މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 208 ވަނަ ޞަފްޙާ

ގައުމީ ނިއުސް އެޖެންސީއެއް އުފައްދަނީ

ގައުމީ ނިއުސް އެޖެންސީއެއް އުފައްދަނީ

ގައުމީ ނިއުސް އެޖެންސީއެއް އުފެއްދުމަށްޓަކައި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އިބްރާހީމް ވަހީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ. ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބު...

ޔުމްނާ ޢަލީ
އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރަށް ފަސްކޮށްފި

އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރަށް ފަސްކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާދަޔާ ޚިލާފު ކޮންގްރެސް އަންނަ އަހަރުގެ މެދުތެރެއަށް ފަސްކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފިއެވެ. އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ކުރިން ބާއްވަން ނިންމާފައި އޮތީ މި މަހު 15 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޕާޓީގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 48 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ވޯޓުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ފަހަށް، އަންނަ އަހަރުގެ މެދުތެރެއަށް އެ ޕާޓީގެ […]

ޔުމްނާ ޢަލީ
ޖަނަވާރާއި އިންސާނުން ސިފަވާގޮތަށް މޮނިއުމެންޓް ހެދުމާއި ދުރުހެލިވާންޖެހޭ: އިބްރާހިމް ރަޝީދު

ޖަނަވާރާއި އިންސާނުން ސިފަވާގޮތަށް މޮނިއުމެންޓް ހެދުމާއި ދުރުހެލިވާންޖެހޭ: އިބްރާހިމް ރަޝީދު

ޖަނަވާރާއި އިންސާނުން ސިފަވާގޮތަށް ފާލަމާއި މޮނިއުމެންޓް ހެދުމާއި ދުރުހެލިވާންޖެހޭކަމަށް އިބްރާހިމް ރަޝީދު އިސްލާމީ މަރުކަޒުގެ އިމާމް އައްސައިޚް އިބްރާހިމް ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި ކައުންސިލްތަކުން ވަނީ މޮނިއުމެންޓް ހަދާފައެވެ. އަދި ބައެއް ރަށްރަށުގައި މޮނިއުމެންޓްތައް ހެދުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ސައިޚް ރަޝީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަލުޖަނަވާރު، ކަނޑުހައިވާނު ނުވަތަ އިންސާނުން ސިފަވާގޮތަށް ފާލަން، ނުވަތަ މޮނިއު...

ޔުމްނާ ޢަލީ
ކުމުންދޫ ކައިރިއަށް ދޯންޏެއް ބަނޑުންޖަހާލައިފި

ކުމުންދޫ ކައިރިއަށް ދޯންޏެއް ބަނޑުންޖަހާލައިފި

ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިއަށް ބަނޑުންޖަހާލައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގައިގެން އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:55 ހާއިރުއެވެ. މި ދޯނީގައި ދެ ދިވެހިނގެ އިތުރުން ދެ ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މީހުން ދަތުރުކުރަމުން ދިޔައެވެ. ދޯނި ބަނޑުންޖެހުމާ ގުޅިގެން އެ ހަތަރު މީހުންވެސް ރައްކާތެރިކަމާއެކު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި ހާދިސާއާ ގުޅިގެން […]

ޔުމްނާ ޢަލީ
ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކުރުމަށް ފިނޭންސް އާއި ސިޓީސް މިނިސްޓްރީގެ މަޝްވަރާތަކެއް

ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކުރުމަށް ފިނޭންސް އާއި ސިޓީސް މިނިސްޓްރީގެ މަޝްވަރާތަކެއް

ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް މިއަދު ފަށައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ގުޅިގެންނެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދީފައިވަނީ ކައުންސިލުތަކަށް ބޭންކިންގ ސިސްޓަމްގެ ތެރެއިން ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. މީގެ އިތުރުން، އަތޮޅު ފިހާރަތަކުން ލިބޭ ކުލި ދެމެހެއްޓެނިވި ގޮތެއް...

