މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 350 ވަނަ ޞަފްޙާ

ތަސްލީމް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ތަސްލީމް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ގެއްލިގެން ހޯދަމުންއަން، މ. އަސަރީ ހަނދާން ގޭގެ ތަސްލީމް މުހައްމަދު (43 އަހަރު) ހޯދަން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އޭނާ ގެއްލުނީ މޫދަށް ކަމަށް ކަށަވަރު ނުވެއެވެ. އެމްއެންޑީއެފުން މިއަދު ބުނެފައިވަނީ، ތަސްލީމް ގެއްލުނު ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފިނޮޅުގެ ވަށައިގެން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެގޮތުން އެ ފިނޮޅު ވަށައިގެން 5،000 އަކަފޫޓުގ...

އަލީ އާދިލް
ޚަޠީބުން ތަމްރީން ކުރުމުގެ ދެވަނަ ޕްރޮގްރާމްގައި 209 ޒުވާނުން ސަނަދު ހާސިލްކޮށްފި

ޚަޠީބުން ތަމްރީން ކުރުމުގެ ދެވަނަ ޕްރޮގްރާމްގައި 209 ޒުވާނުން ސަނަދު ހާސިލްކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާނުން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި 209 ޒުވާނަކު ޚަޠީބުކަމުގެ ސަނަދު ހާސިލްކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޙާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަދު ލަޠީފް، ސްޓޭޓު މިނިސްޓަރ ޑރ. މޫސާ އަންވަރު އަދި ދިވެހިރާއްޖޭގެ...

އަލީ އާދިލް
ފެހުރިހި ހިމާޔަތްކުރުމާއި ގުޅޭ ގައިޑްލައިނެއް ނެރެފި

ފެހުރިހި ހިމާޔަތްކުރުމާއި ގުޅޭ ގައިޑްލައިނެއް ނެރެފި

ފެހުރިހި ހިމާޔާތް ކުރުމާއި އެތަކެތި އުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމާއި ގުޅޭ ހާއްސަ ގައިޑްލައިނެއް ނެރެފިއެވެ. ކޮންމެ އަހަރެއްގެ ވެސް 30 އޯގަސްޓް އަކީ ބައިނަލް އަޤްވާމީ ފެހުރިހި ހިމާޔަތްކުރުމުގެ ދުވަހެވެ. ރާއްޖޭގައި މި ދުވަސް މި އަހަރު ފާހަގަކުރަމުން ގެންދަނީ އަރިއަތޮޅު އުތުރުބުރީ ދިގުރަށުގައެވެ. އެރަށުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ފެހުރިހި ހިމާޔާތް ކުރުމާއި އެތަކެތި އުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމާއި ގުޅޭ ހާއްސަ ގައިޑްލައިން ނެރެދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު...

ޔުމްނާ ޢަލީ
އަތުހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި

އަތުހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރުދެއްކުމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު (32) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އަތުހަރުގެ ލޯބިވެރިޔާ ކަރުގައި ވަޅިޖައްސައި ރަހީނުކޮށް ސައިކަލުގައި ފިލަން މަސައްކަތް ކުރަނިކޮށް، އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ބޮލުގައި މުގުރުން ޖެހުމުން އޭނާއަށް ލިބުނު އަނިޔާއަށް ބުރާސްފަތި ދުވަހުގެ ރޭ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުން...

އިބްރާހިމް ޚަލީލް
ކަރަންޓްގެ ހާލަތު ދަށް 15 ރަށެއްގެ ނެޓްވޯކް އަޕްގްރޭޑުކުރަން ފަށަނީ

ކަރަންޓްގެ ހާލަތު ދަށް 15 ރަށެއްގެ ނެޓްވޯކް އަޕްގްރޭޑުކުރަން ފަށަނީ

ކަރަންޓްގެ ހާލަތު އެންމެ ދަށް 15 ރަށުގެ ނެޓްވޯކް އަޕްގްރޭޑުކުރަން ފަށަން ތައްޔާރުވަމުން އަންނަކަމަށް ފެނަކައިން ބުނެފިއެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު، ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ދެއްކެވި ވާހަކާގައި ވިދާޅުވީ، އިންޖީނުގެތަކުގެ ހާލަތު ދަށްވެފައިވަނީ ބަރާބަރަށް މެއިންޓެއިނެންސްގެ މަސައްކަތްކޮށްފައިނެތުމުން ކަމަށެވެ. އެހެންކަމުން ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކާ ރަށްރަށުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭ...

ޔުމްނާ ޢަލީ
އަތުހަރަށް އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ލަފާދީފައެއްނުވޭ: ފުލުހުން

އަތުހަރަށް އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ލަފާދީފައެއްނުވޭ: ފުލުހުން

މާލޭގައި އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރަށް އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ލަފާދީފައެއްނުވާކަމަށް ފުލުހުން ބުނެފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަތުހަރުގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި، ރަހީނު ކުރުމުން އަންހެންމީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރޭގައި އަހުތަރަށް އަނިޔާވެގެން އެރޭ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަރުވާދީފައެވެ. އޭޑީކޭގައި ފަރުވާދިނުމަށްފަހު އޭނާ ދޫކޮށް...

ޔުމްނާ ޢަލީ
ފިނޮޅަކަށް ދަތުރުދިޔަ މީހަކު ގެއްލިގެން ހޯދަނީ

ފިނޮޅަކަށް ދަތުރުދިޔަ މީހަކު ގެއްލިގެން ހޯދަނީ

ފިނޮޅަކަށް ދަތުރުދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ދާދި ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އިއްޔެ ދަތުރު ގޮސް އުޅުނު މާލެ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން އަންނަ ކަމަށެވެ. ތަސްލީމްގެ އާއިލާއިން ވެސް ވަނީ ސޯޝަލް މީޑިއާގައި އޭނާ ގެއްލިގެން ހޯދަމުންދާކަމަށް ބުނެ ޕޯސްޓް ކޮށްފައެވެ. އާއިލާއިން ބުނީ ހުވަފެންފުށި ކައިރި އޮންނަ […]

އިބްރާހިމް ޚަލީލް
ހިތްނިޔަތް ސާފު، ޔާމީންގެ ހައްގުގައި އަމަލީގޮތުންނާއި މާލީގޮތުން ވެސް އެހީތެރިވިން: ރައީސް

ހިތްނިޔަތް ސާފު، ޔާމީންގެ ހައްގުގައި އަމަލީގޮތުންނާއި މާލީގޮތުން ވެސް އެހީތެރިވިން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ރައީސް ޔާމީންގެ ހައްގުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްގައި އަމަލީގޮތުންނާއި މާލީގެ ގޮތުންވެސް އެހީތެރިވެދެއްވިކަމަށާއި، އެމަސައްކަތްކުރެއްވީ ހިތްނިޔަތް ސާފުކަމާއެކުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އަމިއްލަ ޓީވީ ޗެނެލްއެއްކަމަށްވާ ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް އެމްޑިޕީގެ ސަރުކާރުން ދައުވާއުފުލައިކަންކަން ފެށި ހިސާބުން ފެށިގެން ވެސް އެމަނިކުފާނު ހުންނެވީ...

ޔުމްނާ ޢަލީ
ކޮންމެ ހުކުރަކު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުމެއް ބާއްވަނީ

ކޮންމެ ހުކުރަކު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުމެއް ބާއްވަނީ

ކޮންމެ ހުކުރު ދުވަހެއްގެ އިޝާ ނަމާދަށްފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބާއްވަން ނިންމައިފި އެވެ. މިކަން އިޢުލާންކުރައްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއީ ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ފައްޓަވާ ކަމެއް ކަމަށެވެ. މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މި ތިލާވަތު […]

އަލީ އާދިލް
ސީއެސްސީގެ ޗާޓަރ ޤާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފި

ސީއެސްސީގެ ޗާޓަރ ޤާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފި

ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ގާއިމުކުރާ، ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވް (ސީއެސްސީ)ގެ މެންބަރު ގައުމުތަކުން ސީއެސްސީގެ ޗާޓަރާއި، ސެކްރެޓޭރިއެޓް ޤާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މި ރަސްމިއްޔާތު އޮތީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ ސިޓީގައެވެ. ސީ.އެސް.ސީގެ އަސާސީ މަޤްޞަދަކީ ބައިނަލްއަޤްވާމީ ގޮތެއްގައި މެންބަރު ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ. މެންބަރު ޤައުމުތަކުގެ ފަރާތުން...

