މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ޕަޕުއާ ނިއު ގިނީއަށް M5.2 ގެ ބިންހެލުމެއް އަތުވެއްޖެ - 22 މިނިޓު ކުރިން
  • ބިންހެލުމުގެ ޚަބަރު މިޑް-އިންޑިއަން ރިޖަށް M5.2 ގެ ބިންހެލުމެއް އަތުވެއްޖެ - 23 މިނިޓު ކުރިން

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 344 ވަނަ ޞަފްޙާ

މީހެއްގެ ޖީބުން ވެއްޓުނު 17000ރ. ފުލުހުންގެ މަސައްކަތުން ހޯދައިދީފި

މީހެއްގެ ޖީބުން ވެއްޓުނު 17000ރ. ފުލުހުންގެ މަސައްކަތުން ހޯދައިދީފި

މީހެއްގެ ޖީބުން މަގުމައްޗަށް ވެއްޓުނު 17000ރ. ފުލުހުންގެ މަސައްކަތުން ހޯދައިދީފިއެވެ. ފުލުހުން ބުނީ މީހެއްގެ ޖީބުން 17000ރ މަގުމައްޗަށް ވެއްޓި، ގެއްލިފައިވާކަމަށް މި މަހުގެ 9 ވަނަ ދުވަހު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން އެ ފައިސާތައް ހޯދުމަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖްތައް ބަލާފައެވެ. އަދި އެ ފައިސާތައް މަގުމަތިން ނެގި މީހާ ފުލުހުން ވަނީ ދެނެގަނެފައެވެ. ގަލޮޅު ފުލުހުންގެ މަސައްކަތުން މަގުމަތިން އެ ފައިސާތައް ނެގި އެމީހާ ދަނެގަނެ، މިރޭގެ ވަގުތެއްގައި […]

ޔުމްނާ ޢަލީ
ބޭސް ވިއްކަމުންދަނީ %2000 އާއި ހަމައަށް ފައިދާ ލާފައި، ފިޔަވަޅުތަކެއް އަޅަން އަންގައިފި

ބޭސް ވިއްކަމުންދަނީ %2000 އާއި ހަމައަށް ފައިދާ ލާފައި، ފިޔަވަޅުތަކެއް އަޅަން އަންގައިފި

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަމުން ދަނީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައިކަމަށާއި، އެކަން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް އަންގަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ޢިއުލާންކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށ...

ޔުމްނާ ޢަލީ
އުޅެނީ ފިތުނަ އުފައްދަން، ރައީސްގެ ފަރާތްޕުޅުން މެންބަރުންނަށް ފައިސާއެއް ނުދޭ: އިސް ތަރުޖަމާނު

އުޅެނީ ފިތުނަ އުފައްދަން، ރައީސްގެ ފަރާތްޕުޅުން މެންބަރުންނަށް ފައިސާއެއް ނުދޭ: އިސް ތަރުޖަމާނު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއްކަމަށް ސަރުކާރުން ބުނެފިއެވެ. އޮންލައިން ނޫހެއްގައި މިއަދު ޝާޢިއުކުރި ޚަބަރެއްގައި ބުނެފައި ވަނީ ރައީސްގެ ފަރާތްޕުޅުން މި މަހު ޕީއެންސީގެ މަޖިލިސް ކޮންމެ މެންބަރުންނަށް، މިމަހު 750،00 ރުފިޔާ ދީފައިވާ ކަމަށެވެ. ރައީސްގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މާލީ އިނާޔަތް ދޭކަމަށް މީގެ ކުރީން ފެތުރު އަޑުވެސް ސ...

ޔުމްނާ ޢަލީ
ފަޒީސް ހިޖާމާއަށް ހުއްދަ ލިބެންދެން ޚިދުމަތް ހުއްޓާލަން އަންގައިފި

ފަޒީސް ހިޖާމާއަށް ހުއްދަ ލިބެންދެން ޚިދުމަތް ހުއްޓާލަން އަންގައިފި

ސިއްހަތާބެހޭ ވުޒާރާއިން، “ފަޒީސް ހިޖާމާ ތެރަޕީ” އަށް އެތަނުން ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ވަގުތުން ހުއްޓާލުމަށް އަންގައިފިއެވެ. ހިޖާމާގެ ފަރުވާ ދެމުން އަންނަ “ފަޒީސް ހިޖާމާ ތެރަޕީ”ގެ ޚިދުމަތް ހުއްޓާލަން ސިއްހަތާބެހޭ ވުޒާރާއިން އަންގާފައިވަނީ އެތަން ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ލިބެންދެންނެވެ. މި ޚިދުމަތް ހުއްޓާލުމަށް، އެތަނުގެ ވެރިޔާ ފަޒީލާ ޢުޘްމާނަށް ސިއްހަތާބެހޭ ވުޒާރާއިން އަންގާފައިވަނީ، އެ ވުޒާރާއަށް ލިބެމުންދާ ޝަކުވާތަކަށް ބަލައި، އޭނާއާ ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގ...

ޔުމްނާ ޢަލީ
ހުއްދަނެތި ބޭރު ފައިސާ މާރުކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފި

ހުއްދަނެތި ބޭރު ފައިސާ މާރުކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފި

މާލޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވާފައިވާ ކަމަށެވެ. މި ދެތަން ހުއްޓުވީ، މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައެވެ.  ފުރަތަމަ އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެންބަރު 3 ވަނަ ދުވަހުއެ...

ޔުމްނާ ޢަލީ
ދިވެހި ޤައުމީ އަންހެން ވޮލީބޯޅަ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ދިވެހި ޤައުމީ އަންހެން ވޮލީބޯޅަ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލް މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު ކުޅުމަށް ތައްޔާރުވަމުންދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޓީމަށް ހިތްވަރުދެއްވައިފިއެވެ. ރައީސް މުޢިއްޒު ޤައުމީ އަންހެން ވޮލީ ޓީމަށް ހިތްވަރު ދެއްވީ މިއަދު މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމާ ވާދަކުރާނީ ކިރިގިސްތާންގެ ޓީމާއެވެ. މި މުބާރާތުގެ ލީގު ބު...

ޔުމްނާ ޢަލީ
އަފީފުއްދީން ސްކޫލާއި ފުނަދޫ ސްކޫލްގައި ސްޓެމް ލެބް އަޅަން ހަވާލުކޮށްފި

އަފީފުއްދީން ސްކޫލާއި ފުނަދޫ ސްކޫލްގައި ސްޓެމް ލެބް އަޅަން ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލާއި ށ. ފުނަދޫ ސްކޫލްގައި ސްޓެމް ލެބްތައް ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ. މި ދެ ސްކޫލްގައި ސައިންސް، އައިސީޓީ، ސްޓެމް އަދި ސްކިލް ލެބޯޓަރީ ޤާއިމުކުރުމަށް ތައުލީމާބެހޭ ވުޒާރާއިން ހަވާލުކޮށްފައި ވަނީ ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތްތަކުހެ އެއްބަސްވުމުގައި ތަޢުލީމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުލްލަޠީފް މުޙައްމަދެވެ. އަދި ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ...

ޔުމްނާ ޢަލީ
އެމްކިއުއޭއިން ގަބޫލުނުކުރި ޕީއެޗްޑީ ބަލައިގަތުމަށް ހައި ކޯޓުން އަމުރުކޮށްފި

އެމްކިއުއޭއިން ގަބޫލުނުކުރި ޕީއެޗްޑީ ބަލައިގަތުމަށް ހައި ކޯޓުން އަމުރުކޮށްފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމި ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީ ލަންކާ ކޮލެޖަކުން ޕީއެޗްޑީ ކޯހެއް ގަބޫލު ނުކުރަން 2018 ވަނަ އަހަރު އެމްކިއުއޭއިން ނިންމި ނަމަވެސް އެހާތަނަށް ކިޔަވަމުންދާ ދަރިވަރުންގެ ސެޓްފިކެޓް ގަބޫލު ކުރާނެ ކަމަށް އެމްކިއުއޭއިން އެންގި އެވެ. ނަމަވެސް އެ މީހުންގެ ކިޔެވުން ފުރިހަމަ ކުރުމަށްފަހު އެމްކިއުއޭއަށް 2021 […]

ހުސައިން ހަބީބް
ދައުލަތުން އިހުމާލުމުން އަށް ލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ

ދައުލަތުން އިހުމާލުމުން އަށް ލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ

މަދަނީ މައްސަލައެއްގައި ދައުލަތުން ޖަވާބުދާރީވުން ލަސްވުމުން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކޮންޓެކް ކުންފުނި ގްރީން އޮފީސް ބިލްޑިންގެ މަސައްކަތް ކުރުމުން އެ މަސައްކަތަށް ފައިސާ ނުދިން މައްސަލާގައި އެ ކުންފުނިން ހައުސިން މިނިސްޓްރީއާ ދެކޮޅަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ޖަވާބު ހުށަހަޅާފައެއް ނުވެ އެވެ. މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ލިޔެކިޔުންތައް […]

ހުސައިން ހަބީބް
ގަވާއިދުން ބޭރުން އުޅޭ ބިދޭސީން ތިބޭ ވަކިތަންތަނަށް ޚާއްސަ އޮޕަރޭޝަނެއް

ގަވާއިދުން ބޭރުން އުޅޭ ބިދޭސީން ތިބޭ ވަކިތަންތަނަށް ޚާއްސަ އޮޕަރޭޝަނެއް

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި މިފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ރޭ ވަނީ މި އޮޕަރޭޝަންފެށިކަން ހާމަކޮށްފެވެ. އިމިގްރޭޝަނުން ބުނިގޮތުގައި އިއްޔެ ފެށި މި އޮޕަރޭޝަންގައި.، މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މާލެ ސަރަޙައްދުގައި ކުރިއަށ...