އަލީ އާދިލް
ރާއްޖެ އަށް ކުރިމަތިވެފައި ވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއެއް: ވަޒީރު

ރާއްޖެ އަށް ކުރިމަތިވެފައި ވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއެއް: ވަޒީރު

ދިވެހިރާއްޖެއަށް ކުރިމަތިވެފައިމިވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއަކާއެއްކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި މުދައްރިސުންގެ ދުޅަހެޔޮކަމަށާއި ވަޒީފާގެ ރައްކާތެރިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާކަމަށާއި، އަދި އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ވިދާޅުވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަ...

ޔުމްނާ ޢަލީ
ބަންޑުން ޖަހާލި ޑިންގީއެއްގައި ދަތުރުކުރި 17 ބިދޭސީން ސަލާމަތްކޮށްފި

ބަންޑުން ޖަހާލި ޑިންގީއެއްގައި ދަތުރުކުރި 17 ބިދޭސީން ސަލާމަތްކޮށްފި

ކ. ޒަމާނީ ރިސޯޓް ކައިރިން ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި، އެ ޑިންގީގައި ދަތުރުކުރި 17 ބިދޭސީން މިރޭ ސަލާމަތްކޮށްފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި، އެ ޑިންގީ ބަންޑުން ޖަހާލުމާއި ގުޅިގެން އެކަމުގެ ރިޕޯޓް މިރޭ އެ އިދާރާ އަށް ވަނީ ލިބިފައެވެ. ޑިންގީ ބަންޑުން ޖަހާލުމުން އޭގައި ތިބި 3 މީހަކު ފަތައިގެން ޒަމާނީ އައިލެންޑަށް އަރާފައިވާއިރު، ބާކީ ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގުމާ […]

ޔުމްނާ ޢަލީ
ޔޮޓެއް ފަރަކަށް އެރުމުން ފަރަށް ބޮޑެތި ގެއްލުންތަކެއް، 4,889,450ރ ގެ ޖޫރިމަނާއެއް

ޔޮޓެއް ފަރަކަށް އެރުމުން ފަރަށް ބޮޑެތި ގެއްލުންތަކެއް، 4,889,450ރ ގެ ޖޫރިމަނާއެއް

އދ. އަތޮޅުގެ ފަރަކަށް އެރި ޔޮޓެއްގެ ސަބަބުން 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ޔޮޓްގެ ވެރިފަރާތް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އީޕީއޭއިން ހާމަކުރި ގޮތުގައި، ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕވޓ ލޓޑ ގެ ލޯކަލް އޭޖެންޓްކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ “އެމް.ވައި ބިގް ފިޝް” ނަމަކަށް ކިޔާ ޔޮޓް، އދ. އަތޮޅުގެ RF1329 ފަރަށް 28 އޭޕްރީލް 2025 ގައި އުރިފައިވެއެވެ. މި […]

ޔުމްނާ ޢަލީ
މާޅޮހަށް ރަންފަރު ފަޅު ދީފި

މާޅޮހަށް ރަންފަރު ފަޅު ދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ (އއ) މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ފަޅު މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ. މިކަން ކަނޑައަޅުއްވާފައިވަނީ ޤަރާރު ނަންބަރު 20/2025 ގެ ދަށުންނެވެ. މި ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ވަނީ އަރިއަތޮޅު އުތުރުބުރީ ރަންފަރު ފަޅު، މާޅޮހުގެ ބައެއްގެ ގޮތު...

ޙުސައިން ޝަހުދީ
ހުރާ ބަނދަރުގައި ހަދަމުންދާ ޗާލު މޮނިއުމެންޓަށް ގެއްލުންދީފި

ހުރާ ބަނދަރުގައި ހަދަމުންދާ ޗާލު މޮނިއުމެންޓަށް ގެއްލުންދީފި

ކ. ހުރާ ކައުންސިލުން އެރަށު ބަނދަރުގައި ހަދަމުންދާ މޮނިއުމެންޓަށް ބަޔަކު ނުވަތަ މީހަކު ގެއްލުންދީފިއެވެ. ހުރާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކައުންސިލުން އެރަށު ބަނދަރުގައި ހަދަމުންދާ މޮނިއުމެންޓަށް ރޭ ގެއްލުންދީ މޮނިއުމެންޓްގެ ބައެއް ހަލާކުކޮށްލާފައިވާ ކަމަށެވެ. މި މަޝްރޫޢުއަކީ ހުރާ ރައްޔިތުންގެ މާލިއްޔަތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށް އެކައުންސިލުން ވަނީ މި މަސައްކަތް ކުރަމުން ދަނިކޮށް މޮނިއުމެންޓަށް ގެއްލުންދީ އޭގެ ބައެއް ހަލާކުކޮށްލާފައ...

ޔުމްނާ ޢަލީ
ޑްރަގް ވިއްކަން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފި

ޑްރަގް ވިއްކަން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ތިން މީހުން ވަނީ ފަސް ދުވަހަށް ބަނދުކ...

އިބްރާހިމް ޚަލީލް
ފްލައިޓުގައި ލައިޓަރު ގެންދެވޭގޮތް ހަދައިފި

ފްލައިޓުގައި ލައިޓަރު ގެންދެވޭގޮތް ހަދައިފި

ދިވެހިރާއްޖެއިން ފުރާ ފްލައިޓްތަކުގައި ފަސެންޖަރުން ދަތުރުކުރާއިރު ކޮންމެ ފަސިންޖަރަކަށް އެއް ލައިޓަރު ގެންދެވޭގޮތަށް އުސޫލަށް ބަދަލުގެނެސްފިއެވެ. ރާއްޖެއިން ފުރާ ފްލައިޓްތަކާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ލައިޓަރު ނުގެންދެވޭގޮތަށް އަމަލު ކުރަމުން އަންނަތާ މިހާރުވަނީ އަހަރުތަކެއްވެފައެވެ. މިކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން ނެރުނު ސާކިއުލަރއެއްގައި ބުނެފައިވަނީ، މި ހުއްދަ ދީފައިވަނީ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (އެންސީއޭއެސްޕީ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އ...

އިބްރާހިމް ޚަލީލް
އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ޣަނީ އައްޔަންކުރައްވައިފި

އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ޣަނީ އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ހެންވޭރު ހޯސްޓްސައިޑް ޢަބްދުލްޣަނީ މުޙައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ހުވައިކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އައު އުއްތަމަ ފަނޑިޔާރަކީ ތަޢުލީމީ ގޮތުން އަދި ތަޖުރިބ...

ޔުމްނާ ޢަލީ
އެކްސިޑެންޓްވި 17 އަހަރުގެ ޒުވާނަަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

އެކްސިޑެންޓްވި 17 އަހަރުގެ ޒުވާނަަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

ފުވައްމުލަކު ސިޓީގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ޒުވާނެއް ނިޔާވެއްޖެ އެވެ. މި ހިތާމަވެރި ހާދިސާ ހިނގީ ފުވައްމުލަކު ފުނާޑު އަވަށުން ހުސްނުހީނާ މަގުގައެވެ. ފުލުހުންދިން މައުލޫމާތުގައިވާ ގޮތުން، އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލް ފާރުގައި ޖެހި ކޮންޓްރޯލް ގެއްލުމުން، މަގުބައްތި ހަރުކޮށްފައިވާ ހޮޅިދަނޑީގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ދަންވަރު 2:40 ހާއިރުއެވެ. މި ކުއްޖަ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމ...

ޔުމްނާ ޢަލީ
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ޑރ. މުހަައްމަދު މުޢިއްޒުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ. ރައީސް އޮފީހުން މިރޭ ބުނީ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފައި ވަނީ މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރެޔެވެ. ރައީސް ވަނީ މިދިޔަ ޖޫން މަހުގެ 29 އިން މި ޖުލައި މަހުގެ […]

ޔުމްނާ ޢަލީ