މަސްތުގެ ހާލަތުގައި ކާރު ދުއްވި މީހަކު ހައްޔަރަށް، ކާރުގެ ފުރޮޅެއްގައި ޓަޔަރު ވެސް ނެތް
ހުޅުމާލޭގައި މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 މެއި 1 ވަނަ ދުވަހުގެ ރޭގައެވެ. އެރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވުނެވެ. ފުލުހުން އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ދުއްވާފައި ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް...