ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް: ދޮޅު ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދަށް
ނ. ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ދޮޅުކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދުކޮށްފި އެވެ. ފުލުހުންގެ މަޢުލޫމާތު ދިނުމުގައިވާ ގޮތުން، ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި މަހުގެ 12 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި، ވެލިދޫގެ ބައެއް ގެތައް ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް...