މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,856 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 176 ވަނަ ޞަފްޙާ

ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުން ވެސް ފްލެޓް

ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުން ވެސް ފްލެޓް

މީގެ ކުރިން ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު ދަނީ ނިމިދިޔަ ސަރުކާރުން އެކުލަވާލި ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މުރާޖަޢާ ކުރަމުންނެވެ. މި ލިސްޓުގައި ހިމެނޭ 976 ދެމަފިރިނ...

ޔުމްނާ ޢަލީ
ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކޮށްފި

ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކޮށްފި

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގެ ރެކްޓަރ ޕްރޮފެސަރ އެމިރާތްސް ދަތޫކް ޑޮކްޓަރ އޮސްމާން ބަރަކް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ފަރާތުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ މަތީ ތަޢުލީމުގެ ދާއިރާއިން، ޚާއްޞަކޮށް ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންކަމަށް ރައީސް އ...

ޔުމްނާ ޢަލީ
އިންޑިއާގައި ކުޑަކުދިން މަރުވި ބޭސް ރާއްޖެ އެތެރެކޮށްފައި ނުވާކަން ޔަގީންކޮށްދީފި

އިންޑިއާގައި ކުޑަކުދިން މަރުވި ބޭސް ރާއްޖެ އެތެރެކޮށްފައި ނުވާކަން ޔަގީންކޮށްދީފި

އަވައްޓެރި އިންޑިއާގައި ކުޑަކުދިންތަކެއް މަރުވާން މެދުވެރިވި ބޭސް ރާއްޖެއަށް އެތެރެކޮށްފައި ނުވާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ޔަގީންކޮށްދީފިއެވެ. އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެ އޮތޯރިޓީއަށް އަންގާފައިވަނީ އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސުމަށް ބޭނުންކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ހުރުމާ ގުޅިގެން އެ ބޭސްތައް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފައިވާ ކަމަށެވެ. މި ބ...

ޔުމްނާ ޢަލީ
ހުކުރު ދުވަހާ ހަމައަށް މޫސުން ގޯސް، ވައިބާރުވެ ކަނޑުތައް ގަދަވާނެ

ހުކުރު ދުވަހާ ހަމައަށް މޫސުން ގޯސް، ވައިބާރުވެ ކަނޑުތައް ގަދަވާނެ

ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ. މެޓު އޮފީހުން މިއަދު ނެރުނު މޫސުމީ ސަމާލުގައި ބުނެފައިވަނީ، ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދަށް، ވައިބާރުވުމާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން، މާދަމާއިން ފެށިގެން މި މަހު 17 ވާ ހުކުރ...

އައިޝަތު އައިނީ އާމިރު
އަލިހުރަސް ކަނޑުން ދޯންޏެއްގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދެފި

އަލިހުރަސް ކަނޑުން ދޯންޏެއްގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދެފި

އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ “ސްކޫބާ” ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސް، އެ ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި މި ޑައިވިން ދޯނި އަޑިއަށް ގޮސްފައިވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށެވެ. އަދި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާ...

އަލީ އާދިލް
''ދިވެހި ދަރިންނަކީ ޤުރްއާން ކިޔަވަން ބޭނުންވާ އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ބަޔަކަށް ވާން ބޭނުން''

''ދިވެހި ދަރިންނަކީ ޤުރްއާން ކިޔަވަން ބޭނުންވާ އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ބަޔަކަށް ވާން ބޭނުން''

ދިވެހި ދަރިންނަކީ ކީރިތި ޤުރުއާން ކިޔަވަން ބޭނުންވާ، އަދި އެކަމަށް ފަޚުރުވެރިވާ ބަޔަކަށް ވާން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި، މުބާރާތުގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ، މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނާއި އެހެނިހެން ފަރާތްތަކުން ކުރިއަށް އޮތް ދުވަސްތަކުގަ...

ޔުމްނާ ޢަލީ
މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން 6 މީހަކު ހައްޔަރުކޮށްފި

މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން 6 މީހަކު ހައްޔަރުކޮށްފި

މާރާމާރީގެ ދެ މައްސަލައަކާއި ގުޅިގެން މާލެއިން 6 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި މިތަނުން އެއް މާރާމާރީ ހިނގާފައިވަނީ، މި އޮކްޓޯބަރ މަހު 7 ވަނަ ދުވަހު އިރުއޮއްސި 6:10 އެހާކަންހާއިރު ސައިކަލެއްގައި ގޮސް ބޮޑު ތަކުރުފާނު މަގު ޕޯސްޓް އޮފީސް ކައިރި ހުރި މީހަކަށް ހަމަލާދީގެން ކަމަށެވެ. މިގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ޙުސައިން (22އ) އަދި ލ. މާމެންދޫ / މުރިނގު ރަޖުވާން […]

އައިޝަތު އައިނީ އާމިރު
އެއްބަސްވުންތަކާއި ޚިލާފަށް ކުއްޔަށްދީފައިވާ ފްލެޓްތައް ދައުލަތަށް ނަގަނީ

އެއްބަސްވުންތަކާއި ޚިލާފަށް ކުއްޔަށްދީފައިވާ ފްލެޓްތައް ދައުލަތަށް ނަގަނީ

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. “ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮ...

