މަންދީއާ ދެކޮޅަށް ރައީސްގެ އަނބިކަނބަލުން ކުރައްވާ ދައުވާގެ ޝަރީއަތް ފަށައިފި
އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ފެމިލީ ކޯޓުގައި ކުރާ ދައުވާގެ ޝަރީއަތް ފެމިލީ ކޯޓުން މިއަދު ފަށައިފި އެވެ. މަންދީގެ މައްޗަށް ސާޖިދާގެ ފަރާތްޕުޅުން ދައުވާކުރަނީ ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާއެއްގައި ވާހަކަ ދެއްކި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ފެމިލީ ކޯޓާއި ސިވިލް ކޯޓުގައި ވެސް މަންދީގެ މައްޗަށް ފަސްޓްލޭޑީ ވަނީ […]