ތޮއްޑޫގައި ހާއްސަ އޮޕަރޭޝަނެއް: 507 ބިދޭސީން ބަލައިފާސްކޮށް، 107 މީހަކު އަތުލައިގަނެފި
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ އއ. ތޮއްޑޫގައި ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ހިންގައި 500 އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށްފިއެވެ. މިއަދު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 107 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިމިގްރޭޝަން ގުޅިގެން ތޮއްޑޫގައި ކުރިއަށްގެންދިޔަ މި ހަރަކާތް ހިންގާފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަ...