މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 346 ވަނަ ޞަފްޙާ

ސައިކަލުގައި މާގަސްތައް އުފުލި މީހާއަށް ފިޔަވަޅު އަޅައިފި

ސައިކަލުގައި މާގަސްތައް އުފުލި މީހާއަށް ފިޔަވަޅު އަޅައިފި

ބްރިޖާއި ހައިވޭމަތީގައި މާގަސްތަކެއް ސައިކަލަށް އަރުވައިގެން ދުއްވި މީހާއާއި މެދު މިއަދު ފިޔަވަޅު އަޅާފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކާމެދު، ގަވައިދާ ހިލަފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ވާހަކަމަށެވެ. ފުލުހުން ވަނީ މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކޮ...

އިބްރާހިމް ޚަލީލް
އެޗްއާރުސީއެމްގެ މެންބަރުކަމަށް ހަބީބު ޢައްޔަނުކުރަށްވައިފި

އެޗްއާރުސީއެމްގެ މެންބަރުކަމަށް ހަބީބު ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު އައްޔަނުކުރަށްވައިފިއެވެ. ޙަބީބު ޢަބްދުއްރަޙީމް، މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމަށް ހަބީބު ޢައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސް ވަނީ ޙަބީބު އާއި ހަވާލުކުރައްވާފައެވެ. އެޗްއާރުސީއެމް...

ޔުމްނާ ޢަލީ
ޝަމީމަށް ހަމަލާދިން މައްސަލާގެ ޝަރީއަތް ފަށައިފި

ޝަމީމަށް ހަމަލާދިން މައްސަލާގެ ޝަރީއަތް ފަށައިފި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައި، ދައުވާލިބޭ މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ. ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ ފެބްރުއަރީ މަހު ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިނީ ހެލްމެޓް އަޅައިގެން ތިބި ބަޔަކު އޭނާއަށް ފާރަލަމުން ދިއުމަށްފަހު އެވެ. އެ ހަމަލާގައި އޭނާގެ އަތުގެ ކަށިތަކުގައި ރެނދުލާފައިވެ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ރ. އަލިފުށީ ރިވެލ...

ހުސައިން ހަބީބް
ޖޭއެސްސީގެ މެންބަރުކަމަށް ފަރުހާދު ޢައްޔަނުކުރަށްވައިފި

ޖޭއެސްސީގެ މެންބަރުކަމަށް ފަރުހާދު ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ފަރުހާދު ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ފަރުހާދު ޖޭއެސްސީގެ މެންބަރަކަށް ޢައްޔަނުކުރަށްވާފައި ވަނީ، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. ފަރުހާދު ރަޝީދު، މި މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ފަރުހާދު ރަޝީދު، ވަ...

ޔުމްނާ ޢަލީ
މާއުނގޫދޫގައި ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް ޝަރަފުވެރިކޮށް ދެއްވައިފި

މާއުނގޫދޫގައި ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް ޝަރަފުވެރިކޮށް ދެއްވައިފި

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ.މާއުނގޫދޫގައި އިއްޔެ ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށް ދެއްވައިފިއެވެ. ށ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަރަކާތްތައް މިއަހަރު ބާއްވަން ކަނޑައަޅާފައި ވަނީ މާއުނގޫދޫއެވެ. މި ދުވަސް ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށްފަހު ނައިބު ރައީސް ވަނީ، ޤައުމީ ދުވަހާއި ގުޅުވައިގެން އެރަށުގައި ބޭއްވި ސަޤާފީ ހަވީރު ވެސް ޝަރަފްވެރިކޮ...

ޔުމްނާ ޢަލީ
''ރައީސްގެ ގައުމީ އެޖެންޑާގެ އަމާޒަކީ ޑްރަގާއި ގޭންގު ކުށްތަކުން ޤައުމު ސަލާމަތްކުރުން''

''ރައީސްގެ ގައުމީ އެޖެންޑާގެ އަމާޒަކީ ޑްރަގާއި ގޭންގު ކުށްތަކުން ޤައުމު ސަލާމަތްކުރުން''

”ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގައުމީ އެޖެންޑާގެ އަމާޒަކީ ޑްރަގާއި ގޭންގު ކުށްތަކުން ޤައުމު ސަލާމަތްކޮށް، ޤާނޫނުތައް މުގުރަން އެއްވެސް ފުރުސަތެއް ނުދިނުންކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ސަރުކާރުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެ...

ޔުމްނާ ޢަލީ
މާލޭގައި އެކްސިޑެންޓުވި 21 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

މާލޭގައި އެކްސިޑެންޓުވި 21 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާ ގދ. ގައްދޫ، މުހައްމަދު ލީވާން ނިޔާވެއްޖެ އެވެ. މިރޭ 2 ޖަހާކަށްހާއިރު އެޒުވާނާ ނިޔާވެފައިވަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުން، ޑޮކްޓަރުން އުންމީދު ކަނޑާލައިފައި އޮންނަތާ ދެ ދުވަސް ވެއްޖެ އެވެ. ފުލުހުން މީގެ ކުރިން މީޑިޔާތަކަށް މަޢުލޫމާތުދެމުންބުނެފައިވަނީ، އެ އެކްސިޑެންޓު ހިނގީ މިދިޔަ ބުދަ ދުވަހުގެ ރޭ 12:53 ހާއިރު، ބޮޑުތަކުރުފާނު...

އަލީ އާދިލް
އަނެއްކާ ވެސް ހުޅުމާލޭގައި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީ

އަނެއްކާ ވެސް ހުޅުމާލޭގައި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ހުޅުމާލޭގައި ދެ ސައިކަލްޖެހި އެކްސިޑެންޓެއް ހިނގައި އަނިޔާވި ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ހައިވޭ ކައިރީ ހުންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރީ ކަމަށެވެ. މި އެކްސިޑެންޓްގައި އަންހެނަކާއި، ފިރިހެނަަކަށް އަނިޔާވެގެން ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. މި ހާދިސާގައި އެ ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ. ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ މި މަ...

ޔުމްނާ ޢަލީ
''ފަހުގެ ތާރީޙެއްގައި އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ކުރީ އިއްޔެ''

''ފަހުގެ ތާރީޙެއްގައި އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ކުރީ އިއްޔެ''

ފަހުގެ ތާރީހެއްގައި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކުގައި ޒުވާން ޚަތީބުން އެންމެ ގިނައިން އިމާމުވެ ހުކުރު ކުރި ދުވަހަކީ އިއްޔެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން އިއްޔެ ފާހަގަކޮށްފައި ވަނީ ތާރީޚީ ހުކުރެއްގެ ގޮތުގައެވެ. އަދި  މިއީ ފަހުގެ ތާރީހެއްގައި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކުގެ މިންބަރުތަކުން ޒުވާން ޚަޠީބުން ފެނިގެންދިޔަ ހުކުރު ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އައު ސަރުކާރުން ފަށާފައިވާ ޒުވާން ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތެ...

ޔުމްނާ ޢަލީ
ދައުރުވަނީ ގަވާއިދުގެ ތެރެއިން ނައްތާލުމަށް ވެހިކަލްތަކެއް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް: ފުލުހުން

ދައުރުވަނީ ގަވާއިދުގެ ތެރެއިން ނައްތާލުމަށް ވެހިކަލްތަކެއް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް: ފުލުހުން

މީސްމީޑިއާގައި ދައުރުވަމުންދާ، ފުލުހުން ވެހިކަލްތަކެއް ގެންދާ މަންޒަރުފެންނަ ވީޑިއޯ އަކީ، ގަވާއިދުގެ ތެރެއިން ނައްތާލުމަށް ވެހިކަލްތަކެއް ގެންދާ މަންޒަރުފެންނަ ވީޑިއޯއެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ވެހިކަލްތަކެއް ގެންދިޔުމުގައި ފުލުހުން އުޅޭ މަންޒަރުފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންުމުވެފައިވާއިރު، އެ ވީޑިއޯއާއި ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދައުރުވަމުންދާ މޭރީބްރައުން ކައިރީ އޮންނަ ޓޯޔާޑް ތެރެ ފެންނަ ވީޑިއޯއިން ފެންނަނީ ގަވާއިދުގ...

ޔުމްނާ ޢަލީ
އާސަހަރާ މިސްކިތުގެ ތިރީބައި ބޭނުންކުރަން ފަށައިފި

އާސަހަރާ މިސްކިތުގެ ތިރީބައި ބޭނުންކުރަން ފަށައިފި

މާލޭގެ އާސަހަރާ މިސްކިތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ނިންމައި އިއްޔެ ބޭނުންކުރަން ފަށައިފިއެވެ. ވަރަށް ބޮޑު މަރާމާތަކަށް ފަހު، މާލޭގައި ހުންނަ އާސަހަރާ މިސްކިތުގެ ތިރީބައި، ހުޅުވާފައި ވަނީ އިއްޔެ ހުކުރު ނަމާދުން ފެށިގެންނެވެ. މި މިބައި ހުޅުވޭނެކަން ހާމަކުރަށްވައި މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ވިދާޅުވެފައި ވަނީ، މި ހިނގާ ސެޕްޓެމްބަރ މަސް ނިމުގެ ކުރިން، އާ ސަހަރާ މިސްކިތުގެ މަތީ ބަޔާއެކު އެއްކޮށް ނިމި، މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންތައް އާ […]

ޔުމްނާ ޢަލީ
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ހުޅުމާލޭގައި މިއަދުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ހެނދުނު 6:50ހާއިރު އެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންވެ އޭނާއަށް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހުޅުމާލޭގައި ބާރަށް ދުއްވި ރޭސް ކާރަކުން ޖެހި 23 އަހަރުގެ ޒުވާނަކު...

ޔުމްނާ ޢަލީ
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން އަންގައިފި

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން އަންގައިފި

މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް މިއަދު (ހުކުރު) އަންގާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމަށްޓަކައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް ރައީސް...

އިބްރާހިމް ޚަލީލް
ދަޢުވަތުދީގެން ގެސްޓް ހައުސް އަކަށް ގެންގޮސް 53 ހާސް ފޭރިގަނެފި

ދަޢުވަތުދީގެން ގެސްޓް ހައުސް އަކަށް ގެންގޮސް 53 ހާސް ފޭރިގަނެފި

ފިރިހެނަކަށް ދަޢުވަތުދީގެން ގެސްޓް ހައުސް އަކަށް ގެންގޮސް  ފޭރިގަނެފި އެވެ. މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ މިކަން ހިނގާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ 21:30 ހާއިރު ކަމަށެވެ. ”އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނެއް ހުއްޓުވާ އޭނާ އަށް ރޫމަކަށް ދިއުމަށް ދަޢުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓް ހައުސް އަކަށް ގެންގޮސް އިތުރު ފިރިހެނަކާ ބައިވެރިވެގެން ދިވެހި ފިރިހެނަކު ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝް ކާޑު އަތުލާ އޭނާގެ އެކައުންޓުން 53,000 ހާސް […]

އަލީ އާދިލް
އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާގެ ވަނަވަރު އާންމުކޮށްފި

އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާގެ ވަނަވަރު އާންމުކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލެއްގައި ޖެހިގެން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވަން އިންމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ލ. އިސްދޫއަށް އުފަން ހަސަން ސަމާހް ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ފުލުހުން މިއަދު މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައ...

އިބްރާހިމް ޚަލީލް