ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކްސިޑެންޓްވި ސްޕޯޓްސް ކާރު ދުއްވި މީހާ މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި, އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ކާރު ދުއްވަން އިން އިބްރާހިމް އިކްރާމާއި ކާރުގައި ދެން ތިބި އިކްރާމުއްރަހްމާނާއި ޖިނާހް އިސްމާއިލެވެ. އެ ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓަށްފަހު ފިލައިގެން އުޅެނިކޮށެވެ.
އޭގެ ތެރެއިން އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ހައިކޯޓުން އިއްޔެ ބާތިލްކުރުމުން އޭނާ އިއްޔެ ވަނީ މިނިވަން ވެފައެވެ. އޭނާ މިނިވަންކުރަން ހައި ކޯޓުން އިއްޔެ އަމުރުކުރީ އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.
ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް: ސައިކަލާއި ކާރު ޖެހި އެކަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ
ހައި ކޯޓުން ކުރި ހުކުމުގައިވަނީ އަކުރަމް ވަކީލަކު އައްޔަންކޮށްފައި ވަނިކޮށް އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ ވަކީލެއްގެ ފުރުސަތު ގެއްލޭ ގޮތަށް ކަމަށެވެ. އަދި ވަކީލެއްގެ ފުރުސަތު ނުދީ އޮތުމުން, އޭނާ ބަންދުކުރަން ނެރުނު އަމުރު ބާތިލްކުރާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ ހައި ކޯޓުން ދޫކޮށްލައިފި
އޭނާ މިނިވަންވުމުން ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ރޭ 9:33 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކަން ހިނގިގޮތް ތަހުގީގުކޮށް އިހުމާލުވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އަލުން އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެއަށްފަހު ރޭ މެންދަމު 1:36 ވަޒީރު އިޙްސާން އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް، އެ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!