ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއް މަޝްރޫޢު، ބިންވެރިޔާ ސްކީމްގެދަށުން އިތުރު ފަރާތްތަކަކާއި، އެ ފަރާތްތަކަށް ލިބުނު ގޯތިތައް ހަވާލުކޮށްފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ބިންވެރިޔާ ސްކީމްގެދަށުން ގޯތި ލިބުނު އިތުރު ފަރާތްތަކަކާއި އެ ފަރާތްތަކަށް ލިބުނު ގޯތިތައް މިދިޔަ ދެ ދުވަހެއްގެ މަތިން ހަވާލުކޮށްފައިވާ ކަމަށެވެ. މިގޮތުން 29 އޮގަސްޓު 2024 ވީ ބުރާސްފަތި ދުވަހު ވަނީ 13 ގޯތި އަދި މިއަދު އިތުރު 10 ގޯތި އެ ގޯތިތަކުގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ […]
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 1 އިން 168 ފުޅި ބަނގުރާއާއެކު 44 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ. ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓު 31 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލުކުރަމުން ދަނިކޮށް ކަމަށެވެ. އެގޮތުން ނިރޮޅުން މަގުން ދުއްވާފައިދިޔަ ކާރެއް ހުއްޓުވައި ބަލައިފާސްކުރުމުން 168 ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ކާރު ދުއްވި، […]
އިބްރާހިމް އަސްވާޤް
ދިވެހި ފުލުހުންގެ މަދަނީ ޚިދުމަތަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ މަސައްކަތްތައް ފަސޭހަކޮށް ހަލުވިކުރުމަށްޓަކައި އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށް، ކުރިން ބޭނުންކުރަމުން އައި ބައެއް އެޕްލިކޭޝަންތައް އަލުން ފަރުމާކޮށް އިފްތިތާހުކޮށްފިއެވެ. މިކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢ...
އަލީ އާދިލް
މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލިފައިވާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި، ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު ތަސްލީމް ގެއްލިފައިވާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، މި މައްސަލަ ބަލަމުން ގެންދަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައެވެ. އަދި ތަސްލީމް ހޯދުމުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރިއ...
އަލީ އާދިލް
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާއި ގެދޮރުވެރިކަމުގެ ޔޫނިއަންތައް ހިމެނޭހެން މުހިންމު ދެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމުގައި ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ މިއަދު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާއިއެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށާއި، މި ބައްދަލުވުމުގައި އެ ޖަމިއްޔާގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ރައީސް...
އިބްރާހިމް ޚަލީލް
ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކްސިޑެންޓްވި ސްޕޯޓްސް ކާރު ދުއްވި މީހާ މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ. މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި, އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ މައްސަލާގައި ހައްޔަރުކުރީ ކާރު ދުއްވަން އިން އިބްރާހިމް އިކްރާމާއި ކާރުގައި ދެން […]
ޔުމްނާ ޢަލީ
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އަހުމަދު އަތުހަރު އަމިއްލައަށް މަރުވާން އުޅެނިކޮށް ފުލުހުން ސަލާމަތްކޮށް، ފަރުވާދޭން ފަށައިފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އަތުހަރު އަމިއްލައަށް މަރުވާން އުޅެނިކޮށް ސަލާމަތްކޮށް، އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ގެންދިޔަ ހޮސްޕިޓަލާއި ހާލަތާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަތުހަރު މަރުވި ކަމަށް ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި...
އިބްރާހިމް އަސްވާޤް
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީ ގާނޫނީ ވަކީލެއްގެ އެހީއެއް ނެތި ކޯޓުގައި އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާން އޭނާ ނިންމައިފި އެވެ. މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް, 2022 ގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ. […]
ހުބާ ޕްލާންޓްސް
ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކްސިޑެންޓްވި ސްޕޯޓްސް ކާރު ދުއްވި މީހާ ހައްޔަރުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ހައި ކޯޓުން މިއަދު އޭނާ މިނިވަންކޮށްފި އެވެ. މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި, އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ މައްސަލާގައި ހައްޔަރުކުރީ ކާރު […]
ހުސައިން ހަބީބް
ގްރޭޑް 10 ނިމުމުގެ ކުރިން ތެލަސީމިއާ ސްކްރީނިންގ ކުރަންޖެހޭގޮތައް ސަރުކާރުން ނިންމި ނިންމުގެ ދަށުން 4004 ދަރިވަރުން ތެލެސީމިއާ އަށް ސްކްރީންކޮށްފިއެވެ. ސިއްހީ ވުޒާރާއިން ބުނީ، މި ސްކްރީނިން ކުރިއަށް ގެންގޮސްފައި ވަނީ، ތެލެސީމިއާ އަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން މިއަހަރު ފެށި ޕްރޮގްރާމްގެ ދަށުން މާލޭ ސަރަހައްދުގެ ގްރޭޑް ދިހަ އެއްގައި ކިޔަވާކުދިންނަށް އަމާޒުކޮށް ހިންގި ޕްރޮގްރާމެއްގެ ތެރެއިންނެވެ. ތެލެސީމިއާ އަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެއް ޤައުމީ މައްސަލަކަމަށްވީއިރު، ސަރުކާރުން...
ޔުމްނާ ޢަލީ
ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީ، ގަވާއިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތްކުރުވި 120 ދިވެހިންނަށް ނަސޭހަތް ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން ވަނީ އޯގަސްޓް 28 ވަނަ އެދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ޚަރަކާތެއް ހިންގާފައެވެ. މި ހަރަކާތުގައި ފާހަގަވި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފައިވާއިރު، […]
ޔުމްނާ ޢަލީ
ޓްރެވެލް އެޖެންސީތަކެއް ހިންގާ އިނަ މޯލްޑިވްސް އޮފީހަށް ގެއްލުންދީ ވައްކަންކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި އޮފީހަށް ގެއްލުންދީ ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 40 އަހަރުގެ، އަޒްމީލް މުހައްމަދު، ބުލްބުލާގެ/ރ.މީދޫ އެވެ. ކޯޓު އަމުރެއްގެ ދަށުން މީނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އިނަ މޯލްޑި...
ޔުމްނާ ޢަލީ
ސަރުކާރުގެ އެސްއޯއީ ރިފޯމްގެ މަސައްކަތުގެ ދަށުން އިތުރު ބައެއްކުންފުނިތައް އެއްކޮށްލުން ނުވަތަ އެހެން ކުންފުންޏެއްގެ ދަށަށް ބަދަލުކުރުމާމެދު މިއަދު ގޮތްތަކެއް ނިންމަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާފެށެން ކުޑަހިނދުކޮޅަކަށް ވެފައި ވަނިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އެ މެސެޖުގައި މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވެސް މުހުންމު ކަންތައްތަކަކާމެދު މަޝްވަރާކުރަށްވައި، ގޮތްތަކެއް ނިންމަވާނ...
ޔުމްނާ ޢަލީ
އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ޖެނިން އަށް ބޮން އަޅައި އެ ސިޓީ ހިސޯރުކޮށްފިއެވެ. ޣައްޒާގެ ސިވިލް ޑިފެންސްއިން ބުނި ގޮތުގައި، އުތުރުގެ ޖަބާލިޔާ އަދި ދެކުނުގެ ޚާން ޔޫނިސް ހިމެނޭގޮތަށް ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިޒްރޭލުން އިއްޔެއާއި ރޭ ދިން ހަމަލާތަކުގައި މަދުވެގެން 12 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ. ޔަހޫދީ ސިފައިންގެ ބާރުތަކުން ޖެނިން ސިޓީ ވަށާލައި އެ ސިޓީ ހިސޯރު ކުރުމުގެ ސަބަބުން، ފަލަސްތީނު ރައްޔިތުންނަށް ކާނާ އާއި ފެން، ކަރަންޓު އަދި އިންޓަރނެޓް […]
އަޙްމަދު ދާއޫދު
ހުކުރު ދުވަހު މިމްބަރުމަތީ ހުރެ އިސްލާމީ އުންމަތަށް ހެޔޮބަސް އިއްވުމުގެ ޝަރަފް ލިބިގެންދާ ޒުވާނާއަކީ އެންމެ ހެޔޮ އެންމެ ނަމޫނާ ޒުވާނާ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އެމަނިކްފާނު މިހެން ވިދާޅުވެފައި ވަނީ ޒުވާން ޚަތީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަތީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަތީބުންނަށް ސަނަދު އެރުވުމަށް މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މިއަދު...
އިބްރާހިމް ޚަލީލް