މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭގައި ހުންނަ މަސްޖިދު ޒައިދުބިން ޘާބިތް (ހުޅުމާލެ ސަހަރާ މިސްކިތް) ގައި 4 މީހެއްގެ ޖަނާޒާ އޮންނާނެއެވެ. ނިޔާވެފައިވާ މީހުންނަކީ: – ހއ. ދިއްދޫ / ހަލަވެލި، ޙައްވާ ޢަލީ (81 އަހަރު) – ޅ. ހިންނަވަރު / ހަބަރުމާގެ، މުޙައްމަދު ޢަބްދުއްރަހްމާން (73 އަހަރު) – ނ. ކެނދިކުޅުދޫ، ޢުމަރު ޢަލީ (70 އަހަރު) – ކ. ހިންމަފުށި / ސަންޝައިން، މައުމޫނާ ޢަލީ (59 އަހަރު) މަރުޙޫމުންގެ އާއިލާއިން ވަނީ […]
އަލީ އާދިލް
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ވައްކަންކޮށް، ވަގަށްނަގާފައިވާ ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް ފުލުހުންގެ މަސައްކަތުން ހޯދައިފިއެވެ. ފުލުހުން މިރޭ ބުނީ، އެ ސްކޫލުން ވައްކަންކޮށްފައިވާކަމުގެ މައުލޫމާތު ރޭ އެ އިދާރާއަށް ލިބިފަައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އެތަކެތި ހޯދުމަށް ސީސީޓީވީ ފުޓޭޖްތައް ބަލާފައެވެ. މިގޮތުން ފުލުހުންގެ މަސައްކަތުން އެ ސްކޫލުން ވަގަށްނަގާފައިވާ ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް މިރޭ ވަނީ ހޯދާފައެވެ. މި މިމައްސަލާގައި އަދި މީހަކު ހައްޔަރެއް ނު...
ޔުމްނާ ޢަލީ
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް، 257 ތަނަކަށް ރެއިޑްކޮށް 3،322 ބިދޭސީން ފުރުވާލެވިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ. އިމިގްރޭޝަނުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން މިހާތަނަށް 257 ތަނަކަށް ރެއިޑްކޮށްފައިވެއެވެ. މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން ފަށާފައިވާ ބޮޑު އޮޕަރޭޝަނެއްގެ ދަށުން ކުރެވުނު މަސައްކަތްތަކެކެވެ. މި އޮޕަރޭޝަންގެ ދަށ...
އަލީ އާދިލް
އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮއްފިއެވެ. މި އެއްބަސްވުމަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) ގުޅިގެން މި ޕްރޮގްރާމްތައް ހިންގުމަށް ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ...
ޔުމްނާ ޢަލީ
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 4 ބިދޭސީން ރާއްޖެއިން ބޭރުކޮށްލައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިމަޢުލޫމާތު ހާމަކުރަމުން ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ވަނީ ޚާއްޞަ އިންސްޕެކްޝަނެއް ހިންގާފަކަމަށެވެ. މި އިންސްޕެކްޝަނުގައި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލްވާ ބިދޭސީ 3 އަންހެނުންނާއި އެމީހުންގެ އޭޖެންޓުގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ ފިރ...
އަލީ އާދިލް
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 9.86 މިލިއަން ރުފިޔާގެ (މަގުމަތީ އަގު) މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފައިވާކަމަށް މަޢުލޫމާތު ދީފިއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 0.680 ކިލޯގެ ކެތިނޯނާއި، 10.20 ކިލޯގެ ކެނެބިސް އަދި 0.740 ކިލޯގެ ހެރޮއިން ހިމެނެއެވެ. މިއީ ޖުމްލަ 11.62 ކިލޯގެ މަސްތުވާތަކެއްޗެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މަޢުލޫމާތެއް އަދި މިއީ ކޮން ގައުމަކުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗެއް...
