މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 277 ވަނަ ޞަފްޙާ

މާލެ ސަރަހައްދުގައި މި އަހަރު ތަރާވީހް ނަމާދު ހިފްޡުކޮށް ކުރާނީ 24 މިސްކިތުގައި

މާލެ ސަރަހައްދުގައި މި އަހަރު ތަރާވީހް ނަމާދު ހިފްޡުކޮށް ކުރާނީ 24 މިސްކިތުގައި

މި އަހަރުގެ ރަމަޟާން މަހު މާލެ ސަރަހައްދުގައި ހިފްޡުކޮށް ތަރާވީހް ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ 24 މިސްކިތެއްގައި ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތަކާއި، ހުޅުމާލޭގެ 7 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ 1 މިސްކިތެވެ. މާލޭގައި ހިފުޡްކޮށް ތަރާވީހް ނަމާދުކުރާ މިސްކިތްތައް: މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) މަސްޖިދު މަލިކި ސަލްމާން މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގ...

އިބްރާހިމް ޚަލީލް
''މިއީ ނުފޫޒެއް ނުފޯރުވައި ފްލެޓް ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު''

''މިއީ ނުފޫޒެއް ނުފޯރުވައި ފްލެޓް ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު''

މިއީ ނުފޫޒެއް ނުފޯރުވައި ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. މާލޭގެ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، މިހާރު ނިމެމުންދާ 4000 ފްލެޓް ލިބޭ މީހުންގެ ލިސް އިޢުލާނުކުރެވިފައިވާކަން ވަނީ ފާހަގަކުރަށްވާފައެވެ. މިގޮތުން އެ ލިސްޓް ނެރެވުނީ، މިދިޔަ ސަރުކާރުން އިޢުލާނުކުރި ލިސްޓުގައި ހުރި އެކިއެކި މައްސަލަތައް ބަލައި، އޭ.ސީ.ސީ.އިން ފާހަގަކޮށްފައި ހުރި ކަންކަން ބަލައި، އެ ސަރު...

ޔުމްނާ ޢަލީ
ތަފާތު ފީޗަރސްތަކާއި ކުޅިވަރުތަކާއި ތަންތަން އިތުރުކޮށް ސަލްޓަން ޕާކު ތަރައްގީކުރަން ފަށަނީ

ތަފާތު ފީޗަރސްތަކާއި ކުޅިވަރުތަކާއި ތަންތަން އިތުރުކޮށް ސަލްޓަން ޕާކު ތަރައްގީކުރަން ފަށަނީ

ސަލްޓަން ޕާކު އަލުން ތަރައްޤީކުރެވިގެންދާއިރު ތަފާތު ފީޗަރސްތަކާއި ކުޅިވަރުތަކާއި ތަންތަން އިތުރުކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މާލޭގެ ސަލްޓަން ޕާކަށް އިޝާރާތް ކުރަށްވާ ވިދާޅުވީ، އެތަނުގެ ޙާލަތުވެސް ހުރީ ޢިއްޒުއްދީން ފާލަން ބަންދުކުރުމާ ހަމަޔަށް ހުރި ޙާލަތުގައި ކަމަށެވެ. ”މިދިޔަ ފަސްވަރަކަށް އަހަރު ދުވަހު، މިދިޔަ ދެތިން އަހަރު ދުވަހު ޚާއްޞަކޮށް އެއްވެސްވަރަކަށް އަޅުގަނޑު...

ޔުމްނާ ޢަލީ
ޢިއްޒުއްދީން ފާލަން ދިވެހިވަންތަކަމާއި، ފަންނުވެރިކަމާއި މާޒީއާއި ކުރިމަގުވެސް ރަމްޒުކޮށްދޭ: ރައީސް

ޢިއްޒުއްދީން ފާލަން ދިވެހިވަންތަކަމާއި، ފަންނުވެރިކަމާއި މާޒީއާއި ކުރިމަގުވެސް ރަމްޒުކޮށްދޭ: ރައީސް

ޢިއްޒުއްދީން ފާލަމުން ދިވެހިވަންތަކަމާއި، ދިވެހިރާއްޖޭގެ ފަންނުވެރިކަމާއި، ރާއްޖޭގެ މާޒީ އަދި މުސްތަޤްބަލްވެސް ރަމްޒުކޮށްދޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރެއްވުމަށް ފަހު ރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރިންހުރި ފާލަން ހަލާކުވެގެންދިޔުމުން އަލުން މަރާމާތުކޮށް ހެދިގެންދިޔަ ފާލަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ...

ޔުމްނާ ޢަލީ
4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް ނެރެފި

4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް ނެރެފި

“ގެދޮރުވެރިޔާ” ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފިއެވެ. މި ލިސްޓް އާންމުކޮށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ، ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޢާންމުކޮށްފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ޞައްޙަކުރުމަށް އެ ނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެހެންވެ އެ ލިސްޓު ޢާންމުކުރާކަމަށެވެ. މި ލިސްޓު ސައްޙަ ކުރުމުގެ މަސައްކަތު...

