ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު ޙައްޖަށް ފޮނުވާ މީހުން ހޮވައިފި
ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާނެ 50 ފަގީރުން އިއްޔެ ހޮވައިފިއެވެ. މި ފުރުޞަތު ލިބޭ ފަރާތްތައް ހޮވާފައިވަނީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ގުރުއަތުލުމުގެ އުސޫލުންނެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި ގުރުއަތުލައިގެން ހޮވާފައިވަނީ ޙައްޖަށް ފޮނުވާނެ 50 ފަގީރުންގެ އިތުރުން، އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ ފުރުޞަތު ދެވޭނެ 25 ރިޒާވް ފަރާތްތަކެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނ...