މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 342 ވަނަ ޞަފްޙާ

ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް، އަނިޔާވި މީހަކަށް ފަރުވާދެނީ

ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް، އަނިޔާވި މީހަކަށް ފަރުވާދެނީ

ހުޅުމާލޭ ދެ ފޭސް ގުޅުވާލަދޭ ބްރިޖްމަތީ ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ، ހުޅުމާލެ ދެ ފޭސް ގުޅޭ ބްރިޖްމަތީ އެކްސިޑެންޓެއް ހިނގައިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލަކާއި ލޮރީއެއް ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވި މީހަކަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން މީހާ އަށެވެ. އެއީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޔުމްނާ ޢަލީ
ދެ ދަރިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި

ދެ ދަރިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި

ދެ ދަރިންނަށާއި ތިމާގެ ކުށްޖަކާމެދު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި އެވެ. ފުލުހުންބުނީ މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއަށް ހުށަހެޅުނުކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. މައުލޫމާ...

ޔުމްނާ ޢަލީ
ޔޫއޭއީ އެމްބަސީ އިމާރާތުގެ ކުލި ނުދައްކާ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ޔޫއޭއީ އެމްބަސީ އިމާރާތުގެ ކުލި ނުދައްކާ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީގެ އިމާރާތުގެ ކުލީގެ މައްސަލާގައި 1.4 މިލިއަން ރުފިޔާ ހޯދަން އެ އިމާރާތުގެ ވެރިފަރާތުން އެމްބަސީއާ ދެކޮޅަށް ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ޔޫއޭއީ އެމްބަސީއާ ދެކޮޅަށް މީހަކު ދައުވާކުރީ ގ. ނިއުޝާގެ ތިން ފަންގިފިލާއެއްގައި މެއި, 2020 އިން ފެށިގެން އޮކްޓޯބަރު, 2022 ގެ ނިޔަލަށް ޔޫއޭއީ އެމްބަސީގެ އޮފީސް ހިންގިއިރު, އެތަނުގެ ކުލި ދައްކާފައި ނުވާތީ އާއި ނޯޓިހެއް ދިނުމެއް […]

ހުސައިން ހަބީބް
ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއެކު، އަހަރީ ބައްދަލުވުން ފަށައިފި

ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއެކު، އަހަރީ ބައްދަލުވުން ފަށައިފި

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއެކު، ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ. ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިފަދަ ބައްދަލުވުމަކުން ދީނީ އެތައް ޖަމްޢިއްޔާތަކާއި ބައްދަލުވުމަކީ އުފާ ކުރައްވ...

އަލީ އާދިލް
ސްޕޯޓްސް ކާރުންޖެހި ހިނގި އެކްސިޑެންޓް: ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ބަލައިގެންފި

ސްޕޯޓްސް ކާރުންޖެހި ހިނގި އެކްސިޑެންޓް: ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ބަލައިގެންފި

ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކްސިޑެންޓްވި ސްޕޯޓްސް ކާރު ދުއްވި މީހާ އާއި އޭގައި ތިބި އިތުރު ދެމީހުންނަށް ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލަ ބަލައިގެންފިއެވެ. ފުލުހުން މިރޭ ބުނީ، އެ ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލު...

ޔުމްނާ ޢަލީ
ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ ދެކުނު ޒޯނު (ގއ. ގދ. ޏ. އަދި ސ އަތޮޅު ހިމެނޭ ސަރަހައްދު)ގައި  ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެ އިދާރާއަށް ހުށަހެޅުނުކަމަށެވެ. މި މައްސަލައިގެ މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފައިވާއިރު، ސެޕްޓެމްބަރު 11 ވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުވާ 57 އަހަރުގ...

ޔުމްނާ ޢަލީ
ބަންކަރިން ޚިދުމަތްފެށުމަށް ދެވަނަ ބޯޓު ވެސް ގެނެސްފި

ބަންކަރިން ޚިދުމަތްފެށުމަށް ދެވަނަ ބޯޓު ވެސް ގެނެސްފި

އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ ދެވަނަ ބޯޓު ހދ. ކުޅުދުއްފުށީ ސިޓީގައި އިއްޔެ ބަނދަރުކޮށްފިއެވެ. މި މަސައްކަތަށް ބޭނުންވާ ފުރަތަމަ ބޯޓު 9 ސެޕްޓެމްބަރު 2024 ގައި ކުޅުދުއްފުށީގައި ވަނީ ބަނދަރުކޮށްފައެވެ. އިގްތިސާދާއި ވިޔަފާރިއާއިބެހޭ ވުޒާރާއިން ބުނީ، ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށުމަށް އެސްޓީއޯއިން ގެނައި ދެވަނަ ބޯޓު ވެސް މިހާރު ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވާ ކަމަށެވެ. “މެރިން ބެއްލާ” ކިޔާ މިބޯޓަކީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލުމުގެ ގާބ...

ޔުމްނާ ޢަލީ
މާރަންދޫ ކައުންސިލުގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި

މާރަންދޫ ކައުންސިލުގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި

ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ. ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްޙަމީދު އަބްދުއްސައްތާރު މިއަދުގެ އިންތިޚާބުގައި ކުރި ހޯދީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދާއި ވާދަކޮށެވެ. އަބްދުލްޙަމީދު މި އިންތިޚާބު ކާމިޔާބުކުރުމާގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ވެރިކަން ކުރާ ޕީއެންސީއިން ވަނީ އޭނާއަށް މަރުޙަބާ ކިޔާފައެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން...

