މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,842 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 31 ވަނަ ޞަފްޙާ

އީ-ފާސްއާއެކު ނޭނގި ޕާޓީ ބަދަލުކުރުން ހުއްޓުވިއްޖެ، ޕީއެންއެފުން ފަތުރަނީ ދޮގު: އީސީ

އީ-ފާސްއާއެކު ނޭނގި ޕާޓީ ބަދަލުކުރުން ހުއްޓުވިއްޖެ، ޕީއެންއެފުން ފަތުރަނީ ދޮގު: އީސީ

ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ‘އީ-ފާސް’ ތަޢާރަފްކުރުމާއެކު މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށާއި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެ ކޮމިޝަނާމެދު ކުރަމުންދަނީ ޙަޤީޤަތާ ޚިލާފު ދޮގު ތުހުމަތުތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ އާންމުންނާއި ޕާޓީތަކުގެ ފަރާތުން...

އަލީ އާދިލް
މާލޭ ތޮށިގަނޑު ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފި

މާލޭ ތޮށިގަނޑު ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފި

މާލޭ ސްކޭޓް ޕާކާ ދިމާ ބޭރުތޮށިގަނޑުގެ ހިލަތަކުގެ ތެރޭގައި ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށް، ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ސްކޭޓް ޕާކާ ދިމާ ތޮށިގަނޑު ހިލަތަކުގެ ތެރޭގައި މީހަކު ތާށިވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހަވީރު 17:16 ހާއިރުގައެވެ. މި ހާދިސާ ރިޕޯޓުކުރުމާ ގުޅިގެން އެމީހާ ސަލާމަތް ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ފުލުހުން ވަނީ […]

ޔުމްނާ ޢަލީ
އަންވަރުގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ވަނީ ފެށިފައި: ރައީސް

އަންވަރުގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ވަނީ ފެށިފައި: ރައީސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގައި އައު ބާބެއް ހުޅުވިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއް ރީޕޯސްޓް ކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގ...

ޔުމްނާ ޢަލީ
''މާލީ މުޢާމަލާތްތަކުގައި ޢަދުލުވެރިވެ، ދަރަނި އަދާކުރުމުގައި ފަރުވާތެރިވުމަކީ އީމާންކަމުގެ ޢަލާމާތެއް''

''މާލީ މުޢާމަލާތްތަކުގައި ޢަދުލުވެރިވެ، ދަރަނި އަދާކުރުމުގައި ފަރުވާތެރިވުމަކީ އީމާންކަމުގެ ޢަލާމާތެއް''

މާލީ މުޢާމަލާތްތައް ކުރުމުގައި ޢަދުލުވެރިކަމާ އެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެއް ކަމަށާއި، ގަނެވިއްކުމުގައި ތެދުވެރިވެ، މުޢާމަލާތްތަކުގައި އަމާނާތްތެރިވެ، އަދި ދަރަނި އަދާކުރުމުގައި ފަރުވާތެރިވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. “މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން” މި މައުޟޫޢަށް ޚާއްޞަކޮށްގެން  ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބަޔާންކޮށްފައިވަނީ، މުދަލުން ހޭދަކުރުމުގައި އިޤްތިޞާދު ކުރުމަކީ އިސްލާމްދީން ދައްކައިދީފައިވާ މަގު ކަމަށެވެ. އެގޮތުން މުދަލުނ...

ޔުމްނާ ޢަލީ
ސަރުކާރުން އަލަށް އަޅާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ނިޒާމެއް ގާއިމްކުރަނީ

ސަރުކާރުން އަލަށް އަޅާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ނިޒާމެއް ގާއިމްކުރަނީ

ސަރުކާރުން އަލަށް ތަރައްޤީކުރާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ނިޒާމެއް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި ބައިވެރިވި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވި އަޑުއިވުމުން މަހުރޫމްވެފައިވާ ދެމަފިރިއަކު ވަނީ އެމީހުންނަށް ދިމާވާ ތަކުލީފުތައް ރައީސްއަށް ހިއްސާކޮށްފައެވެ. އެގޮތުން އެމީހުން ދިރިއުޅޭ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއ...

ޝިއުނާ އާދަމް
އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުވާނެ، ބޭނުންވަނީ ލިބޭ އެއްޗެއް ބޮޑުކުރަން: ރައީސް

އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުވާނެ، ބޭނުންވަނީ ލިބޭ އެއްޗެއް ބޮޑުކުރަން: ރައީސް

ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް މުރާޖައާކުރާއިރު، އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ ކުޑަނުވާނެ ގޮތަށް މުސާރަތައް ކަނޑައެޅުއްވުމަށް އަންގަވާފައިވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.   ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ސިލްސިލާ ޕްރޮގްރާމްގައި ބައިވެރިވި އާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގެ ހަވަނަ އެޕިސޯޑްގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވަނީ މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރ...

ޔުމްނާ ޢަލީ
ޖިންސީ އަމަލެއް ހިންގާ މަންޒަރު ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް

ޖިންސީ އަމަލެއް ހިންގާ މަންޒަރު ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް

ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކި މައްސަލައެއްގައި މީހަކު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ އަހުމަދު ނައީމް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އެ މީހާގެ މައްޗަށް ކޯޓުން މި ހުކުމް އިއްވީ ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގާ މަންޒަރު ދެއްކިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ނައީމްގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި [...

