢަލީ
ޑެބިޓް ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށާއި މިހާރު ހުރި ކްރެޑިޓް ކާޑުތަކުގެ ލިމިޓު ކުޑަކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނިންމި ނިންމުން ބަދަލު ކުރުމަށް ލަފާ ދެއްވީ އެ ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ. ބީއެމްއެލްއިން މިއަދު ވަނީ ޑެބިޓް ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށާއި މިހާރު ހުރި ކްރެޑިޓް ކާޑުތަކުގެ ލިމިޓު ކުޑަކުރުމަށް ނިންމާފައެވެ. ނ...
އަލީ އާދިލް