ޔުމްނާ ޢަލީ
ބަނގުރާ ވިއްކަން އުޅުނު ބަންގްލްލަދޭޝް މީހަކު ހައްޔަރުކޮށްފި

ބަނގުރާ ވިއްކަން އުޅުނު ބަންގްލްލަދޭޝް މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އެ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހުޅުމާލޭގައި ބަނގުރަލުގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަަަށެވެ: މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 މިދިލިމަގުން ކާރެއް ހުޓުވައި ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ އަދި 4 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަގެ މީހެއްކަމަށްވާ، އެމްޑީ ކާލޫ (26އ) އެވެ. މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލ...

ޔުމްނާ ޢަލީ
ޒަކިއްޔާގެ ހަށިގަނޑު އިތުރު ތަހުލީލު ކުރުމަށް މާލެ ގެނެސްފި

ޒަކިއްޔާގެ ހަށިގަނޑު އިތުރު ތަހުލީލު ކުރުމަށް މާލެ ގެނެސްފި

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު އިތުރު ތަހުލީލު ކުރުމަށް މާލެ ގެނެސްފިއެވެ. ހޮޅުދޫގެ ގެއެއްގައި ޒަޚަމްތަކަކާއެކު އަންހެނަކު އޮތްކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިއްޔެ އެޓެންޑް އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް އިއްޔެ ހެނދުނު ފުލުހުން ވަނީ ބުނެފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު އެމީހާގެ ފުރާނަނެތްކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހު...

ޔުމްނާ ޢަލީ
ސަމާޙް ނިޔާވި ހާދިސާއާއި ގުޅުވައި ކަށަވަރުނޫން މައުލޫމާތު ނުފަތުރަން އެދިއްޖެ

ސަމާޙް ނިޔާވި ހާދިސާއާއި ގުޅުވައި ކަށަވަރުނޫން މައުލޫމާތު ނުފަތުރަން އެދިއްޖެ

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ރޭސް ކާރެއް، ސައިކަލެއްގައި ޖެހިގެން ހުކުރު ދުވަހު ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅުވައި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފަތުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެެވެ. ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލެއްގައި ޖެހިގެން ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ، ޙަސަން ސަމާޙް، ބީޗްހައުސް/ލ. އިސްދޫ އެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސެޕްޓެންބަރު 5 […]

ޔުމްނާ ޢަލީ
ކޮމިއުނިކޭޝަން އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ކޮމިއުނިކޭޝަން އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލު ކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު މިގޮތަށް ނިންމާފައި މިވަނީ އެ މަނިކްފާނަށް ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުންނެވެ. ކޭމް މެދުވެރިކޮށް މި ސަރުކާރުން ވަނީ ތާރީހީ ނިންމުމެއް ނިންމާފައެވެ. ފާއިތުވި އަހަރުގެ ޑިސެމްބަރ 16 ވަނަ ދުވަހު ކޭމް އިން ވަނީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ފަތުރާ ވެބްސައިޓުތަކަށ...

އިބްރާހިމް ޚަލީލް
ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް، ޝަކުވާއެއް ވެސް އަދި ނުލިބޭ: ފުލުހުން

ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް، ޝަކުވާއެއް ވެސް އަދި ނުލިބޭ: ފުލުހުން

އއ. ރަސްދޫގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް ވެސް އެކަމުގެ ޝަކުވާއެއް ވެސް އަދި ލިބިފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ރަސްދޫގެ އާންމު ތަންތަނާއި، ގޮނޑުދޮށުގައި ރަޝިޔާއަށް ނިސްބަތްވާ ފަތުރުވެރިންތަކެއް ބަރަހަނާ މަންޒަރުޅެ އިންޓަނެޓްގައި އާންމުކޮށްފައިވާ ކަމަށް މީސް މީޑިއާގައި ވަނީ އަޑެއް ފެތުރިފައެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ، ރަސްދޫގެ މަގުތަކާއި ވީޗްގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް އަދި ޝަކުވާއެއް ވެސް މިހާތަނަށް އ...

ޔުމްނާ ޢަލީ