ޔުމްނާ ޢަލީ
ޝަރުތު ހަމަވީ 1820 މީހުން، ޝަކުވާ ހުށަހަޅަން މަސް ދުވަހުގެ މުއްދަތު

ޝަރުތު ހަމަވީ 1820 މީހުން، ޝަކުވާ ހުށަހަޅަން މަސް ދުވަހުގެ މުއްދަތު

“ގެދޮރުވެރިޔާ” ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓްގެ ލިސްޓުގެ ވެރިފިކޭޝަން މަސައްކަތް ނިމި، ޝަރުތު ހަމަވަނީ 1820 މީހުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި 4,939 މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އަލުން ކުރެވުނު އިވެލުއޭޝަނުން ފާހަގަވެފައިވަނީ މުޅިން ތަފާތު...

ޔުމްނާ ޢަލީ
އަންހެނަކު ރޭޕުކުރިކަމުގެ ތުހުމަތު 63 އަހަރުގެ ފިރިހެނަކަށް

އަންހެނަކު ރޭޕުކުރިކަމުގެ ތުހުމަތު 63 އަހަރުގެ ފިރިހެނަކަށް

ތ. މަޑިފުށީގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މިކަމުގެ ތުހުމަތު ކުރެވެނީ 63 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަދި އެމީހާ މިހާރު ވަނީ ނިޔާވެފައިކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މި މަހުގެ 23 ވަނަ ދުވަހުކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި އެރަށުގައި އަންނަނީ އިހުތިޖާޖު ވެސް ކުރަމުންނެވެ. އެ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ހދ. ކުޅުދުއްފުށީ ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމެއް ބަހައްޓައި ޚިދުމަތް ފަށައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އަދި ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވެސް ބައިވެރިވެލެއްވިއެވެ. މިކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ޚިދުމަތް ކުޅުދުއްފުށީ ސިޓީގައި ފުޅާ...

ޔުމްނާ ޢަލީ
ފަނޑިޔާރުން ވަކިކުރާ އިސްލާހު ގާނޫނުއަސާސީއާ ހިލާފް: ބާ ކައުންސިލް

ފަނޑިޔާރުން ވަކިކުރާ އިސްލާހު ގާނޫނުއަސާސީއާ ހިލާފް: ބާ ކައުންސިލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހެއް ކަމަށް ބާ ކައުންސިލުން ވެސް މިއަދު ބުނެފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ދަށްކުރަން ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނިކޮށް ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތަށް ގާނޫނަށް ގެންނަ ބަދަލަކުން ފަނޑިޔާރުން ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ފަނޑިޔާރުންގެ މަސައްކަތާ އެއްވެސް ފަރާ...

ހުސައިން ހަބީބް
ހުޅުމާލޭގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 22:54 ހާއިރުއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / ފިޔަތޮށިގޭ މުޙައްމަދު ލުބާން ޣައްފާރު (26 އަހަރު) އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެެދު […]

ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފި

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަގުތީގޮތުން ސަސްޕެންޑުކޮށްފިއެވެ. ޖޭއެސްސީން ބުނީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކޮމިޝަނަށް އަންގާފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެޤީޤެއް ކުރަމުންދާ ކަމަށެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުން، ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސ...

ޔުމްނާ ޢަލީ
މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މާދަމާ އަޑުއެހުމެއް

މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މާދަމާ އަޑުއެހުމެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އެއްވެސް މެންބަރަކާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން މާދަމާއަށް ތާވަލްކޮށްފި އެވެ. ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އޭނާގެ ފަރ...

ހުސައިން ހަބީބް
އިހްސާންގެ އިތުބާރުނެތް ކަމަށް ދައްކަން އުޅެނީ ހަމަނުޖެނުން ނަގާލަން: ނައިބު ރައީސް

އިހްސާންގެ އިތުބާރުނެތް ކަމަށް ދައްކަން އުޅެނީ ހަމަނުޖެނުން ނަގާލަން: ނައިބު ރައީސް

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ދާޚިލީ ވަޒީރު އިހްސާންގެ އިތުބާރުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނައިބު ރައީސްގެ ޕޯސްޓްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ތެރެއިން ޖ...

ޔުމްނާ ޢަލީ
ހުޅުދެލީ ބިންހިއްކުމުގެ މަސައްކަތް ޖުލައި މަހު ފަށަނީ

ހުޅުދެލީ ބިންހިއްކުމުގެ މަސައްކަތް ޖުލައި މަހު ފަށަނީ

ދ. ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާނުކުރެއްވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، ހުޅުދެލީގެ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވާނެއެވެ. އަދި މި މަސ...

ޔުމްނާ ޢަލީ
ފްލެޓް ލިސްޓް މާދަމާ އާންމު ކުރަނީ

ފްލެޓް ލިސްޓް މާދަމާ އާންމު ކުރަނީ

4000 ފްލެޓްގެ ލިސްޓު އަންނަ ބުރާސްފަތި ދުވަހު (މާދަމާ) އާންމުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހުޅުދެލީގައި އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ލިސްޓް ރޯދައިގެ ކުރިން އާންމުކުރަށްވާނެކަމަށް ރައީސް ވަނީ މީގެ ކުރީން ވެސް ވިދާޅުވެފައެވެ. ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެ: ރައީސް ހުޅުދެލީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވި...

ޔުމްނާ ޢަލީ