މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,863 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 252 ވަނަ ޞަފްޙާ

ޝަހީމް އަދާލަތު ޕާޓީ އަށް އަލުން ސޮއިކުރަށްވައިފި

ޝަހީމް އަދާލަތު ޕާޓީ އަށް އަލުން ސޮއިކުރަށްވައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފިއެވެ. މި ސަރުކާރު އެންމެ ހިންގުންތެރި އެއް ވަޒީރުކަމުގައި ގިނަބަޔަކު ފާހަގަކުރާ ޝަހީމް މިކަން ޢިއުލާންކުރެއްވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. “މާތް ﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީ އަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން،” އެ ޕޯސްޓްގައި ޝަހީމް ވިދާޅުވެފަވެއެވެ. ޝަހީމް އަކީ އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޕީޕީ...

ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ރައީސް 

ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ރައީސް 

ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި، ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ވަރލްޑް ޓޫނާ ޑޭގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ ‘އެކްސް’ އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒު އެ ޕޯސްޓުގައި، މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެއާއިދުވާލު މަސައްކަތްކުރާ އެންމެހައި ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނި...

ޔުމްނާ ޢަލީ
އައިޖީއެމްއެޗް އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ، މިހާރު ފެތުރުން ކޮންޓްރޯލްކޮށްފި

އައިޖީއެމްއެޗް އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ، މިހާރު ފެތުރުން ކޮންޓްރޯލްކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނި، އެ ބެކްޓީރިއާ ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ. މީސްމީޑިއާ ގައި އައިޖީއެމްއެޗް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެންއައިސީޔޫގައި ތިބި ނާޒުކު ހާލަތުގައިވާ މަދު ކުދިންތަކެއްގެ ކިބައިން ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނިފައިވާ ކަމަށެ...

އަލީ އާދިލް
އައިސީޖޭގައި އިސްރާއީލާ ދެކޮޅަށް ރާއްޖެއިން ބަޔާން އިއްވައިފި

އައިސީޖޭގައި އިސްރާއީލާ ދެކޮޅަށް ރާއްޖެއިން ބަޔާން އިއްވައިފި

އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އދ.އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުންއިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެއިން ބަޔާން އިއްވައިފިއެވެ.  ރާއްޖޭގެ މި ބަޔާން އިއްވީ ބަންޑާރަނައި...

ޔުމްނާ ޢަލީ
ޑްރަގް ވިޔަފާރީގައި އުޅުނު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

ޑްރަގް ވިޔަފާރީގައި އުޅުނު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުލުމާލެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ސްޕެޝިއަލް އެންފޯސްމަންޓް ޓީމާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 30 އޭޕްރީލް 2025 ވީ ބުދަ ދުވަހު އިރުއޮއްސި 6:52 އެހާކަންހާއިރު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ހުއްޓުވުމަށްފަހުއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ހމ. ފްލެޓް ނަންބަރު 04-ޖީ-10 / މާލެ އަލީ ޢަބްދުالله...

އައިޝަތު އައިނީ އާމިރު
މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއް: ރައީސް

މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއް: ރައީސް

މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރެވޭ މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒުގެ ބަސްފުޅުގައި، މިއަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހު ފެށި މަސައްކަތް މިއަދާ ހަމައަށް އައިއިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް...

ޔުމްނާ ޢަލީ
މަސައްކަތްތެރީންގެ އަޑުއަހައި ކަންކަން ފަހިކޮށްދިނުމުގައި މިި ސަރުކާރު ދެމިއޮންނާނެ: ރައީސް 

މަސައްކަތްތެރީންގެ އަޑުއަހައި ކަންކަން ފަހިކޮށްދިނުމުގައި މިި ސަރުކާރު ދެމިއޮންނާނެ: ރައީސް 

މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރެވޭ މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ކޮންމެ ދުވަހަކީވެސް މަސައްކަތްތެރީންގެ ދުވަހެއްކަމަށާއި، ކޮންމެ ދުވަ...

ޔުމްނާ ޢަލީ
ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ސަމާލުކަމެއް ދިނުމަށް ރައީސްގެ އިލްތިމާސެއް

ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ސަމާލުކަމެއް ދިނުމަށް ރައީސްގެ އިލްތިމާސެއް

ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ބެލެނިވެރިންނަށް އިލްތިމާސް ރައީސް ޑރ. މުހައްްމަދު މުޢިއްޒު އިލްތިމާސްކުރަށްވައިފިއެވެ. ރައީސް މުޢިއްޒު މި އިލްތިމާސް ކުރެއްވީ މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވަނީ ދިވެހިންގެ މުރާލިކަމާއި މަސައްކަތްތެރިކަމަށް ތާރީޚުގައި ލިބިފައިވާ ތަޢުރީފުތަކާއި، ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަތަކުން ދިވެހީން...

ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިރޭ ހުޅުވާލައިފިއެވެ. އެ ފުރުސަތު ހުޅުވާލައި ދިފާއީ ވުޒާރާއިން ކުރި ޢިއުލާންގައި ވާގޮތުން މި ފުރުސަތުގެ ދަށުން ކުރިމަތިލެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ. އަދި އުމުރުން 16 އަހަރު ފުރި، 18 އަހަރު ނުފުރޭ ކުދިން، މި ޚިދުމަތުގައި ބައިވެރިވާން އެދޭނަމަ، އެ ކުއްޖަކު މި ޚިދުމަތުގައި ބައިވެރިވުމާމެދު […]

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ.ހަނިމާދޫ އާއި ހއ.ފިއްލަދޫއިން 5 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިމަހު 29 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޕަރ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ގުޅިގެން ހދ. ހަނިމާދޫއާއި ހއ. ފިއްލަދޫ ގައި ދެ އޮޕްރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަންތަކުގައި މަސްތުވަތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ 5 މީހަކ...

އައިޝަތު އައިނީ އާމިރު
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް މިރޭ ފުރުޞަތު ހުޅުވާލަނީ

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް މިރޭ ފުރުޞަތު ހުޅުވާލަނީ

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސްއިން މިރޭ ހުޅުވާލާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ. މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެއްގެ ދަށުން ތަޢާރަފުކުރެވޭ ޕްރޮގްރާމެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި 16 އަހަރާއި 18...

ޔުމްނާ ޢަލީ
ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަން ބޮޑު ތާއީދެއް

ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަން ބޮޑު ތާއީދެއް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވައި، އެކަން މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ. މި ސަރުކާރުގައި އެންމެ ހީވާގި އެއް ވަޒީރުގެ ގޮތުގައި ފާހަގަކުރެވޭ ޝަހީމް ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވިކަން ޢިއުލާންކުރަށްވައި، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރަށްވާނެކަން ވެސް ޢިއުލާން ކުރަށްވާފައެވެ. ”އެޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސ...

ޙުސައިން ޝަހުދީ
ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

ހދ.ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް އެ އަތޮޅު ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސް މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. ރައީސް ވަނީ މިގޮތަށް ކަނޑައަޅުއްވައި، ޤަރާރެއް ނެރުއްވާފައެވެ. މި ޤަރާރުގައި “ހިރިނައިދޫ” ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑަ...

ޔުމްނާ ޢަލީ
ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތަކާމެދު ސަމާލުވާން އެދިއްޖެ

ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތަކާމެދު ސަމާލުވާން އެދިއްޖެ

ފަހަކަށް އައިސް ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން މިއަދު ހާމަކޮށްފިއެވެ. މިކަމާއި ސަމާލުވުމަށް ހަނދާންކޮށް ދެމުން ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ބުނީ، ބޭރުފައިސާ މާރުކުރުމަށް ބޭނުންކުރާ މެސެޖިންގ އެެޕްތަކުގެ ގްރޫޕްތަކުގައި ސްކޭމަރުން ގިނަވެފައިވާ ކަމަށެވެ. އެހެންކަމުން، މުޢާމަލާތްކުރާއިރު އެފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހުއްދަ ލިބިފައިވާ ފަރ...

ޔުމްނާ ޢަލީ
ނަފުސާނީ އެހީ ބޭނުންވާ މީހުންގެ ހާލަތު ރަނގަޅުކުރުމަށް ދިވެހި ބަހާއި ސަގާފަތުގެ ދައުރު ފުޅާކުރަން މަޝްވަރާކޮށްފި

ނަފުސާނީ އެހީ ބޭނުންވާ މީހުންގެ ހާލަތު ރަނގަޅުކުރުމަށް ދިވެހި ބަހާއި ސަގާފަތުގެ ދައުރު ފުޅާކުރަން މަޝްވަރާކޮށްފި

އެކިއެކި ހާދިސާތަކާ ގުޅިގެން ނަފުސާނީ ގޮތުން ޝިކާރައަކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމުގައި ދިވެހި ބަހާއި އަދަބިއްޔާތާއި ދިވެހި ސަގާފަތުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސްމަސްއޫލުވެރީންނާ ދެމެދުގައ...

ޔުމްނާ ޢަލީ