ކުރުނބާ ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފި
ކުރުނބާ ރިސޯޓް ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި، އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފިއެވެ. މެރިން ޕޮލިހުން މަޢުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 7:15 ހާއިރު އެވެ. މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެފައިވާއިރު، އެ މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް މެރިން ޕޮލިހުން މަޢުލޫމާތު ދީފިއެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ކޮނޑު ހުޅުން ނެއްޓިފައިވާ ކަމަށް މެރިން ޕޮލިހުން ބުނެފައިވެއެވެ. މި އެކްސިޑެންޓް ހިނގި ސަރަހައްދު...