ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލަކާ ޖެހުމުންނެވެ. އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން ލ. އިސްދޫ އަށް އުފަން ޒުވާނެކެވެ. އޭނާގެ ބޮލަށާއި މޫނަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެނގިފައިވާ ގޮތުގައި މި ޒުވާނާއަކީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ. ސައިކަލު ފަހަތުގައި އިން އަނެއް ޒުވާނާއަށް މާ ބޮޑެތި އަނިޔާތަކެއް ވެފައެއް ނުވާކަމަށް މަޢުލޫމާތު ލިބެއެވެ. ސައިކަލު...
އަލީ އާދިލް
މިއަދު ލޮލުރޯގާއަށް ސަމާލުވެ، ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. ލޮލުރޯގާއަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް އުޅޭ ބައްޔެކެވެ. ކޮންމެ މަހަކުވެސް މި ބަލި ޖެހިގެން ކޮންމެވެސް މިންވަރަކަށް ރިޕޯޓުކުރެއެވެ. ލޮލުރޯގާއަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އެކްސްގައި އިރުޝާދުތަކެއް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، އާންމުކޮށް އަތްލާ...
އިބްރާހިމް އަސްވާޤް
ގިނަ އަދަދެއްގެ ފައިސާއާއިއެކު، ވަގުޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ. އިމިގްރޭޝަނުން މިރޭ ބުނީ ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑެއްގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. ހައްޔަރުކުރި ފަސް މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓ...
އިބްރާހިމް ޚަލީލް
އަޒަރްބައިޖާން އެއާލައިންސްއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށްފައެވެ. އަޒަރްބައިޖާންގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ކުރާ މި ދަތުރުތައް ހަފުތާއަކު ދެ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކޮންމެ ހުކުރު އަދި އާދީއްތަ ދުވަހަކު ރާއްޖެއަށް އަންނަ ދަތުރުތައް ކުރިއަށް ގެންދާއިރު، އެނބުރި ދިއުމަށް ހަމަޖެހިފަ...
އަލީ އާދިލް
ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގައި ހައްޔަރުކުރި ދެމީހުން، އެ ތަކެތި ފޭރިގެންފައި ވަނީ ގެއަކަށް ވަދެ ވަޅިން ބިރުދައްކައިގެން ކަމުގައި ފުލުހުން ބުނެފިއެވެ. މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ފުރަތަމަ މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ އިއްޔެ ހަވީރު 16:05 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކުކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާކަމަށެވެ. ފުލ...
އިބްރާހިމް ޚަލީލް
އަބަދުވެސް އަމާޒަކަށް ހަދަންވީ ކުރިއަށްވުރެ ރަނގަޅަށް ޕާފޯމްކޮށް، ކާމިޔާބީ ހޯދުންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. ކާވާ އަންހެން ވޮލީބޯޅަ ޗެލެންޖު 2024 ގައި ވާދަކުރާ ގައުމީ ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލްކޮށްދެއްވުމަށްފަހު ޓީމާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަބަދުވެސް އަމާޒަކަށް ހަދަންވީ ކުރިއަށްވުރެ ރަނގަޅަށް ޕާފޯމްކޮށް، ކާމިޔާބީ ހޯދުމާއެކު ކުރިއަށްވުރެ ރަނގަޅަށް ކުޅެ އިތުރު ހަރުފަތެއް ގިރާކުރުމަށް ކަމަށެވެ. ގައުމީ ޓީމްގެ ކުޅުންތެރިންނަށް ހިތްވަރު ދެ...
ޔުމްނާ ޢަލީ
ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު 16:05 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކުކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާކަމަށެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ބ.ދަރަވަންދޫ ވިދުވަރު، ހުސެއިން ޝާއިފާއި މ. ދާރުލްގަރާރު އިސްމާއިލް ވިޝާލްއެވެ. ފުލުހުން ބުނީ...
އިބްރާހިމް ޚަލީލް
އަންހެނެއްގެ ކަރުގައި ވަޅިޖައްސައިގެން ރަހީނުކޮށް ބިރުދެއްކި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނިކޮށް އަމިއްލައަށް މަރުވާން މަސައްކަތް ކުރަނިކޮށް ހާލު ސީރިއަސްވެ ފަރުވާދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ. މިދިޔަ ހޯމަ ދުވަހު މަރުވި އަތުހަރާއި ގުޅޭގޮތުން މިއަދު ފުލުހުން މީޑިއާއަށް ފޮނުވި މައުލޫމާތުގައި ބުނީ ށ.މިލަންދޫ، ހެޕީލޭންޑް އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް މިއަދު ހެނދުނު ފޮނުވ...