ޔުމްނާ ޢަލީ
ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެއްވެސް ފޯނަކުން މައުލޫމާތު ލީކެއްނުވާނެ: ފުލުހުން

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެއްވެސް ފޯނަކުން މައުލޫމާތު ލީކެއްނުވާނެ: ފުލުހުން

ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެއްވެސް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތެއް ނޯންނާނެކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދީ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެ އެމްޑީޕީގެ ޒުވާން އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނު ވަނީ މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން “ޝިމަންގެ ފޯނު” ގެ ނަމުގައި އެކްސްގައި […]

ޔުމްނާ ޢަލީ
އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށްދޭނަމަ ފްލެޓް އަތުލާނަން: އެފްޑީސީ

އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށްދޭނަމަ ފްލެޓް އަތުލާނަން: އެފްޑީސީ

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލާނެ ކަމަށް އެފްޑީސީން މިއަދު ބުނެފިއެވެ. އެފްޑީސީން މިހާތަނަށް 78 ފަރާތަކާ ފްލެޓް ހަވާލުކޮށްފައިވާއިރު، ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާގެ ބޮޑު އަގެއްގައި ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޢުލާން ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މި މައްސަލަ ފާހަގަ...

ޔުމްނާ ޢަލީ
ދަރިވަރުންނަށް ކޭމްޕް ކުރާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި

ދަރިވަރުންނަށް ކޭމްޕް ކުރާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި

ގްރޭޓަރ މާލެ ސަރަޙައްދުގައި ސްކޫލް ދަރިވަރުންނަށް ކޭމްޕް ކުރުމަށް ޚާއްޞަކޮށްގެން ތަރައްޤީކޮށްފައިވާ ސަރަޙައްދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ތަރައްޤީކޮށްފައިވާ މި ސަރަޙައްދަކީ، ގްރޭޓަރ މާލެ ސަރަޙައްދުގައި ކެޑޭޓް، ގައިޑް އަދި ސްކައުޓް ދަރިވަރުންނަށް ކޭމްޕް ކުރާނެ ތަނެއް ނެތި ގިނަ އަހަރުތަކެއް ވުމާ ގުޅިގެން، އެ ދަރިވަރުންނަށް ކޭމްޕް ކުރުމާއި އެކި ހަރަކާތްތައް ހިންގުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ތަނެކެވެ. މި ސަރަޙައްދ...

ޔުމްނާ ޢަލީ
ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި

ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި

ސްކޫލްތަކުގެ އިސްވެރިން ނުވަތަ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ މިއަދު ފަށައިފިއެވެ. މި މަހާސިންތާ އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ މި މަހާސިންތާގައި 210 ޕްރިންސިޕަލުން ބައިވެރިވެވަޑައިގަންނަވައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ރަނގަޅުކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ. ތަޢުލީމީ ވުޒާރާއިން...

ޔުމްނާ ޢަލީ
ނަފްސާނީ އެހީތެރިކަމަކީ އިޙްތިޔާރީކަމެއް ނޫން، އެއީ އިންސާނީ ޙައްޤެއް: ސާޖިދާ

ނަފްސާނީ އެހީތެރިކަމަކީ އިޙްތިޔާރީކަމެއް ނޫން، އެއީ އިންސާނީ ޙައްޤެއް: ސާޖިދާ

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޙްތިޔާރީކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ހައްޤެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، އެކަމަނާގެ މީސްމީޑިއާ އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ. މެޑަމް ސާޖިދާ ވިދާޅުވީ، ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމައާއި، ކާރިސާތަކާއި އަދި ގ...

ޔުމްނާ ޢަލީ
ކުރީގެ ތިން ވަޒީރުންނަށް އޭސީސީން ޗިޓް ފޮނުވީ ސިޔާސީ ބޭނުމެއްގައި: އެމްޑީޕީ

ކުރީގެ ތިން ވަޒީރުންނަށް އޭސީސީން ޗިޓް ފޮނުވީ ސިޔާސީ ބޭނުމެއްގައި: އެމްޑީޕީ

އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ތިން މެންބަރުންނަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައިވަނީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމެއްގައި ކަމަށް އެމްޑީޕީން ބުނެފިއެވެ. އޭސީސީން ޗިޓު ފޮނުވާފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއީލް އާއި ޤައުމީ މަޖިލީހުގެ މެންބަރު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ އަށެވެ. މި މައްސަލައަކީ އެ ތިން ބޭފުޅުން...

ޔުމްނާ ޢަލީ
ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނަން: ރައީސް

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނަން: ރައީސް

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤުގެ މައިގަނޑު އަސާސެއްކަމަށާއި، މި ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައި މިއަހަރުގެ ޝިޢާރު ކަމުގައިވާ “އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަން” އަށް ރިޢާޔަތްކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވީ، ދެމިގެންދާ އިންސާނީ ކާރިސާތަކުގައި ދިރިއުޅޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ ނަފްސާނީ އެހީތެރ...

ޔުމްނާ ޢަލީ