ޔުމްނާ ޢަލީ
ރޭ ފެނުނީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން، ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް: ސީޕީ

ރޭ ފެނުނީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން، ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް: ސީޕީ

ރޭ ހިނގި ރަހީނުކުރި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޢަލީ ޝުޖާޢު ވިދާޅުވެއްޖެ އެވެ. ސީޕީ މިހެން ވިދާޅުވީ، ރޭ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު މިއަދު ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވެވި މި ބައްދަލުވުމުގައ...

އަލީ އާދިލް
އިންޑިޔާއަށް ފުރަން އުޅުނު މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފި

އިންޑިޔާއަށް ފުރަން އުޅުނު މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިޔާއަށް ފުރަން އުޅުނު މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިގެން އޭވިއޭޝަން ސެކިއުރިޓީން އަތުލައިގަނެފި އެވެ. އޭވިއޭޝަން ސެކިއުރިޓީން މަޢުލޫމާޔު ދެއްވި ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މިއަދު 15:40 ގައެވެ. އިންޑިގޯ އެއަރލައިންގެ ފްލައިޓް E6 1128 އިން ބެންގަލޫރުއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރެއް ބަލައި ފާސްކުރުމުގެ ތެރޭގައި، އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންނަށް ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓު...

އަލީ އާދިލް
ބްރިޖަކީ ރާއްޖެ-ޗައިނާގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް: ރައީސް

ބްރިޖަކީ ރާއްޖެ-ޗައިނާގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް: ރައީސް

ސިނަމާލެ ބްރިޖަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަން ދީފައިވާ މި ބްރިޖަށް ހަ އަހަރުވުމުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ބްރިޖް ރަސްމީކޮށް ހުޅުވިފައި ވަނީ 30 އޯގަސްޓް 2018 ގައެވެ. އެ ބްރިޖް އެޅުމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ވަނީ އިސް ދައުރެއް އަދާކުރަށްވާފައެވެ. މި ބްރުޖަށް ހަ އަހަރުފުރުމުގެ […]

ޔުމްނާ ޢަލީ
މާލީ މަންފާއަށްވުރެ ރައީސް އިސްކުރެއްވީ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް: ޝިޔާމް

މާލީ މަންފާއަށްވުރެ ރައީސް އިސްކުރެއްވީ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް: ޝިޔާމް

ލޭނު މަސްވެރިކަމުން ލިބެންއޮތް މާލީ މަންފާއަށްވުރެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްކުރެއްވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ކަމުގައި ފިޝަރީސް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ވަޒީރުންގެ މަޖިލީހުން ނިންމެވީ މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ނަމަވެސް ލޭނު އަޅައިގެން މަސްވެރިކަން ކުރަން ސަރުކާރުން ހުޅުވައިލަނ...

އިބްރާހިމް ޚަލީލް
މިލިޔަނެއްހާ ރުފިޔާގެ ސިންތެޓިކް ކެތިނޯން އަތުލައިގަނެފި

މިލިޔަނެއްހާ ރުފިޔާގެ ސިންތެޓިކް ކެތިނޯން އަތުލައިގަނެފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކުރި ގޮތުގައި، މިމަހުގެ 20 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނެއްގައި އަތުލައިގަނެވުނު މި މަސްތުވާތަކެއްޗަކީ ސިންތެޓިކް ކެތިނޯންއެވެ. މި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 0.666 ކިލޯގްރާމެވެ.ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 1,000,000.00 (އެއް މިލިއަން) ދިވެހި ރުފިޔާއެވެ. މިއީ ރާއްޖޭގެ މަ...

އަލީ އާދިލް