ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރަށް މިހާރު ލިބޭނެ
ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ތަންފީޒުކުރަން ފަށާނީ 2025 ވަނަ އަހަރުގެ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެވެ. މިކަން ހާމަކޮށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނީ ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ ޤައުމަކަށްވެފައި، މި ނިންމުމަކީ ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކ...