ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން، 3 މީހުންނާއިއެކު ކ.ތިލަފުށްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ "ގުރުވަ1 " ނަމަކަށް ކިޔާ ދޯނި ނ.ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ އޮގަސްޓި 1 ވަނަ ދުވަހުގެ ރޭ 23:24 ހާއިރު ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބަރކްރާފްޓްއަށް ނަގާފައެވެ. އެ ދޯނީގައި ތިބީ ދެ ބިދޭސީންނާއި ދިވެއްސެކެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފަޅުވެރީން މިއަދު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފް އިން ބުނެޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!