ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިންނެވެ. މިއަދު ހެނދުނު ބޭއްވުނު ހާއްސަ ހަފްލާއެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެ ކުންފުނީގެ އިސްވެރިން ސޮއިކުރެއްވިއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއް...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ރައީސް ވަނީ ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖަޕާނުގެ އެމްޕެރާ ހިޒް މެޖެސްޓީ ނަރުހިތޯ އަދި ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ ޝިގެރޫ އިޝިބާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި، ޖަޕާނުގެ އެމްޕެރާއަށާއި ބޮޑުވަޒީރަށް ވަކި ވަކިން ރައީސް ފޮނުއްވި ސިޓީފުޅުތަކުގައި، ރާއްޖެއާއ...
ޔުމްނާ ޢަލީ
މާލޭގެ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މާލޭގެ ބުރުޒުމަގުގައި ހުންނަ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާއިސާ ނުދައްކާ ދާން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހަނދުވަރުދޭ / އދ. މާމިގިލީ، ޔާޝިން ރަޝީދު (23 އަހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގާފައިވަނީ 20 ފެބްރުއަރީ 2025 ވަނަ ދުވަހުގެ [...
ޔުމްނާ ޢަލީ
މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކަންކަން މިހާރު ވަނީ ހަމަޖެހިފައިކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑް) މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތަކުގެ މުއައްސިސުންނާއި، އެޑިޓަރުންނާ މިއަދު ބައްދަލުކުރަށްވާ ދެއްކެވި ވާހަކާގައެވެ. ’’ހައި-ޓީ’’ ނަމުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އަސްވާޑް ވިދާޅުވީ، މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކަންކަން މިހާރު މާލީ ވުޒާރާއިން ހަމަޖައްސާފައިވާ ކަމަށެވެ. މީޑިއާތަކަށް ފައިސާ...
ޔުމްނާ ޢަލީ
ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނާއި ވަލީއަހުދަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ (ފެބްރުއަރީ 22 ވަނަ ދުވަހަކީ) ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް އިޚްލާޞްތެރި ތަހުނިޔާއ...
ޔުމްނާ ޢަލީ
ލ. އަތޮޅު ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމާ ގުޅިގެން ރައީސް ވަނީ އިއްޔެ ޤަރާރެއް ނެރުއްވައި، ގަމުގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިވެއެވެ. ރައީސް މުޢިއްޒު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ޤާނޫނުން، ދިވެހިރާއްޖ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސެއިންޓް ލޫސިއާގެ 45 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ އިސްވެރިންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒު މި ތަހުނިޔާ ފޮނުއްވާފައިވަނީ ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ހިޒް އެކްސެލެންސީ ސައިރިލް އީ.އެމް. ޗާލްސްއަށާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ އޮނަރަބަލް ފިލިޕް ޖޯސެފް ޕިއޭރއަށެވެ. މީގެ އިތުރުން އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ރައީސް މުޢިއްޒު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް މުޢިއްޒު މި ތަހުނިޔާ ފޮނުއ...
ޔުމްނާ ޢަލީ
ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ބެހުމަށް މާލެ ސަރަޙައްދުގައި އިތުރު ތަންތަން ހަމަޖައްސައި މާދަމާއިން ފެށިގެން ޖުމްލަ 13 ތަނަކުން މަސްދަޅު ދޫކުރާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިއަދު ވިދާޅުވި ގޮތުގައި، މާދަމާ (ހޮނިހިރު) ރޭ ފެށިގެން މާލޭގައި، ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑިބަރި ކައިރިން، ސޯޝަލް ސެންޓަރު، ހެންވޭރު ދަނޑު އަދި ހުޅުމާލޭ ފޭސް 1 އާއި 2 […]
ޔުމްނާ ޢަލީ
މާހެފުމަކީ ބިދުޢައެއް ނޫންކަމަށާއި، އެއީ ދިވެހިންގެ އިޖުތިމާއީ އާދައެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. މާހެފުމަކީ ކޮންމެ ރަމަޟާންމަހެއް ގައިދޮށްވުމުން ދިވެހިންގެ ތެރޭގައި އޮންނަ ކަމެކެވެ. މިގޮތުން ޢާއިލާތަކުގެ މެދުގައާއި، އެކުވެރީންނާއި، އޮފީސް، ކުންފުނި އަދި ޖަމާއަތްތަކުގެ މެދުގައި ވެސް މާހެފުމުގެ ނަމުގައި ޖާފަތްތައް ބާއްވަމުން އައުމަކީ ދިވެހިންގެ އާދަކާދައެއްގެ ގޮތުގައި ހިނގަމުން އަންނަ ކަމެކެވެ. މިކަމަށް އިޝާރާތްކުރަށްވައި ވަޒީރު ޝ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއެކު 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން 19 ފެބްރުވަރީ 2025 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގައި ހުރި އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްސާއެ...
ޙުސައިން ޝަހުދީ
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ މީހަކު އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފިއެވެ. އިންޒާރުދިން މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް މިނިސްޓަރ ހަލީލް މިވަގުތު ހުންނެވީ ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ ވެރިރަށް ކޮލޮމްބޯގައެވެ. މިނިސްޓަރު ހަލީލް ލަންކާ ދަތުރު ފެއްޓެވި ދުވަހުން ފެށިގެން ޝޯޝަލް މިޑީއާގައި “ނަދީޝް ޕެރޭރާ” ކިޔާ އައިޑީއަކުން ވަނީ އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް...
އިބްރާހިމް ޚަލީލް
ދިވެހީންގެ ގޮތުގައި ދިވެހީން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހިދިދަ، ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި، ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ “ދިވެހި” ބަހާއެވެ. އަދި މާޒީއާއި، މިއަދު އަދި މާދަމާވެސް، ދިވެހީންގެ...
ޔުމްނާ ޢަލީ
އަލިފާނުގެ ހާދިސާއެއް ހިނގާ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ގެ ޢާއިލީ ގެއެއްކަމަށްވާ “ގާލެންޑް” ގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ވެއްޖެއެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މައުލޫމާތު ރޭ ފަތިހު 05:11 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށާއި، ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެ ގޭގައި […]
އިބްރާހިމް ޚަލީލް
މާލޭގެ އެކި ސަރަހައްދުތަކުން ބަލިވެފައިވާ އަދި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާތީ، މިކަމާ ގުޅޭގޮތުން ތަހުލީލުކުރުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފަށައިފިއެވެ. އެ ވުޒާރާއިން މިއަދު ބުނެފައިވަނީ، މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން ވުޒާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން، މިކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މައްސަލައިގެ ސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލް އާންމުކޮށް ހާ...
ޔުމްނާ ޢަލީ
ފުދުންތެރިކަން ކުޑަ 300 ޢާއިލާއަށް، ކަދުރު ޙަވާލުކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މަމްސް އެއިޑާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މިއަދު ބުނީ ރޯދަމަހާ ގުޅިގެން، ފުދުންތެރިކަން ކުޑަ 300 ޢާއިލާއަށް، ކަދުރު ޙަވާލުކުރުމަށްޓަކައި މަމްސް އެއިޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މިކަދުރަކީ މިމަޤުޞަދުގައި ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން މިނިސްޓްރީއަށް ހަދިޔާކޮށްފައިވާ ކަދުރުކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއ...
ޔުމްނާ ޢަލީ