އަލުން ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ޒަމާން ދެން އިއާދައެއް ނުކުރެވޭނެ: ފައްޔާޟް
އަލުން އަނބުރާ ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ބޯދާ ޒަމާން ދެން އިއާދައެއް ނުކުރެވޭނެކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިޚާބުކުރާ މެމްބަރުން ރަށްރަށުގެ އާބާދީގެ ނިސްބަތަށް ބަހާލައި، އަތޮޅު ކައުންސިލްތައް އުވާލައި، ލާމަރުކަޒީ ޤާނޫނަށް އިސްލާހްތަކެއް ގެނައުމަކީ މި ސަރުކާރުގެ ވި...