އިބްރާހިމް ޚަލީލް
ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި ދެ އަންހެނުން ދޫކޮށްލައިފިއެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ބޭއަދަބީ ބަހުރުވައިން މުއާމަލާތުކޮށް ފުލުހުންނަށް ނުކިޔަމަންތެރިވިކަމުގެ މައްސަލާގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ، ކ.މާލެ ބަޑިކުޅިމާގެ، ޢާއިޝަތު ޝާދިޔާ (47އ) އާއި ގދ. ރަތަފަންދޫ، ލިލީގެ، ޑރ. ޝަޛުރ...
އިބްރާހިމް ޚަލީލް
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފެށުމަށް މި މަޝްރޫޢު ހިންގާ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ދެ ބޯޓު އަންނަ އާދީއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފަށަން މިހާރު ނިންމާފައި އޮތީ މި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު […]
ޔުމްނާ ޢަލީ
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، މާލޭގެ މައްޗަންގޯޅީގައި ހުންނަ ގެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ މއ. އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައެވެ. އެހެންވެ މިތަނުގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގެ ހިނގައިގެން ހަރަކަތްތެރިވާން ފަށާފައިވާ ކަމަށް އެ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތުގެ އިސްވަރު މިއަދު އިފުތިތާހުކޮށްދެއްވައިފި އެވެ. މިއީ ގައުމިއްޔަތުގެ ދިރާސާތައް ކުރުމަށް ސަރުކާރުން އުފައްދަން ނިންމާފައިވާ ތަނެކެވެ. މިތަން އިފްތިތާޙްކޮށްދެއްވާފައި ވަނީ މިއަދު ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައެވެ. އުމިއްޔަތުގެ އިސްވަރު މިއަދު އިފުތިތާހުކޮށްދެއްވުމުގެ އިތުރުން ރައީސް މިއަދު ވަނީ ޤައުމިއްޔަތުގެ އިސްވަރުގެ ކައުންސިލުގެ ބޭފުޅުންނަށް އިސްވާރުކަމުގެ ރަސްމީ ލިއުން ހަވާލުކޮށްދެއްވާފައެވެ. މިކައުންސިލް އެކުލެވިގެން ވަނީ ފަސް ބޭފުޅުންގެ...
ޔުމްނާ ޢަލީ
އެ ޤައުމެއްގެ މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއް ކަމަށާއި، އަދި އެއީ ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުންތެރި ހަތިޔާރެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމެއްގެ ޤައުމިއްޔަތުގައި، އެ ބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ، އެ ބައެއްގެ މާދަރީ ބަސް ކަމަށެވެ. އަދި މާދަރީ ބަހަކީ އަމިއްލަ ޤައުމީ […]
ޔުމްނާ ޢަލީ
ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި، 1 ކުންފުންޏަކަށް މިއަދު ދެއްވައިފިއެވެ. މި އިނާމްތައް ދެއްވީ މިއަދު ހެނދުނު ކުރިއަށް ދިޔަ މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ދައުލަތުން ދެއްވާ އިނާމްތަކަށް ބޭފުޅުންނާއި، ފަރާތްތައް އެކަށަހަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސް ދެއް...
ޔުމްނާ ޢަލީ
މަތީ ސާނަވީގައި ކިޔެވުމުގެ ފުރުސަތު ހޯދުމަށް ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް ފޯމު ހުށަހަޅައި، އެޕްލިކޭޝަނަށް ޖާގަ ހަމަޖައްސައި ރަޖިސްޓަރީވާން އަންގާފައި ވަނިކޮށް، އެ ޖާގަ ދޫކޮށްލައި މާލޭގައި ހުރި މަތީ ސާނަވީ އެހެން ސްކޫލަކަށް ވަންނަ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ފީ ދައްކައި ނުދޭނެކަމަށް ބުނެ އެ ފަރާތްތަކަށް ސިޓީ ފޮނުވައިފިއެވެ. މާލޭ ސަރަހައްދުގައި މިވަގުތު މަތީ ސާނަވީއަށް ތައުލީމް ފޯރުކޮށްދޭ ހުރީ ތިން ސްކޫލެކެވެ. އެއީ ސީއެޗްއެސްއީއާއި، ވިލާ އިންޓަނޭޝަނަލް...
އިބްރާހިމް ޚަލީލް