ދިރާސީ އާ އަހަރު، މި އަހަރުގެ އޭޕްރީލްމަހުގެ 7 ވަނަ ދުވަހު ފަށާ ގޮތަށް ދިރާސީ އަހަރުގެ އެކަޑަމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމު ކުރި 2026-2025 ގެ އެކަޑެމިކް ކަލަންޑަރ އިން ދައްކާ ގޮތުގައި ފުރަތަމަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަ ޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުުގައި ޖުމްލަ 81 ދުވަހު ކިޔަވައިދޭ ގޮތަށް ހަމަ ޖެހިފައިވާއިރު ދެވަނަ ޓާމުގައި ކިޔަވައީދޭނީ 99 […]
އައިޝަތު އައިނީ އާމިރު
މި އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ބޭސް ހެޔޮ އަގުގައި އެސްޓީއޯ ބޭސްފިހާރަތަކުން ލިބެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މީދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މިދާދި ފަހުން ބޭސް ލިބުން ދަތިވެފައިވަނީ ބޭހުގެ އަގު ދަށްކުރުމުން، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި...
ޔުމްނާ ޢަލީ
ރަމަޟާންމަހު ޢުމްރާއަށްދާ ފަރާތްތައް މެނިންޖައިޓިސް ވެކްސިން ޖެހުމަށް ސަޢޫދީން އިލްތިމާސްކޮށްފިއެވެ. ރަމަޟާން މަހު ޢުމްރާއަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކުން މެނިންޖައިޓިސް ވެކްސިން ޖެހުމުގެ މުހިންމުކަން ސަޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ މިނިސްޓްރީން ފާހަގަ ކޮށްފައިވާއިރު، މިއީ ބަލިތަކުން ރައްކާތެރިވުމަށާއި ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސަޢޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ. ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގެ މަދުވެގެން...
އަޙްމަދު ދާއޫދު
މަސްވެރިންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހަދަން ބޭނުންފުޅުވާކަމަށާއި، ހަމައެޔާއެކު އެހެން ފަންނުތަކުގެ މީހުންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެގޮތަށް ކަންކަން ތަރުތީބުކުރެއްވުމަކީ ވިސްނުންފުޅެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮ...
ޙުސައިން ޝަހުދީ
ދ. މާއެނބޫދޫ ބިންހިއްކައި، އެ ރަށަށް ވަކި ރަށެއް ވެސް ހިއްކައި ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވާހަކަފުޅުގައި، އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން މާއެނބޫދޫއަށް ވަޑައިގެންނެ...
ޔުމްނާ ޢަލީ
ދިވެހި މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އިލްތިމާސްކުރައްވައިފިއެވެ. ރައީސް މި އިލްތިމާސް ކުރެއްވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެއަތޮޅު ކުޑަހުވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދޮގު ވާހަކަތަކަށް ފަތުރަމުންދާކަން ފާހަގަކުރަށްވ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް މި އަހަރުގެ ރޯދަމަހުގައިވެސް ފެނާއި ކަރަންޓު ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އިއުލާންކުރައްވައިފިއެވެ. ރައީސް މުޢިއްޒު މި ކަން އިއުލާންކުރެއްވީ، އެމަނިކުފާނު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސަރުކާރުން ވަނީ މިދިޔަ އަހަރު ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ. “ކުރީ ރޯ...
ޔުމްނާ ޢަލީ
ކުޑަހުވަދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އެޅޭނެމަގު ތަނަވަސްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ދ.އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއި ބައްދަލުކުރަަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން ރައީސް މުޢިއްޒު ވަނީ ކުޑަހުވަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލައަށް އައު ޙައްލެއް ހުށ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި އިސްލާހް ގެނައުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހްގެނައުމުގެ ބިލެއް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި ބިލަކީ އޭނާ އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. ސައްތާރު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ރައްޔިތުން ކުރާ އެންމެ ފޮނި އުންމ...
ޔުމްނާ ޢަލީ
ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ނުވަތަ ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދ.އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވުޒާރާއިން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އ. ވިލިނގިލި، ވައިޖެހޭގެ އަލްފާޟިލް ޔަޒްމީދު މުޙައްމަދު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޖޭއެސްސީ އަށް ޔަޒްމީދު ޢައްޔަނުކޮށްފައި ވަނީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައެވެ. ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، ރައީސް ވަނީ މުޙައްމަދު ސ...
ޔުމްނާ ޢަލީ
ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް، ހެލްތް މިނިސްޓްރީގެ ފަރާތުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މި މަޝްރޫޢުގެ އަގަކީ 181 މިލިއަން ރުފިޔާ އެވެ. އަދި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. 50 އެނދުގެ މި ހޮސްޕިޓަލުގައި މެމޮގްރަފީ ޚިދުމަތް ލިބޭނެ ފެސިލިޓީއާއި، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރ ޤާއިމްކުރަން ނިންމާފައިވާއިރ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީގެ (ދ. އަތޮޅު) މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފައްޓަވައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރަށްރަށުގެ ހާލަތު...
ޔުމްނާ ޢަލީ
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް (ރ.އަތޮޅު ކައުންސިލް) އިދާރާއަށް ސިހުރުހާހޫރަ އާއި ފަންޑިތަ ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލާގައި، 21 ފެބްރުއަރީ 2025 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރު / ރިވެލި، މުޙައްމަދު އަމްޖަދު (61 އަހަރު) އާއި ރ. އުނގޫފާރު / ނަސީމީހިޔާ، މުޙައްމަދު ވަޙީދު (67 އަހަރު) އެވެ. މި ދެ މީހުންގެ ބަންދާމެދު […]
ޔުމްނާ ޢަލީ
މާލޭގައި ކާރެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެއް ހިނގައި އެއްގަމު އުޅަނދުތަކަކަށް މިއަދު ގެއްލުންވެއްޖެއެވެ، ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:50 ހާއިރު އަމީނީމަގުގެ ގާކޮށި ކުރިމަތީގައެވެ. މި ހާދިސާގައި ދުއްވާފައިދިޔަ ކާރު ކޮންޓްރޯލްނުވެ އެސަރަހައްދުގައި ޕާކުކޮށްފައި ހުރި 6 ސައިކަލަކަށާއި ކާރަކަށް ޖެހި، އެތަކެއްޗަށް ގެއްލުންވެފައިވާކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓްގެ މައްސަލަ ބަލަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓްގ...
ޔުމްނާ ޢަލީ