އޮފީހެއްގެ ތެރެއިން އަތުލައިގަތް ގިނަ އަދަދެއްގެ ސިގިރެޓްތައް އަނބުރާ ހަވާލުކުރަން އަންގައިފި
މާލޭގެ އޮފީހެއްގެ ތެރެއިން އަތުލައިގަތް ގިނަ އަދަދެއްގެ ސިނގިރޭޓްތައް އަނބުރާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފި އެވެ. ހ. ހުޅުގަލީގައި ހިންގާ އޮފީހެއްގައި ސިނގިރެޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު ފުލުހުން އެތަން ފާސް ކުރިއިރު ގިނަ އަދަދެއްގެ ދުންފަތް ފެނިފައިވެ އެވެ. އެއީ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެކެވެ. އެތަކެތި އަނބުރާ ހޯދަން އެ ކުންފުނިން […]