އަލީ އާދިލް
ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާނުކޮށް ގެންނަ ބަދަލުތަކުގެ ނުރަނގަޅު ނަތީޖާއާ ކުރިމަތިލާންޖެހޭނެ: ޝާހިދު

ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާނުކޮށް ގެންނަ ބަދަލުތަކުގެ ނުރަނގަޅު ނަތީޖާއާ ކުރިމަތިލާންޖެހޭނެ: ޝާހިދު

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމެއް ނެތި ގެންނަ ކޮންމެ ބަދަލަކީ، އޭގެ ނުރަނގަޅު ނަތީޖާއާ ފަހުން ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.   އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕޭން ފައްޓަވާފައިވާ ޝާހިދު މިހެން ވިދާޅުވީ، މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދުގެ ޕޯސްޓްގައި ވިދާޅުވީ ފަތުރުވެރިކަމާ ގުޅޭ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަ...

އަލީ އާދިލް
އުނގޫފާރުގައި ކުރިއަށްދާ ސާޖިކަލް ކޭމްޕުގައި ކާމިޔާބުކަމާއެކު ގިނަ އޮޕަރޭޝަންތަކެއް

އުނގޫފާރުގައި ކުރިއަށްދާ ސާޖިކަލް ކޭމްޕުގައި ކާމިޔާބުކަމާއެކު ގިނަ އޮޕަރޭޝަންތަކެއް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދާ ހާއްސަ ސާޖިކަލް ކޭމްޕުގެ ތެރެއިން ގިނަ އޮޕަރޭޝަންތަކެއް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. މި ކޭމްޕުގައި ހަރަކާތްތެރިވާ ސާޖަރީ ޓީމުން ދަނީ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އައިޖީއެމްއެޗުން ބުނެފައިވަނީ މި ޓީމުގެ ކޮމިޓްމަންޓާއި ހުނަރުވެރިކަމުގެ އިތުރުން، އެންމެން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ސާޖިކަލް ފަރުވާގެ ފެންވަރު ރަނގަޅުވެ، އެ ސަރަހައްދުގެ ބަލިމީހުން...

ޔުމްނާ ޢަލީ
ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ ހަ އަހަރުފަހުން އުމުރަށް ޖަލަށް

ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ ހަ އަހަރުފަހުން އުމުރަށް ޖަލަށް

ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލާން ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ގުރައިދޫގެ ސިނާއީ ސަރަހައްދުގައި 2020 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު އަލޮމް މިއާ އެވެ. އަދި އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ވެސް ބަންގްލަދޭޝްގެ ބަބުލް މިއާގެ މައްޗަށެވެ. އެ މައްސަލާގައި ބަބުލް އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން […]

ހުސައިން ހަބީބް
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން، އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 17 ސެޕްޓެމްބަރު 2026 ވީ ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ. މި މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް...

ޔުމްނާ ޢަލީ
ކައްދޫ އެއާޕޯޓު ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކައްދޫ އެއާޕޯޓު ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ލ. ކައްދޫ އެއާޕޯޓު ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކަކާއެކު 31 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށު، ހަޒާރުމާގެ، ޢަބްދުﷲ ޤާސިމް (31އ) އެވެ. ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 7:13 އެހައިކަންހާއިރުއެވެ. އެގޮތުން ކައްދޫ އެއާޕޯޓު ތެރެއިން އޭނާ […]

އަލީ އާދިލް
1،119 މެންބަރުންގެ އިއްތިފާގުން 2028 ގެ ޕީއެންސީ ޓިކެޓް ރައީސް މުޢިއްޒަށް!

1،119 މެންބަރުންގެ އިއްތިފާގުން 2028 ގެ ޕީއެންސީ ޓިކެޓް ރައީސް މުޢިއްޒަށް!

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް އެދި ޕީއެންސީގެ މަތީ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ފާސްކޮށްފިއެވެ. މި ގަރާރު ފާސްކޮށްފައިވަނީ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މިއަދު ހެނދުނު ކުރިއަށްދިޔަ ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގެ ބައްދަލުވު...

އަޙްމަދު ވަހީދު
150 މިލިއަން ޑޮލަރުގެ އެސްބީއައި ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފި

150 މިލިއަން ޑޮލަރުގެ އެސްބީއައި ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިއެވެ. މިއީ ދައުލަތުގެ ބަޖެޓު ހަމަޖެއްސުމުގެ ބޭނުމުގައި 2019 ވަނަ އަހަރު ތިން ފަހަރު މަތިން ނަގާފައިވާ ލޯނެކެވެ. ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު މި ލޯނު ނަގާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްގެ ގޮތުގައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާރިޗު […]

ޔުމްނާ ޢަލީ
ގާރލްގައިޑް ހަރަކާތަކީ ފަރުދީ އަދި އިޖުތިމާއީ ޝަޚްޞިއްޔަތު ގުޅުވައިދޭ ކަމެއް: މެޑަމް ސާޖިދާ

ގާރލްގައިޑް ހަރަކާތަކީ ފަރުދީ އަދި އިޖުތިމާއީ ޝަޚްޞިއްޔަތު ގުޅުވައިދޭ ކަމެއް: މެޑަމް ސާޖިދާ

25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މިއަދު ހަވީރު ވިލިމާލޭގައި ބޭއްވި މި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވުމުގެ ގޮތުން އެކި ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުން ވަނީ އެކަމަނާއަށް ގާރޑް އޮފް އޮނަރ އެއް އަރުވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ގާރލްގައިޑް ޙަރަކާ...

އަލީ އާދިލް