މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,863 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 250 ވަނަ ޞަފްޙާ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަށްހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ހިޔާ ޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ވަނީ ކަށަވަރުކުރެވިފައެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިޔުކޭޝަން […]

އަލީ އާދިލް
މިދިޔަ އަހަރުގެ ހުކުރު ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި

މިދިޔަ އަހަރުގެ ހުކުރު ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި

2024 ވަނަ އަހަރު ކިޔާފައިވާ ހުރިހާ ހުކުރު ޚުޠުބާތަކެއްގެ އިނގިރޭސި ތަރުޖަމާ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފިއެވެ. މި ތަރުޖަމާތައް ވަނީ “ސަރމަން ބުކް 2024 (އިނގިރޭސި)” ގެ ނަމުގައި ފޮތެއްގެ ސިފައިގައި ޝާއިޢުކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި، މި ފޮތުގައި 2024 ވަނަ އަހަރު ކިޔާފައިވާ 35 ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވަނީ ހިމަނާފައެވެ. މިއީ ޚުޠުބާއާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ކުރެވުނު...

އަލީ އާދިލް
ރައީސް ނަޝީދަށް ދިން ހަމަލާގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ޑިމޮކްރެޓްސް އިން ގޮވާލައިފި

ރައީސް ނަޝީދަށް ދިން ހަމަލާގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ޑިމޮކްރެޓްސް އިން ގޮވާލައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ 4 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ ހަމަލާގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ދަ ޑިމޮކްރެޓްސް ޕާޓީން އަނެއްކާވެސް ގޮވާލައިފިއެވެ. މިއަދު ނެރުނު ނޫސްބަޔާނެއްގައި، ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ މި މައްސަލާގައި ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި މި ހަމަލާގެ ތަޙްޤީޤު ފުންމިނަށް ހިންގުމަށް ކުރިން ވެސް ގޮވާލާފައިވާ ގޮވާލުން ތަކުރާރުކޮށްފައިވެއެވެ. 2021 ވަނަ އަހަރ...

އަލީ އާދިލް
221 ކާޓަން ސިނގިރޭޓް އަތުލައިގެންފި

221 ކާޓަން ސިނގިރޭޓް އަތުލައިގެންފި

ރާއްޖެއަށް ވަގަށް އެތެރެކުރި 221 ކާޓަން ސިނގިރޭޓް ފުލުހުން އިއްޔެ ރޭ އަތުލައިގަތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ފާހަގަކުރެވުނީ އިއްޔެ ރޭ މާލޭގެ ބޮޑުރަސްގެފާނު މަގުން ޕިކަޕެއް ފިލައިގެން ދިއުމަށް މަސައްކަތް ކުރާކަމަށް ސައްކު ކުރެވިގެން ފަހަތުން ދިއުމުން، ތިން ކަޅު ދަބަސް ދޫކޮށްލާފައި ދިޔުމާ ގުޅިގެންނެވެ. ތަޙުޤީޤުގައި ބެލިބެލުމުން، އެ ދަބަސްތަކުން ފެނިފައިވަނީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަން ސިނގިރޭޓު...

އަލީ އާދިލް
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް ވާސިލުވުމަށް ގޮވާލައިފި

ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް ވާސިލުވުމަށް ގޮވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަޙާޒު ޢަލީ ޒާހިރު، މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް ވާސިލުވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ގޮވާލައިފިއެވެ. ބާ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހ...

އަލީ އާދިލް
މާލޭގައި ވަޅިން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

މާލޭގައި ވަޅިން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

މާލޭގައި ވަޅިން ހަމަލާދީ މީހަކު މިރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މިރޭ 20:35 ހާއިރު ސަބްލިމަގުގައި ހުންނަ ޗާންދަލިޔާ ބުކްޝޮޕް ކައިރީގައި ހުރި ފިރިހެނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލަައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. ވަޅީގެ ހަމަލާ އަމާޒުވުމުގެ ސަބަބުން ޒަޚަމްވެފައި ވަނީ އުމުރުން 40 އަހަރުގެ ދިވެއްސެކެވެ. އެ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަ...

ޔުމްނާ ޢަލީ
ރައީސް ތެލަސީމިއާ ކޮމިއުނިޓީއާ ބައްދަލުކުރަށްވައިފި

ރައީސް ތެލަސީމިއާ ކޮމިއުނިޓީއާ ބައްދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތެލަސީމިއާ ކޮމިއުނިޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ވަނީ އެ ކޮމިއުނިޓީގެ ކަންބޮޑުވުންތަކަށް އަޑުއައްސަވައި، އެ ކަންކަމަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ހާމަކުރަމުން ރައީސް އޮފީހުން ބުނީ، ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއ...

ޔުމްނާ ޢަލީ
17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

އުތުރު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަޤާމެއްގައި ތިބި ބަޔަކު 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުން އަންނަކަަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި މި މައްސަލަ އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އުތުރު ޕޮލިސް ރީޖަންގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު […]

ޔުމްނާ ޢަލީ
ސަމާލުވޭ! ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސް

ސަމާލުވޭ! ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓު އޮފީހުން މިއަދު އާންމު ކުރި ސަމާލުގެ މެސެޖެއްގައި، ކުރިއަށް އޮތް ތިން ދުވަހު (މެއި 6 އިން 8) އަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރަމުން ދިޔުމަށް ރައްޔިތުންގެ ކިބައިން ވަނީ […]

ޔުމްނާ ޢަލީ
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އަޅައިފި

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އަޅައިފި

ހުޅުމާލޭ ފޭސް 3 ގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒު، “މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު”ގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި މަޝްރޫޢުގެ ރަމްޒީ ޕްލާގު އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ...

ޔުމްނާ ޢަލީ
ލޯންޗެއް ދޯންޏެއްގައި ޖެހި އެކްސިޑެންޓެއް، ލޯންޗު ދުއްވި މީހާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި

ލޯންޗެއް ދޯންޏެއްގައި ޖެހި އެކްސިޑެންޓެއް، ލޯންޗު ދުއްވި މީހާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވަނިކޮށް ފެރީދޯންޏެއްގައި ޖެހި އެކްސިޑެންޓްވި މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަ، މެއި 4 ވަނަ ދުވަހުގެ ރޭ 7:26 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ މައްސަލައާއި ގުޅިގެން އެކްސިޑެންޓުވި ލޯންޗު ދުއްވި މ. ކޮޅުފުށި / ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުޙައްމަދު (40އ) ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން […]

އިބްރާހިމް ޚަލީލް
ހުޅުމާލެ ފޭސް 3 ގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯނެއް

ހުޅުމާލެ ފޭސް 3 ގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯނެއް

ދިވެހިރާއްޖޭގައި 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރުމުގެ މަޝްރޫއު މިރޭ އިފްތިތާހުކޮށްފި އެވެ. މިއީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މަޝްރޫޢު އެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިތަން ތަރައްގީ ކުރަނީ ހުޅުމާލެ ފޭސް 3 ގައެވެ. ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި މިކަމާ […]

ޔުމްނާ ޢަލީ
ތަމްރީނު ހަދަމުންދިޔަ ފުލުހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

ތަމްރީނު ހަދަމުންދިޔަ ފުލުހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

ދ. ވާނީގައި ތަމްރީނު ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ކުއްލިއަކަށް ދެރަވެ، ފަރުވާއަށް މާލެ ގެނެސްފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، އެ ފުލުސް މީހާގެ ހާލު ދެރަވެގެން އެންމެ ފުރަތަމަ ގެންދިޔައީ ކުޑަހުވަދޫ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލަތު ސީރިއަސްވުމާ ގުޅިގެން މިއަދު މެންދުރު އޭނާ ވަނީ މާލެއަށް އެއަރލިފްޓް ކުރެވިފައިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނިގޮތުގައި އެ ފުލުސްމީހާއަށް ފަރުވާދެމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީ...

ޔުމްނާ ޢަލީ
އިތުރު ދެ އެވޯޑާއެކު ޕީއެސްއެމްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް މުޢާޛު

އިތުރު ދެ އެވޯޑާއެކު ޕީއެސްއެމްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް މުޢާޛު

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ސީނިއަރ ނިއުސް އެޑިޓަރ ޢަބްދުﷲ މުޢާޛު ހޮވިއްޖެއެވެ. ޕީއެސްއެމްގެ އަހަރީ އެވޯޑު ޙަފްލާ ރޭ ބާއްވާފައިވާއިރު، ހއ. ދިއްދޫ އަށް ނިސްބަތްވާ މުޢާޛު އަށް ވަނީ އެންމެ މޮޅު މުވައްޒަފުގެ އެވޯޑްގެ އިތުރުން، ބެސްޓް ނިއުސް ޕްރެޒެންޓަރގެ އެވޯޑާއި އަދި ބެސްޓް އެޑިޓަރގެ އެވޯޑު ވެސް ލިބިފައެވެ. މުޢާޛު ވަނީ ޕީއެސްއެމް ނިއުސްގެ ބެސްޓް އެންކަރ އަދި ޕްރެޒެންޓަރ […]

ޙުސައިން ޝަހުދީ
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން މަޖިލީހަށް ފޮނުވަނީ

ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން މަޖިލީހަށް ފޮނުވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ. މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރި އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް […]

ހުސައިން ހަބީބް