ޔުމްނާ ޢަލީ
ޑްރަގް ވިއްކާކަމުގެ ތުހުމަތުގައި ހަތަރު ދިވެހިން ހައްޔަރުކޮށްފި

ޑްރަގް ވިއްކާކަމުގެ ތުހުމަތުގައި ހަތަރު ދިވެހިން ހައްޔަރުކޮށްފި

ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލާފާސްކޮށް މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުގައި އަންހެނަކާއި ތިން ފިރިހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ހުުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައި ވަނީ އެތަނުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން ފުލުހުންގެ ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން، މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދ...

ޔުމްނާ ޢަލީ
ތަސްލީމްގެ އެއްވެސް ހަބަރެއް ނެތް، އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިއްޖެ

ތަސްލީމްގެ އެއްވެސް ހަބަރެއް ނެތް، އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިއްޖެ

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ދަތުރުގޮސް އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43) ގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައި ނުވާކަމާއި ތަހުގީގަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަން ފުލުހުން މި މައްސަލައާއި ގުޅިގެން މިއަދު އާންމު ކުރި ބަޔާނުން ހާމަވެއްޖެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ 13:20 […]

އިބްރާހިމް ޚަލީލް
ވަގަށްނެގި ފޯނެއް ވިއްކާލާފައިވަނިކޮށް ހޯދައިފި

ވަގަށްނެގި ފޯނެއް ވިއްކާލާފައިވަނިކޮށް ހޯދައިފި

މާލޭގައި ވަގަށްނެގި ފޯނެއް ވިއްކާލާފައިވަނިކޮށް ފުލުހުން ހޯދައި، އެ ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ރޭ 18:30 ހާއިރު މާލޭގެ ރަށްފުސްގޯޅީގައި ހުންނަ ފިއުޝަން މާޓް ކައިރީގައި ފުލުހުންގެ ބީޓެއް ހަރަކާތްތެރިވަމުން ދަނިކޮށް، ބިދޭސީ ފިރިހެނަކު އޭނާ ދިރިއުޅޭ ގެސްޓްހައުސްގައި ނިދާފައި އޮއްވާ ފޯނެއް ގެއްލިގެން އުޅޭކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން ފުލުހުން ވަނީ ގެސްޓްހައުސްގެ ސީސީޓީވީ ކެމެރާގެ ފުޓޭޖް ބަލައި، އެ ފޯނު ވަގަށްނެ...

ޔުމްނާ ޢަލީ
ބިއްލޫރި ޝީޓްތަކެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

ބިއްލޫރި ޝީޓްތަކެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މިއަދު ހެނދުނު ފުވައްމުލަކު ސިޓީއަށް ބާލަން އުޅުނު ބިއްލޫރި ޝީޓްތަކެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 09:32 ހާއިރު ފުވައްމުލަކު ބަނދަރުގައި އޮތް ދޯންޏަކުން އެ ރަށަށް ބާލަން އުޅުނު ބިއްލޫރި ޝީޓްތަކެއް ވެއްޓި އެ އުފުލަން އުޅުނު ދެ ބިދޭސީއަކަށާއި ދެ ދިވެހިންނަށް އަނިޔާވެފައިވާކަމަށެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް […]

އިބްރާހިމް ޚަލީލް
400000 އަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

400000 އަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ޖަހަންގިރް އާލަމް އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ކްރިމިނަލް ކޯޓުގައި ފުލުހުން ވަނީ އެ މީހާ ސައިކަލުގެ މަޑިދަށުން 442،750 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާ އެ ވައްކަން ކުރިކަމަށް ބެލެވޭ ހެކި […]

އިބްރާހިމް ޚަލީލް
ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށްފި

ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށްފި

ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭ ބުނީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތްކުރުމަށް އެދި އަންހެނަކު ގޮވައި، ރޯ އަޑު އިވުމާ ގުޅިގެން ފުލުހުން ވަނީ އެތަނަށް ދިޔަކަމަށެވެ. އެތަނަށް ގޮސް ން އެ އެޕާޓްމަންޓްގެ ދޮރު ހުޅުވުމަށް ފުލުހުން އެންގުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރުލަށްޕައި ތަޅުލާފައިވާކަމަށް ފުލުހުން ބުންޏެވެ. ”އަނެއްކާވެސް އަންހެން...

ޔުމްނާ ޢަލީ
ޤައުމަށް ރީތި ނަން ހޯދައިދިން އެތުލީޓުންނަށް ރައީސްގެ މަރުޙަބާ

ޤައުމަށް ރީތި ނަން ހޯދައިދިން އެތުލީޓުންނަށް ރައީސްގެ މަރުޙަބާ

ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ޙާޞިލްކޮށް، ޤައުމަށް ހޯދައިދިން ރީތިނަން ހޯދައިދީފައިވާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އެ ޓީމަށް މަރުޙަބާ ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޙިއްޞާކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ބްރޯންޒް މެޑަލް ޙާޞިލްކޮށްފައި ވަނީ އަންހެން...

ޔުމްނާ ޢަލީ