އަލީ އާދިލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިޔާޟް މެދުވެރިވެގެން 14 މިލިއަން ރުފިޔާގެ މުއާމަލާތެއް ހިންގާފައިވާކަމަށް ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ފްރަންޓް އޮފީސް ޖަލްސާގައި ރޭގައި ދެއްކި ވާހަކަ ރިޔާޟް ދޮގުކުރަށްވައިފިއެވެ. ޕީއެންއެފް ޖަލްސާގައި އަހްމަދު ފަޔާޒް (ޕާޕާ) ދެއްކި މިވާހަކައާއި ގުޅުވައި، ރިޔާޟް އެކްސްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. 2023 ރިޔާސީ އިންތިޚާބުގެ 2 ވަނަބުރުގެކުރިން ސިޔާސީ އެއްވެސްކަމެއްގައި ރައީސް ޑރ. މުއިއް...
ޔުމްނާ ޢަލީ
ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް މިއަދު އޭނާ ހާޒިރުވެ ވަޑައިނުގަތުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ. މެއި، 2022 ގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް މީހުން ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް...
ހުސައިން ހަބީބް
ކޯންފްލެކްސް ފޮއްޓެއްގައި ފޮރުވައިގެން ޑޮލަރު ބޭރުކުރަން އުޅުނު ބަންގްލަދޭޝް މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، މައްސަލަ ތަހްގީގުކުރަން ފަށައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުން 81،030 އެމެރިކާ ޑޮލަރު ހޯދައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފެހެއްޓީ 25 އޯގަސްޓް 2024 ގައެވެ. ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ބަންދުގައި ބަހައްޓަން 15 ދުވަސް ދީފައިވާ ކަމަ...
ޔުމްނާ ޢަލީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު، މި މަގާމަށް އެދޭ ފޯމާއިއެކު ހުށަހަޅަން ޖެހެއެވެ. ފޯމް ހުށަހެޅޭނީ އަންނަ ސެޕްޓެމްބަރ މަހުގެ 10 އަދި 11 […]
އިބްރާހިމް ޚަލީލް
ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ. ރާއްޖޭގައި އުޅޭ ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރޭގައިތޯއާއި، އެމީހުން ވިޔަފާރިކުރަމުން ދަނީ ޤާނޫނީ އިމުގެ ތެރެއިންތޯބަލައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މިހާތަަނަށް ޤަވާޢިދުން ބޭރުން ވިޔަފާރިކުރާ އެތައްތަނެއް ބަލާފާސްކޮށް، ޤަވާޢީދުން ބޭރުން އުޅޭ ގިނަ އ...
ޔުމްނާ ޢަލީ
ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ އާދީއްތަ ދުވަހު އެ ބޭންކުން ނިންމާފައިވާ ނިންމުންތަކުގެ ފަހަތުގައި އޮތީ އިދިކޮޅު އެމްޑީޕީކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ރޭ ތުހުމަތުކުރަށްވައިފިއެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އާދީއްތަ ދުވަހު ގެންނަން އުޅުނީ މާލީ ބަޣާވާތެކެވެ. ގައުމީ ބޭންކުން ދިވެހި […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުމދެ ދުވަހުގެ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަން ރޭ ފުރައިވަޑައިގަންނަވަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ. ރޭ ސިންގަޕޯ...
ޔުމްނާ ޢަލީ
އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ މާތްﷲ އަށް ޓަކައި ކަމަށާއި، މި ވެރިކަމަކީ ރައްޔިތުން މެދުވެރިކޮށް މާތްﷲ އެމަނިކުފާނާއި ހަވާލުކުރަށްވާފައިވާ ވަރުގަދަ އަމާނެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރި ޒިންމާ ދެކެނީ ވަރަށް ބޮޑު އަމާނާތެއްގެ ގޮތުގައި ކަމަށެވެ. ”އަޅުގަނޑ...
ޔުމްނާ ޢަލީ
ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ އިއްޔެ ނިންމާފައިވާ ނިންމުންތަކުގެ ފަހަތުގައި ވަނީ ”ބަޣާވާތެއް” ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ސިފަކުރަށްވައިފިއެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިހާރު ކުރިއަށް ގެންދާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުގެ ދައުރު ފެށުނުތަނާހެން އެމްޑީޕީން އިސްވެ އޮވެ ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބުކޮށްލެވިފައިވާކަމަށް ވިދާޅުވެފައެވެ. އެއަށްފ...
ޔުމްނާ ޢަލީ